ޔޫޙަންނާ 8:43 - ކިތާބުލް މުޤައްދަސާ43 ކަލޭމެންނަށް އަހަރެން މިބުނާ އެއްޗެއް ނުވިސްނެނީ ކީއްވެ؟ އެއީ ކަލޭމެންނަށް އަހަރެން މި ބުނާ އެއްޗެއް އަޑުއަހަން ކެތް ނުވާތީ. အခန်းကိုကြည့်ပါ။ |
އެމީހުންގެ ވިސްނުން ހުރީ ގޮތްދޫނުކުރުމަށޭ. އަދި އެމީހުންގެ ކަންފަތްތައް ވަނީ ބީރުވެފައޭ. އަދި އެމީހުން ތިބެނީ ލޯމަރާގެންނޭ. އެހެންނޫންނަމަ އެމީހުންގެ ކަންފަތްތަކަށް އަޑުއިވޭނޭ. އަދި ހަމަ އެހެންމެ، އެމީހުންގެ ލޯތަކަށް ފެނިގެންވާނޭ. އަދި، އެމީހުންގެ ބުއްދިއަށް އެކަންތައްތައް ފުރިހަމައަށް ވިސްނެނޭ. އަދި ފަސޭހަ ކޮށްދެއްވުމަށް އެދި ދެންނެވުމުން އަހަރެން އެމީހުން ފަސޭހަކޮށްދޭނަން.‘
އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދުވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން.