ޔޫޙަންނާ 8:55 - ކިތާބުލް މުޤައްދަސާ55 ނަމަވެސް ޙަޤީޤަތުގައި ކަލޭމެންނަކަށް މާތްރަސްކަލާނގެއަކީ ކޮބައިކަމެއް ނޭނގޭ. މާތްރަސްކަލާނގެ އަކީ ކޮބައިކަން އަހަރެންނަށް އެނގޭ. މާތްރަސްކަލާނގެއަކީ ކޮބައިކަން ނޭނގެއޭ އަހަރެން ބުނެފިނަމަ އަހަރެން ވެސް ވާނީ ހަމަ ކަލޭމެން ފަދަ ބޮޑު ދޮގުވެރިއަކަށް. ތެދަކީ އަހަރެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން ރަނގަޅަށް އެނގޭ. އަދި އަހަރެން އެކަލާނގެ ކިބަފުޅަށް ކިޔަމަންވަން. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.“
އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.
އެކަލޭގެފާނު މިހެން ވިދާޅުވުމުން އެމީހުން ބުންޏެވެ. ”ކަލޭގެ ބައްޕައަކީ ކޮބައިތަ؟“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ކަލޭމެންނަށް އަހަރެން މިއީ ކާކުކަން ނޭނގޭތީ ކަލޭމެންނަކަށް އަހަރެންގެ ބައްޕާފުޅަކީ ކާކުކަމެއް ވެސް ނޭނގޭނެ. އަހަރެން މިއީ ކާކުކަން ކަލޭމެންނަށް އެނގިއްޖެނަމަ އަހަރެންގެ ބައްޕާފުޅަކީ ކޮބައިކަން ވެސް ކަލޭމެންނަށް ސާފުކޮށް އެނގޭނެ.“
ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.
އެއީ އަހަރެން މި ރަށުތެރެ ބަލާލަން ދިޔަ ދިއުމުގައި ތިޔަބައިމީހުން އަޅުކަން ކުރާ ކަލާނގެތަކަށް ޚާއްސަކުރެވިފައިވާ އެތައް މަޤާމުފުޅުތަކެއް އަހަރެން ދެކުނީމޭ. އަދި އޭގެން އެއް މަޤާމުފުޅެއްގައި ’އެކަލާނގެއަކާއި މެދު އަހަރެމެންނަށް ނޭނގޭ ކަލާނގެ‘ މި ފަދައިން ލިޔެވިގެންވާ މަޤާމުފުޅެއް ވެސް އަހަރެން ދެކުނީމޭ. މި ކަލާނގެއަށް ކަލޭމެން މި ހުރިހާ ދުވަހު އަޅުކަން ތި ކުރަނީ އެކަލާނގެއަކީ ކޮބާ ކަން ނޭނގި ތިބެއޭ އަހަރެން މީސްތަކުންނަށް އަންގައިދެމުން މި ދަނީ މި ކަލާނގެއާއި ބެހޭ ގޮތުންނޭ.
އެހެންވީމާ، އަހަރެމެން ރޫޙާނީ އެއްބައިވަންތަ ކަމުގެ ގުޅުމުން މާތްރަސްކަލާނގެ އާއި އެކު ގުޅިފައިވާކަމުގައި ބުނެ، އަހަރެމެންގެ ޙަޔާތް އަނދިރީގައި ވޭތުކުރަމުން ގެންދާނަމަ އަހަރެމެން ބުނާ ބުނުންތަކަކީ ދޮގު ބުނުން ތަކެކެވެ. އަދި އަހަރެމެންގެ އަމަލުތަކުން ދައްކައިދޭނީ އަހަރެމެންގެ ޙަޔާތާއިގެން އަހަރެމެން ކުރިއަށްދަނީ ތެދުވެރި ގޮތެއްގައި ނޫންކަމެވެ.
އެންމެ ބޮޑު ދޮގުވެރިޔަކީ ކާކުކަން އަހަރެން ތިޔަބައިމީހުންނަށް ބުނެދެން ހެއްޔެވެ؟ އެއީ އީސާގެފާނީ އަލްމަސީޙު ނޫން ކަމަށް ދުލުން ބުނެ އެކަލޭގެފާނު ގަބޫލުނުކުރާ ކޮންމެ މީހެކެވެ. މިފަދަ ކޮންމެ މީހަކީ އަލްމަސީޙުގެ ޢަދުއްވެއްގެ ގޮތުގައިވާ ދައްޖާލެކެވެ. ހަމަ އެހެންމެ އެފަދަ މީހުން ވަނީ އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އިންކާރުކޮށް އެއްކިބާ ކޮށްފައެވެ.
ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.