4 އެމީހުން ބުންޏެވެ. ”އެދުރުކަލޭގެފާނު! މީނާއަކީ ހިލޭ ފިރިހެނަކާއި އެކު ޒިނޭކުރަނިކޮށް ފެނިގެން އަތުލައިގަނެވިފައިވާ އަންހެނެއް.
މަރިޔަމްގެފާނުގެ ފިރިމީހާ ޔޫސުފަކީ ނުހަނު ސާލިޙު މީހެކެވެ. ޢާންމުންގެ ކުރިމަތީގައި މަރިޔަމްގެފާނު ފަޟީޙަތްކޮށްލައި ހަދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވީމާ ކައިވެނި ކުރުމަށް ޓަކައި މަރިޔަމްގެފާނު ކިޔާފައިވާ ރަންކަނޑައިލައި ސިއްރު ގޮތެއްގައި ކައިވެނި ރޫޅާލުމަށް އޭނާ ނިންމިއެވެ.
އެވަގުތު ދީނުގެ ދަންނަބޭކަލުންނާއި، ފަރީސީނުގެ ބަޔަކު، ޒިނޭ ކުރުމުގެ ކުށުގައި ހައްޔަރު ކުރެވުނު އަންހެނަކު އެ އެންމެންގެ ކުރިމައްޗަށް ގެނައެވެ.
މޫސާގެފާނު އަޅުގަނޑުމެންނަށް އަންގަވާފައިވާ ގަވާއިދާއި ޤާނޫނުގެ މަތިން މިފަދަ އަމަލެއް ހިންގައިފި އަންހެނަކަށް ޙައްޤުވާ އަދަބަކީ ރަޖަމު ކުރުން. މިކަމާ ދޭތެރޭ ކަލޭގެފާނު ވިދާޅު ވަނީ ކީކޭތޯ؟“