Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:38 - ކިތާބުލް މުޤައްދަސާ

38 އަހަރެން ކަލޭމެން ގާތު މިބުނަނީ އަހަރެންގެ ބައްޕާފުޅުގެ ކިބަފުޅުން އެނގި ދަސްވެފައިވާ ބަސްފުޅުތައް. ނަމަވެސް ކަލޭމެން ތިޔަ ކިޔަމަން ވަނީ ކަލޭމެންގެ ބައްޕަ ބުނާތީ އިވޭ ބަހަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:38
12 ပူးပေါင်းရင်းမြစ်များ  

ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟


ފިލިޕު، ކަލޭ ގަބޫލެއް ނުކުރަންތަ އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން، އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައިކަން؟ އަހަރެން މިކުރާ ކަންތައްތަކާއި ބުނާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކާއި ކަންތަކެއް ނޫން. މިއީ އަހަރެންގެ ކިބައިގައިވާ ބައްޕާފުޅު އަހަރެން މެދުވެރިކުރައްވައި ދައްކަވާ ކަންތައްތަކާ އަންގަވާ އެކަލާނގެ ބަސްފުޅުތައް.


އަހަރެން ދެކެ ލޯބިނުވާ މީހުން އަހަރެން އެންގި ފަދައިން ކަންތަކެއް ނުކުރާނެ. އަހަރެންގެ މި ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން. މި ބަސްތަކަކީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅުގެ ބަސްފުޅުތައް.


އަޅުގަނޑު އިނބަރަސްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް އެމީހުންނަށް އަންގާ ދިނިން. އަދި އެމީހުން އެބަސްފުޅުތައް ގަބޫލުކުރި. އަދި އަޅުގަނޑު އައީ އިނބަރަސްކަލާނގެ ފަރާތްޕުޅުންކަން އެމީހުންނަށް އެނގި ޔަޤީންވި. އަޅުގަނޑު ފޮނުއްވީ އިނބަރަސްކަލާނގެ ކަން ގަބޫލުކޮށް އެމީހުން އީމާންވި.


އެކަލޭގެފާނު އެ ވިދާޅުވަނީ އެކަލޭގެފާނު ލޯފުޅުން ދެކެވަޑައިގެން އަތްޕުޅުން ހިއްޕަވާފައިވާ ކަންތަކެއްގެ ވާހަކަ. އެކަމަކު އެކަކު ވެސް އެ ބަސްފުޅެއް ގަބޫލެއް ނުކުރޭ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ނަމަވެސް ހަމަ ޔަޤީން ކަށަވަރު. ދަރިކަލުންނަކަށް އެއްވެސް ކަމެއް އެކަންޏެއް ނުކުރެއްވޭނެ. ދަރިކަލުން ކުރައްވާ ހުރިހާ ކަމަކީ ވެސް ބައްޕާފުޅު ކުރައްވާތީ ދަރިކަލުންނަށް ފެންނަ ކަންތައް. އެއީ ދަރިކަލުން ކުރައްވަނީ ހަމަ ބައްޕާފުޅު ކުރައްވަމުން ގެންދަވާ ކަންތައްތައް.


އަހަރެން އަމިއްލައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އަހަރެން ކަންތައްކުރަނީ އަހަރެންނަށް އެންގެވުނު ފަދައިން. އެހެން ކަމުން އަހަރެންގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް. އަހަރެން އެއްކަމެއް ވެސް އަހަރެންގެ އަމިއްލަ އުފަލަކަށްޓަކައެއް ނުކުރަން. އަހަރެން ކުރަނީ އަހަރެން ފޮނުއްވި ފަރާތުގެ އުފަލަށްޓަކައި ކުރާ ކަންތައް.⁠“


ކަލޭމެން ކުށްވެރި ކުރުމަށް ބުނާނެ އެތައް ބަސްތަކެއް އަހަރެންނަށް އެނގޭ. ނަމަވެސް އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅުތަކަކީ ތެދު. އެހެންކަމުން އަހަރެން މިދުނިޔޭގެ މީސްތަކުންނަށް މިބުނެދެނީ ހަމައެކަނި އަހަރެން ފޮނުއްވި ފަރާތުން އަހަރެން އަހާފައިވާ ބަސްފުޅުތައް.⁠“


ކަލޭމެން ތިޔަ ކަންތައްކުރަނީ އަމިއްލަ ބައްޕަ ކަންތައްތައް ކުރި ފަދައިން.⁠“ ދެން އެމީހުން ބުންޏެވެ. ”⁠އަހަރެމެން މީ ނަހަލާލު ދަރިންނެއް ނޫން. އަހަރެމެން އެންމެންގެ ވެސް ބަފަޔަކީ ހަމަ އެއްފަރާތެއް. އެއީ ޚުދު މާތްރަސްކަލާނގެ.⁠“


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ