Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:37 - ކިތާބުލް މުޤައްދަސާ

37 ކަލޭމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންކަން އަހަރެންނަށް ވެސް އެނގޭ. އެހެންނަމަވެސް ކަލޭމެން އަހަރެން މަރާލަން ތިއުޅެނީ އަހަރެންގެ ބަސްތައް އަހައި އެ ގޮތަށް ކަންކުރަން ނޭދޭތީ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:37
22 ပူးပေါင်းရင်းမြစ်များ  

އެމީހުންގެ ވިސްނުން ހުރީ ގޮތްދޫނުކުރުމަށޭ. އަދި އެމީހުންގެ ކަންފަތްތައް ވަނީ ބީރުވެފައޭ. އަދި އެމީހުން ތިބެނީ ލޯމަރާގެންނޭ. އެހެންނޫންނަމަ އެމީހުންގެ ކަންފަތްތަކަށް އަޑުއިވޭނޭ. އަދި ހަމަ އެހެންމެ، އެމީހުންގެ ލޯތަކަށް ފެނިގެންވާނޭ. އަދި، އެމީހުންގެ ބުއްދިއަށް އެކަންތައްތައް ފުރިހަމައަށް ވިސްނެނޭ. އަދި ފަސޭހަ ކޮށްދެއްވުމަށް އެދި ދެންނެވުމުން އަހަރެން އެމީހުން ފަސޭހަކޮށްދޭނަން.⁠‘


ކަލޭމެން ތިމަންމެންގެ ބަފައިކަލުންނަކީ އިބްރާހީމްގެފާނުއޭ ހަމައެކަނި ބުނެލުމަކުން ނުފުދޭނެ. އަހަރެން ކަލޭމެންނަށް ބުނަން. މާތްރަސްކަލާނގެ އެދިވޮޑިގެންވާނަމަ މިހިރަ ހިލަތަކުން ވެސް އިބްރާހީމްގެފާނުގެ ދަރިފަސްކޮޅު އުފެއްދެވުމަށް އެކަލާނގެއަށް ކުޅަދުންވަންތަވެގެންވޭ.


އަނެއްކާވެސް ބަނީއިސްރާއީލު މީހުން އީސާގެފާނުގެ އަވަހާރަކޮށްލުމުގެ ގަސްތުގައި ހިލަބުރިތައް ނެގިއެވެ.


އެހެންވެ އެދުވަހުން ފެށިގެން ބަނީއިސްރާއީލުގެ ވެރިން އީސާގެފާނު އަވަހާރަކޮށްލުމުގެ ރޭވުންތައް ރާވަން ފަށައިފިއެވެ.


ކަލޭމެން އެކަކު އަނެކެއްގެ ތަޢުރީފުގެ ބަސްތައް ލިބުމަށް އެދޭ. ނަމަވެސް އެއްކައުވަންތަ މާތްކަލާނގެ ކިބަފުޅުން ރުހިވޮޑިގަތުން ލިބިގަތުމަކަށް ކަލޭމެން މަސައްކަތެއް ނުކުރޭ. ވީއިރު ކަލޭމެންނަށް އީމާން ވެވޭނީ ކިހިނެއް؟


މިއަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށަށް ހިންގަވާފައި ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ. ބަނީ އިސްރާއީލުންގެ ވެރިން އޭރު ބޭނުންވެފައި ތިބީ އެކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ބޭނުންފުޅުވީ މި ވަގުތު ޖުދެއާ ތެރޭން ދަތުރު ނުކުރެއްވުމަށެވެ.


މާތްރަސްކަލާނގެ އެންގެވި އަމުރުފުޅުތައް މޫސާގެފާނު ކަލޭމެންނަށް އެންގެވި. ނަމަވެސް ކަލޭމެންގެ ތެރޭން އެކަކު ވެސް އެ އަމުރުފުޅުތަކަކަށް ކިޔަމަނެއް ނުވޭ. އަދި ކޮބާ! ކަލޭމެން ތިޔަ އުޅެނީ އަހަރެން މަރާލަން.⁠“


އެތާނގައި ތިބި ޖެރޫސަލަމުގައި އުޅޭ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އެމީހުން މަރާލަން އެ އުޅެނީ މި މީހާދޯ؟


އެމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން. އަޅުގަނޑުމެންނަކީ މި ދުނިޔޭގެ އެއްވެސް މީހެއްގެ އަޅުންނެއް ނޫން. ވީއިރު ’⁠ކަލޭމެން މިނިވަނުން ކަމުގައި ވާނެއޭ⁠‘ ތިޔަ ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟⁠“


ކަލޭމެންނަށް އަހަރެން މިބުނާ އެއްޗެއް ނުވިސްނެނީ ކީއްވެ؟ އެއީ ކަލޭމެންނަށް އަހަރެން މި ބުނާ އެއްޗެއް އަޑުއަހަން ކެތް ނުވާތީ.


ކަލޭމެންގެ ބަފައިކަލުން އިބްރާހީމްގެފާނު ހުންނެވީ އަހަރެން އަންނާނެ ދުވަހެއްގެ އިންތިޒާރުގައި. އަހަރެންގެ މިދުވަސް ފެނުމުން އެކަލޭގެފާނު އުފާފުޅުވި.⁠“


އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.


އެމީހުން އީސާގެފާނާއި މި ސުވާލު ކުރީ އެކަލޭގެފާނު މަޅިއެއްގައި ބައްދާލުމަށެވެ. އެއީ އެކަލޭގެފާނު މިކަމާއި މެދު ވިދާޅުވާ ބަސްފުޅެއް ބަލާފަ އެބަސްފުޅު އެކަލޭގެފާނު ކުށްވެރި ކުރުމަށް ބޭނުން ކުރުމަށެވެ. ނަމަވެސް އީސާގެފާނު ގުދުވެ ވަޑައިގެން އިނގިލިފުޅުން ބިންމަތީގައި ލިޔުއްވަން ފެއްޓެވިއެވެ.


އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެ ހާ އަޚުންނޭ، އަޑުއަހާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށްޓަކައި މި ތަނަށް އެއްވެތިބި ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންނޭ، ސަމާލުވޭ. މާތްރަސްކަލާނގެ ދެއްވާފައި މިވާ ދިންނެވޭނެ މަގު މިއީ އަހަރެމެންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ ދިންނެވުމެއް.


ބަފައިންނޭވެ! ތިޔަ ބަފައިންނަށް އަހަރެން މިފަދައިން ލިޔާ ސަބަބަކީ ދުނިޔެ ފެށުމުގެ ކުރީގައި ހުންނެވި ކަލާނގެ ތިޔަ ބަފައިންނަށް އެނގިފައިވާތީއެވެ. ޒުވާނުންނަށް އަހަރެން މިފަދައިން މިލިޔާ ސަބަބަކީ ތިޔަ ޒުވާނުންގެ ބާރުގަދަ ކަމުންނެވެ. އަދި ތިޔަ ޒުވާނުންގެ ހިތްތަކުގައި މާތްރަސްކަލާނގެ ބަސްފުޅު އެކުލެވިގެން ވާތީއެވެ. އޭގެ އިތުރުން ޝައިތާނާގެ މައްޗަށް ތިޔަ ޒުވާނުން ފަތަޙަ ހޯދާފައިވާތީ ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ