Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:42 - ކިތާބުލް މުޤައްދަސާ

42 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަކީ ޙަޤީޤަގަތުގައި ވެސް ކަލޭމެންގެ ބައްޕަ ނަމަ ކަލޭމެން އަހަރެން ދެކެ ލޯބި ވީސް. އެހެނީ އަހަރެން އައިސް މިހިރީ މާތްރަސްކަލާނގެ ފޮނުއްވީމާ. އަހަރެން މިތަނުގައި މިހިރީއަކީ އަހަރެންގެ އަމިއްލަ ޙައިސިއްޔަތަކުންނެއް ނޫން. އަހަރެން ފޮނުއްވާފައި މިވަނީ މާތްރަސްކަލާނގެ ޙަޟްރަތުން.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:42
22 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.


އަހަރެން އަންގާދެނީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން. އަހަރެން އަންގާދެނީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އެންގެވި ބަސްފުޅުތައް.


އީސާގެފާނަށް އެކަލޭގެފާނު ވަޑައިގަތީ ވެސް އަދި އެނބުރި ވަޑައިގަންނަވާނީ ވެސް މާތްރަސްކަލާނގެ ޙަޟްރަތަށް ކަން އެނގިވަޑައިގެން ވެއެވެ. އަދި ބައްޕާފުޅު ވަނީ ހުރިހާ ކަމެއްގެ ބާރާއި ހުއްދަ އެކަލޭގެފާނަށް ދެއްވާފައިކަން ވެސް އެކަލޭގެފާނަށް އެނގިވަޑައިގެން ވެއެވެ.


ފިލިޕު، ކަލޭ ގަބޫލެއް ނުކުރަންތަ އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން، އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައިކަން؟ އަހަރެން މިކުރާ ކަންތައްތަކާއި ބުނާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކާއި ކަންތަކެއް ނޫން. މިއީ އަހަރެންގެ ކިބައިގައިވާ ބައްޕާފުޅު އަހަރެން މެދުވެރިކުރައްވައި ދައްކަވާ ކަންތައްތަކާ އަންގަވާ އެކަލާނގެ ބަސްފުޅުތައް.


ކަލޭގެފާނަށް ހުރިހާ އެއްޗެއް ވެސް އެނގިވަޑައިގެންވާ ކަމާއި އަދި އެއްވެސް މީހަކު ކަލޭގެފާނުގެ ކުރެން ސުވާލެއް ކުރާކަށް ނުޖެހޭނެކަން މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ. މިކަމުގެ ސަބަބުން ކަލޭގެފާނު ވަޑައިގެންނެވީ މާތްރަސްކަލާނގެ ކިބަފުޅުން ކަން ވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވިއްޖެ.⁠“


މާތް ޞާލިޙުވަންތަ ބައްޕާފުޅު! މި ދުނިޔޭގެ މީސްތަކުންނަކަށް ބައްޕާފުޅެއް ނޭނގޭ. އެކަމަކު އަޅުގަނޑު ބައްޕާފުޅު ދަންނަން. އަދި އަޅުގަނޑަށް އީމާންވެގެންތިބި މީހުންނަށް އަޅުގަނޑު ފޮނުއްވެވީ ބައްޕާފުޅުކަން އެނގޭ.


އަޅުގަނޑު އިނބަރަސްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް އެމީހުންނަށް އަންގާ ދިނިން. އަދި އެމީހުން އެބަސްފުޅުތައް ގަބޫލުކުރި. އަދި އަޅުގަނޑު އައީ އިނބަރަސްކަލާނގެ ފަރާތްޕުޅުންކަން އެމީހުންނަށް އެނގި ޔަޤީންވި. އަޅުގަނޑު ފޮނުއްވީ އިނބަރަސްކަލާނގެ ކަން ގަބޫލުކޮށް އެމީހުން އީމާންވި.


މާތްރަސްކަލާނގެ އެކަލާނގެ ދަރިކަލުން ދުނިޔެއަށް ފޮނުއްވީ ދުނިޔޭގެ މީސްތަކުން ކުށްވެރި ކުރެއްވުމަކަށް ނޫން. ނަމަވެސް އެކަލޭގެފާނު މެދުވެރިކޮށް އެމީހުން ދިންނެވުމަށް.


އެހެންކަމުން އެންމެހާ މީސްތަކުން ވެސް ބައްޕާފުޅަށް އިޙުތިރާމުކޮށް ބިރުވެތިވާ ފަދައިން ދަރިކަލުންނަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާން ޖެހޭނެ. ދަރިކަލުންނަށް އިޙުތިރާމުކޮށް ބިރުވެތި ނުވާ މީހަކީ ދަރިކަލުން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅަށް ވެސް އިޙުތިރާމުކޮށް ބިރުވެތިވާ މީހެއް ނޫން.


އަހަރެން އައިސް މިހިރީ ސީދާ ބައްޕާފުޅު ފޮނުއްވައިގެން. ވިޔަސް ކަލޭމެން އަހަރެން ބަލައެއް ނުގަތް. އެކަމަކު އެހެން މީހަކު އޭނާގެ އަމިއްލަ ނަމުގައި އައުމުން އެމީހަކަށް އެބަ މަރުހަބާ ކިޔާ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާ މެދު މި ބަސްތައް ބުނެ އަހަރެން ހެކިދިން ނަމަވެސް މިއީ ތެދު ބަސްތަކެއް. އެއީ އަހަރެން މިއައީ ކޮންތަނަކުން ކަމާއި އަދި އަހަރެން ދާނީ ކޮންތަނަކަށް ކަން އަހަންނަށް އެނގޭތީ. އެކަމަކު އަހަރެން މިއައި ތަނެއް ވެސް އަދި ދާނެ ތަނެއް ވެސް ކަލޭމެންނަކަށް ނޭނގޭނެ.


އެކަމަކު ވަގުތު ޖެހުމުން މާތްކަލާނގެ އެކަލާނގެ ޚާއްސަ ދަރިކަލުން ފޮނުއްވިއެވެ. އެކަލޭގެފާނު އިންސާނީ މަންމައެއްގެ ބަނޑުފުޅުން ވަޑައިގެން އުޅުއްވަމުން ގެންދެވީ ބަނީ އިސްރާއީލުންގެ އަމުރުތަކާއި ގަވާއިދުތަކުގެ ދަށުގައެވެ.


އިތުރަށް ބުނެދޭނަމަ، މަތިވެރި ބައްޕާފުޅު އެކަލާނގެ ހަމައެކަނި ދަރިކަލުން މި ދުނިޔެއަށް ފޮނުއްވީ މުޅި މި ދުނިޔޭގެ އެންމެން ނަޖާ ކުރެއްވުމަށެވެ. އަހަރެމެންގެ ލޯތަކަށް މިކަންތައްތައް ފެނިފައިވާތީ އަހަރެމެން މިކަމަށް ހެކިވަމެވެ.


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


ސާފު ބިއްލޫރި ފަދައިން އަލިކަން ހުރި ޙަޔާތުގެ ދިރުން ލިބިދޭ ފެންކޯރު އެ މަލާއިކަތާ އަހަރެންނަށް ދެއްކެވިއެވެ. އަދި އެ ކޯރު އައީ މާތްރަސްކަލާނގެ ތަޚުތުކޮޅުންނާއި ޅަކަންބަޅީގެ ފަރާތުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ