Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:44 - ކިތާބުލް މުޤައްދަސާ

44 ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:44
41 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


އެމީހުންގެ ވިސްނުން ހުރީ ގޮތްދޫނުކުރުމަށޭ. އަދި އެމީހުންގެ ކަންފަތްތައް ވަނީ ބީރުވެފައޭ. އަދި އެމީހުން ތިބެނީ ލޯމަރާގެންނޭ. އެހެންނޫންނަމަ އެމީހުންގެ ކަންފަތްތަކަށް އަޑުއިވޭނޭ. އަދި ހަމަ އެހެންމެ، އެމީހުންގެ ލޯތަކަށް ފެނިގެންވާނޭ. އަދި، އެމީހުންގެ ބުއްދިއަށް އެކަންތައްތައް ފުރިހަމައަށް ވިސްނެނޭ. އަދި ފަސޭހަ ކޮށްދެއްވުމަށް އެދި ދެންނެވުމުން އަހަރެން އެމީހުން ފަސޭހަކޮށްދޭނަން.⁠‘


ދަނޑަކީ ދުނިޔެ. އަދި ރަނގަޅު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ގަބޫލު ކުރާ މީހުން. އަދި ވިނަގަސްތަކަކީ ޝައިތާނާގެ ބާރުގެ ދަށުގައިވާ މީހުން.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.⁠“


މާތްރަސްކަލާނގެ އަންގަވާގޮތަށް ކަންތައް ކުރަން އެދޭ މީހަކަށް އަހަރެން މި ބުނެދޭ ތަކެއްޗަކީ މާތްރަސްކަލާނގެ އެންގެވުންތައްކަން ހާމަވެގެންދާނެ. އަދި މިއީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫންކަން ވެސް އެނގިގެންދާނެ.


އަހަރެން ކަލޭމެން ގާތު މިބުނަނީ އަހަރެންގެ ބައްޕާފުޅުގެ ކިބަފުޅުން އެނގި ދަސްވެފައިވާ ބަސްފުޅުތައް. ނަމަވެސް ކަލޭމެން ތިޔަ ކިޔަމަން ވަނީ ކަލޭމެންގެ ބައްޕަ ބުނާތީ އިވޭ ބަހަށް.⁠“


ކަލޭމެން ތިޔަ ކަންތައްކުރަނީ އަމިއްލަ ބައްޕަ ކަންތައްތައް ކުރި ފަދައިން.⁠“ ދެން އެމީހުން ބުންޏެވެ. ”⁠އަހަރެމެން މީ ނަހަލާލު ދަރިންނެއް ނޫން. އަހަރެމެން އެންމެންގެ ވެސް ބަފަޔަކީ ހަމަ އެއްފަރާތެއް. އެއީ ޚުދު މާތްރަސްކަލާނގެ.⁠“


ނަމަވެސް ޙަޤީޤަތުގައި ކަލޭމެންނަކަށް މާތްރަސްކަލާނގެއަކީ ކޮބައިކަމެއް ނޭނގޭ. މާތްރަސްކަލާނގެ އަކީ ކޮބައިކަން އަހަރެންނަށް އެނގޭ. މާތްރަސްކަލާނގެއަކީ ކޮބައިކަން ނޭނގެއޭ އަހަރެން ބުނެފިނަމަ އަހަރެން ވެސް ވާނީ ހަމަ ކަލޭމެން ފަދަ ބޮޑު ދޮގުވެރިއަކަށް. ތެދަކީ އަހަރެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން ރަނގަޅަށް އެނގޭ. އަދި އަހަރެން އެކަލާނގެ ކިބަފުޅަށް ކިޔަމަންވަން.


”⁠އޭ ޝައިތާނާގެ ދަރިޔާ. ކަލޭ ތިޔަ ވަނީ ނުބައި އުކުޅުތަކުންނާއި ނުބައިވެގެންވާ ކަންތައްތަކުން ފުރިފަ. ކަލޭ ތިޔައީ ހުރިހާ ރަނގަޅު ކަމަކާއި އިދިކޮޅު އެކަންތައްތަކުގެ ދުޝްމިނެއް. ކަލޭ ދުވަހަކު ވެސް މާތްރަސްކަލާނގެ ތެދުފުޅުތައް ދޮގުތަކަށް އަނބުރާ މީސްތަކުންނަށް އޮޅުވާލުން ހުއްޓައެއް ނުލާނަންތަ؟


ދެން އެތާނގައި ތިބި ބަނީއިސްރާއީލުގެ އެންމެން ވެސް މިހުރިހާ ވާހަކަތަކަކީ ތެދު ކަމުގައި ބުނެ ހެކިދިނެވެ.


ޕަތަރަސް ބުންޏެވެ. ”⁠އަނާނިޔާހު އޭ، ކަލޭގެ ހިތަށް ޝައިތާނާ ވެރިވިޔަ ތިޔަ ދިނީ ކީއްވެ؟ ކަލޭގެ ބިން ވިއްކާލާ ލިބުނު ލާރިން ބައެއް ފޮރުވާ މާތްރޫޙުފުޅަށް ތިޔަ ދޮގުހެދީ ކީއްވެ؟


ފަރުވާތެރިވާށެވެ! ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވު ޝައިތާނާގެ ޙަމަލާތަކަށް ސަމާލުވެ ތިބޭށެވެ. އެއީ އަޑުގަދަ ސިންގާއެއް ފަދައިން އޭނާ ބަލަމުން ދާނީ ވަށައިގެންވާ މީސްތަކުންނަށް ދަހިވެތިވެ ކަށިހަފައި ކެއުމަށެވެ.


މަލާއިކަތުންގެ ފާފަވެރިކަން ވެސް ބަރިއްޔަ ނުކުރައްވާ ޙައްޤު ޖަޒާ އެފަރާތްތަކަށް މާތްރަސްކަލާނގެ ދެއްވިއެވެ. އަދި އިންސާފު ކުރައްވާ ދުވަހާއި ހަމައަށް އޮލަ ދުމުން އެކުލެވިގެންވާ ފުންވަޅެއް ފަދަ އަނދިރި ވެގެންވާ ނަރަކަޔަށް އެ މަލާއިކަތުން ހުށަހެޅިގެންވިއެވެ.


އަހަރެމެން ފާފައެއް ނުކުރާކަމުގައި ބުނާ ނަމަ އަހަރެމެން އަމިއްލައަށް އަހަރެމެންގެ ނަފްސުތައް މޮޔަ ހައްދުވަނީ އެވެ. އަދި އަހަރެމެންގެ ހިތްތަކުގައި ތެދުވެރިކަމެއް ނުވަނީއެވެ.


ތިޔަބައިމީހުންނަށް މިފަދައިން އަހަރެން ލިޔުމުގެ ބޭނުމަކީ ތިޔަބައިމީހުންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިފައި ނުވާތީއެއްނޫނެވެ. އެއީ ޙައްޤުގެ ތެރޭން ބާތިލެއް ނާންނާނެ ކަން ތިޔަބައިމީހުންނަށް އެނގޭތީ ވެސް މެއެވެ.


އެހެންވީމާ، އަހަރެމެންނަށް އެކަލާނގެ އެނގޭކަމަށް ދަޢުވާ އުފުލައި އަހަރެމެން އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ނުވާނަމަ، އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އަހަރެމެންގެ ހިތްތަކުގައި އެއްވެސް ތެދުވެރިކަމެއް ނުވަނީއެވެ.


އަހަރެމެންނަކީ ޤާއިން ފަދަ ބައެއް ނޫނެވެ. އޭނާ މިލްކުވެގެންވީ ޝައިތާނާއަށެވެ. އަދި އޭނާ އޭނާގެ ކޮއްކޮ ހާބީލް މަރައިލިއެވެ. ޤާޔިން އޭނާގެ ކޮއްކޮ ގަތުލު ކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޤާޔިން ކުރީ ނުބައިވެގެންވީ އަމަލުތަކެއް ކަމުންނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ކުރި އަމަލުތަކަކީ ސާލިޙު އަމަލުތަކެއް ކަމުންނެވެ.


އެއްވެސް އަޚަކު ނުވަތަ އުޚުތަކު އަނެކާ އާ މެދު ނަފްރަތު ކުރާނަމަ އޭނާއަކީ ގާތިލެއް މެއެވެ. އަދި އެފަދަ ގާތިލުންގެ ކިބައިގައި ނިމުންނުވާ ޙަޔާތެއް އެކުލެވިފައެއް ނުވެއެވެ.


މަލާއިކަތުންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ މަސްއޫލިއްޔަތުން ބޭރުވެ އެފަރާތްތަކުގެ ގޮވަތިތަކުން ބޭރަށް ނުކުތެވެ. އެ ފަރާތްތައް ވެސް ނިމުމެއް ނުވާ ގޮތުގެ މަތިން ހިލިހިލާ ޖައްސަވައި އަނދިރި ވެގެންވާ ވަޅުތަކުގައި އިންސާފު ގާއިމު ކުރެވޭ ދުވަސް އައުމަށް ދާނދެން ބައިތިއްބާފައި ވެއެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


ކަނޑު ދާއްބައިގެ ކުރިމަތީގައި ބިމު ދާއްބައަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އޭތި ދެއްކި މުޢުޖިޒާތްތަކުން ދުނިޔޭގައި ތިބި މީސްތަކުން މޮޔަހެއްދުވިއެވެ. ކަނޑު ދާއްބައިގެ ސޫރަ ހަދައި އެއަށް އިޙްތިރާމް ކުރުމަށް ބިމު ދާއްބަ މީސްތަކުންނަށް އަމުރު ކުރިއެވެ. އެހެނީ މި ކަނޑު ދާއްބައަކީ ކަނޑިން ޒަޚަމްވެ ދިޔަ ހިނދު ވެސް މަރުނުވެ ދިރިހުރި ފަރާތެއް ކަމުގައި ވާތީއެވެ.


ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ނަމަވެސް އެސަހަރުގެ ބޭރުގައި ތިބޭނީ ވަޙުޝީ އަމަލުތައް ކުރި މީސްތަކުންނާއި ފަންޑިތަވެރިންނާއި، ފާޙިޝް މީހުންނާއި، ގާތިލުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، އަދި އަމަލުންނާއި ބަހުން ދޮގުވެރިންނެވެ.


އެތަކެތީގެ މައްޗަށް ވެރިކަން ހިންގާ ރަސްކަލަކު ވިއެވެ. އެ ރަސްގެފާނީ ފޫނެތް ފުން ވަޅުގަނޑުގެ އިސްވެރިއެއްގެ ގޮތުގައިވި މަލާއިކަތާ ވެސް މެއެވެ. ޢިބްރާނީ ބަހުން އެ މަލާއިކަތާގެ ނަމަކީ އަބައްދޫން އެވެ. ގުރީކު ބަހުން އަޕައްލިޔޯން އެވެ. މީގެ މާނައަކީ ”⁠ފަނާކުރާ މީހާ⁠“ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ