Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:56 - ކިތާބުލް މުޤައްދަސާ

56 ކަލޭމެންގެ ބަފައިކަލުން އިބްރާހީމްގެފާނު ހުންނެވީ އަހަރެން އަންނާނެ ދުވަހެއްގެ އިންތިޒާރުގައި. އަހަރެންގެ މިދުވަސް ފެނުމުން އެކަލޭގެފާނު އުފާފުޅުވި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:56
11 ပူးပေါင်းရင်းမြစ်များ  

ތިބާގެ ދަރިފަސްކޮޅު މެދުވެރިކުރައްވާ ތިމަންކަލާނގެ ދުނިޔޭގެ ހުރިހާ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާހުށިން. އެއީ ތިބާ ތިމަންކަލާނގެ ކިބަފުޅަށް ކިޔަމަންތެރިކަން އަދާކުރެއްވުމުން.⁠‘⁠“


އަހަރެން މިބުނަނީ ތެދެއް. ގިނަ ނަބީބޭކަލުންނާއި ސާލިޙުބޭކަލުން މިހާރު ތިޔަބައިމީހުން ދެކެމުން ދާ ތިޔަ ކަންތައްތައް ދުށުމަށް އެދިގެންވި. ނަމަވެސް އެފަދަ ކަންތައްތައް އެބޭކަލުންނަކަށް ނުފެނުނު. އަދި ތިޔަބައިމީހުން މިހާރު އަޑުއަހަމުން ގެންދާ ކަންތައްތައް އަޑުއެހުމަށް އެބޭކަލުން އެދިގެންވި. ނަމަވެސް އެބޭކަލުންނަކަށް ނުއިވުނު.⁠“


އަހަރެން ބުނަން. ކަލޭމެންނަށް ތިޔަ ފެންނަ ކަންތައް ދެކުމަށާ ތިޔަ އިވޭ ވާހަކަތަކުގެ އަޑުއެހުމަށް އިހުޒަމާނުގެ އެތައް ނަބީންނަކާއި އެތައް ރަސް ރަސް ކަލުންނެއް އެދުނު. ނަމަވެސް އެމީހުންނަކަށް އެކަންތަކެއް ނުފެނުނު.⁠“


އީސާގެފާނު ޖަވާބުދެއްވިއެވެ. ”⁠އަހަރެން ބުނެފީމެންނު. އެކަމަކު ކަލޭމެން އަހަރެންގެ ބަހެއް ގަބޫލެއް ނުކުރޭ. އަހަރެން ބައްޕާފުޅުގެ ހުއްދަ އާއި ބާރާއި އެކު މިކުރާ ކަންތައްތަކުން ވެސް އަހަރެން މީ ކާކުކަން އެބަ ބުނެދޭ.


ކަލޭމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންކަން އަހަރެންނަށް ވެސް އެނގޭ. އެހެންނަމަވެސް ކަލޭމެން އަހަރެން މަރާލަން ތިއުޅެނީ އަހަރެންގެ ބަސްތައް އަހައި އެ ގޮތަށް ކަންކުރަން ނޭދޭތީ.


އެމީހުން ބުންޏެވެ. ”⁠އަހަރެމެންގެ ބައްޕައަކީ އިބްރާހީމްގެފާނު.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންތީ އިބްރާހީމްގެފާނުގެ އަސްލު ދަރިންނަމަ ކަލޭމެން ވެސް އިބްރާހީމްގެފާނު ކަންތައް ކުރެއްވި ގޮތަށް ކަންތައް ކުރީސް.


މާތްރަސްކަލާނގެއަށް އީމާންތެރިކަން މަތީ ތިއްބެވި އެ އެންމެ ބޭކަލުން އަވަހާރަވެ ދިޔައީ އެބޭކަލުންގެ ޙަޔާތްޕުޅުގައި އެބޭކަލުންނަށް ވަޢުދުކުރެވުނު އެއްޗެއް ލިބިވަޑައި ނުގެން ކަމުގައި ވިޔަސް އެބޭކަލުންގެ އީމާންތެރިކަމެއް ދުލެއް ނުކުރައްވައެވެ. އެހެނީ އެބޭކަލުންނަށް ވަޢުދު ކުރެއްވުނު ހުރިހާ ތަކެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. އެކަންތައް އެބޭކަލުންނަށް ފެނިވަޑައިގަތީ ދުރުދުރުންނެވެ. އެހެންނަމަވެސް އެބޭކަލުން އެތަކެއްޗަށް މަރުހަބާ ވިދާޅުވިއެވެ. އެބޭކަލުން ދުނިޔެ މަތީގައި އުޅުއްވާފައި ވަނީ ބީރައްޓެހިންނާއި ރެފިއުޖީންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވިއެވެ.


މިއެންމެންނަށް ވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުނީ އެމީހުންގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެކަމަކު އެމީހުން މަރުވެ ދިޔައީ މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ތަކެތި ނުލިބިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ