Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:41 - ކިތާބުލް މުޤައްދަސާ

41 ކަލޭމެން ތިޔަ ކަންތައްކުރަނީ އަމިއްލަ ބައްޕަ ކަންތައްތައް ކުރި ފަދައިން.⁠“ ދެން އެމީހުން ބުންޏެވެ. ”⁠އަހަރެމެން މީ ނަހަލާލު ދަރިންނެއް ނޫން. އަހަރެމެން އެންމެންގެ ވެސް ބަފަޔަކީ ހަމަ އެއްފަރާތެއް. އެއީ ޚުދު މާތްރަސްކަލާނގެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:41
17 ပူးပေါင်းရင်းမြစ်များ  

ދެން ކަލޭ ފިރުޢައުނު ގާތު މިހެން ބުނޭ: ’⁠މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ އިސްރާއީލަކީ އަހަރެން ދޮށީ ފިރިހެންދަރިކަލުންނޭ.


އަހަރެން ކަލޭމެން ގާތު މިބުނަނީ އަހަރެންގެ ބައްޕާފުޅުގެ ކިބަފުޅުން އެނގި ދަސްވެފައިވާ ބަސްފުޅުތައް. ނަމަވެސް ކަލޭމެން ތިޔަ ކިޔަމަން ވަނީ ކަލޭމެންގެ ބައްޕަ ބުނާތީ އިވޭ ބަހަށް.⁠“


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


އަހަރެމެންނަކީ ޤާއިން ފަދަ ބައެއް ނޫނެވެ. އޭނާ މިލްކުވެގެންވީ ޝައިތާނާއަށެވެ. އަދި އޭނާ އޭނާގެ ކޮއްކޮ ހާބީލް މަރައިލިއެވެ. ޤާޔިން އޭނާގެ ކޮއްކޮ ގަތުލު ކުރީ ކީއްވެ ހެއްޔެވެ؟ އެއީ ޤާޔިން ކުރީ ނުބައިވެގެންވީ އަމަލުތަކެއް ކަމުންނެވެ. ނަމަވެސް އޭނާގެ ކޮއްކޮ ކުރި އަމަލުތަކަކީ ސާލިޙު އަމަލުތަކެއް ކަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ