Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:59 - ކިތާބުލް މުޤައްދަސާ

59 އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:59
18 ပူးပေါင်းရင်းမြစ်များ  

ދެން އެމަލާއިކަތުން އެތާނގައި ވީ އެންމެންގެ ލޯތައް އަނދިރި ކުރެއްވިއެވެ. އެހެންކަމުން އޭގެން އެކަކަށް ވެސް ދޮރެއް ނުފެނުނެވެ.


މި ފަރީސީން އެތަނުން ގޮސް އީސާގެފާނު އަވަހާރަކޮށްލާނޭ ގޮތާމެދު މަޝްވަރާކުރިއެވެ.


ދެން އެމީހުންގެ ލޯހުޅުވި އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން އެނގުނެވެ. ނަމަވެސް ހަމަ އެވަގުތު އީސާގެފާނު އެމީހުންގެ ކުރިމަތިން ޣައިބު ވެއްޖެއެވެ.


އެހެންކަމުން އީސާގެފާނު އާންމު ތަންތަނަށް ދިއުން ހުއްޓާލައްވައި ޖެރޫސަލަމުން ވަޑައިގެންނެވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހަނަފަސް ސަހަރާގެ ކައިރީ ހިސާބެއްގެ ރަށެއް ކަމުގައިވާ އެފުރައީމަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު އެތާނގައި މަޑުކުރެއްވިއެވެ.


އެކަލޭގެފާނުގެ އަސްޙާބީން މިކަމާ އިންކާރު ކުރުމުގެ ގޮތުން ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. އެރަށުގައި ބަނީއިސްރާއީލުގެ ވެރިން ކަލޭގެފާނު ހިލައިންތަޅާ އަވަހާރަކޮށްލަން އުޅުނީ މީގެ ހަމަ ދެތިން ދުވަސް ކުރިން ނޫންތޯ. ވީއިރު ކަލޭގެފާނު އެރަށަށް ވަޑައިގަންނަވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“


ކަލޭމެންގެ ގާތުގައި އަލިކަން ވާ ހިނދު އެއަލިކަން ގަބޫލުކޮށް އީމާންވޭ. އޭރުން ކަލޭމެންނަކީ އަލިކަމުގެ ދަރިން ކަމުގައި ވާނެ.⁠“ މިހެން ވިދާޅުވުމަށް ފަހު އީސާގެފާނު ވަޑައިގެން އެމީހުންގެ ކުރިމަތިން ޣައިބުވެ ވަޑައިގެންނެވިއެވެ.


ޕިލާތުސް ބުންޏެވެ. ”⁠އޭނާ ގެންދޭ. ގެންގޮސް ކަލޭމެންގެ އަމިއްލަ ގަވާއިދުތަކުގެ މަތިން އޭނާގެ ޝަރީއަތް ކުރޭ.⁠“ ދެން ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠އެކަމަކު އެއްވެސް މީހަކަށް މަރުގެ ޙުކުމް ކުރުމަކަށް ރޯމުގެ ސަރުކާރުން އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދޭ.⁠“


ނަމަވެސް ބަލި ފަސޭހަވީ މީހާއަކަށް އީސާގެފާނަކީ ކާކުކަމެއް ނޭނގެއެވެ. އެހެނީ އެތަނަށް އެތައް ބަޔަކު އެއްވުމުން އެމީހުންތަކުގެ ތެރެއަށް ވަދެވަޑައިގެން އީސާގެފާނު އެތަނުން ގެއްލި ވަޑައިގަތީމަ އެވެ.


އީސާގެފާނު މަގުމަތިން ހިންގަވައި ވަޑައިގަންނަވަނިކޮށް އުފަންވީއްސުރެން ލޮލަށް ނުފެންނަ މީހަކު ފެނިވަޑައިގަތެވެ.


ހަމައެވަގުތު ބަނީއިސްރާއީލުގެ ދީނީކޯޓުގައި ވީ އެންމެން އިސްތިފާނުގެ އެ ވާހަކަތަކުގެ އަޑުނާހަން ވެގެން ކަންފަތުގައި އަތް އަޅާ ހަޅޭއްލަވަން ފެށިއެވެ. އަދި އެންމެން އެއްފަހަރާ އޭނާއާ ދިމާޔަށް ދުއްވައިގަތެވެ.


މިކަންތައް މިހެން ހިނގައި އެމީހުންގެ ދަރިންކޮޅު ގެއްލުމުން އެމީހުން ތިބީ ރުޅިގަދަވެފަ އެވެ. އެމީހުން ދާއޫދު ގަލުން ތަޅައި ރަޖަމްކުރަން މަޝްވަރާ ކުރަން ފަށައިފިއެވެ. މިކަމާ ދާއޫދު ވަރަށް ކަންބޮޑު ވެއްޖެއެވެ. އެހެނަސް ދާއޫދު ވާގި އެދެމުން ދިޔައީ އޭނާގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅުން ނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ