Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:49 - ކިތާބުލް މުޤައްދަސާ

49 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިހިރީ އަކީ ނުބައި ރޫޙެއްގެ ބާރުގެ ދަށަކުއެއް ނޫން. އަހަރެން އަހަރެންގެ ބައްޕާފުޅަށް އިޙުތިރާމުކުރަން. ނަމަވެސް ކަލޭމެން އަހަރެންނަކަށް އިޙުތިރާމެއް ނުކުރޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:49
16 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ބަލީގެ ނަތީޖާއަކީ ލާޒަރުގެ މަރުވުމެއް ނޫން. އެކަން އެފަދައިން އެވަނީ އެކަމުން މާތްރަސްކަލާނގެ ނަންފުޅަށް ޖަލާލުވަންތަކަން ލިބި، މާތްރަސްކަލާނގެ ދަރިކަލުންނަށް ވެސް އެކަމުގެ ސަބަބުން ޖަލާލަތު ލިބިގެން ދިއުމަށް.⁠“


ބައްޕާފުޅު! ބައްޕާފުޅުގެ ނަންފުޅު މަތިވެރި ކުރައްވައި ޖަލާލުވަންތަ ކުރައްވައި ފާނދޭވެ!⁠“ އީސާގެފާނު މިހެން ހަމަ ވިދާޅުވި ވަގުތު އުޑުން އައި އަޑުފުޅެއް މިފަދައިން އިވިގެން ދިޔައެވެ. ”⁠ތިމަންކަލާނގެ އެނަން މަތިވެރި ކޮށްފިން. އަދިވެސް އެނަން ޖަލާލަތު ކުރާނަން.⁠“


ކަލޭމެން އަހަރެންގެ ނަމުގައި ކޮންމެ ކަމަކަށް އެދުނު ނަމަވެސް އަހަރެން އެކަމެއް ކޮށްދޭނަން. އެއީ އެގޮތުން ދަރިކަލުން މެދުވެރިކޮށް ބައްޕާފުޅުގެ ނަންފުޅު މަތިވެރިވާނެތީ.


ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި ކަންތައް އަޅުގަނޑު މިވަނީ ނިންމާފައި. އެހެންކަމުން ބައްޕާފުޅުގެ ޖަލާލުވަންތަކަން މި ދުނިޔޭގައި ފާޅުވެގެންދިޔަ.


އެތާނގައި ތިބި މީސްތަކުން ބުންޏެވެ. ”⁠ކަލޭ ތިހިރީ ޖިންނި މޮޔަވެފައިތަ؟ ކަލޭ މަރާލަން އުޅެނީ ކާކުތަ؟⁠“


އަހަރެން ފޮނުއްވި ފަރާތް އަބަދުވެސް ވަނީ އަހަރެންނާއި އެކުގައި. އެފަރާތް އަހަރެން ދޫކޮށެއް ނުލައްވާ. އެއީ އަހަރެން އަބަދުވެސް ހުރިހާ ކަމެއް ވެސް ކުރަނީ އެފަރާތް އެދިވޮޑިގެންވާ ފަދައިން.⁠“


އީސާގެފާނުގެ މަންދޫބުން އެ ކޯޓުން އެނބުރި ދިޔައީ އުފާކުރަމުންނެވެ. އެއީ އެމީހުންނަކީ އީސާގެފާނުގެ ޙައްޤުފުޅުގައި އަނިޔާ ލިބުން އެކަށީގެންވާ ބަޔަކު ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންވީތީއެވެ.


އެކަލޭގެފާނު ބަދުނާމު ކުރެއްވުމަކުން އެކަމުގެ ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ވޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން މީސްތަކުންނަށް ބިރެއް ނުދައްކަވައެވެ. އެކަލޭގެފާނާއި މެދުގައި ވީ ކަންތައް ތަކާއިމެދު ފައިސަލާ ކުރެއްވުމަށް މާތްރަސްކަލާނގެ އާއި ވަކީލު ކުރެއްވިއެވެ. އެކަލާނގެއީ އަބަދުވެސް އިންސާފުވަންތަ ރަސްކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ