Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:34 - ކިތާބުލް މުޤައްދަސާ

34 އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، ފާފަ ކުރާ ކޮންމެ މީހަކީ ފާފައިގެ އަޅެއް.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:34
16 ပူးပေါင်းရင်းမြစ်များ  

ފާހިޝް ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ. އޭގައި ބެދޭނީ ވެސް ހަމަ އެމީހުންނެވެ.


އަހަރެން މިބުނަނީ ތެދެއް. އުޑާއިބިން ނެތި ދިއުމާއި ހަމައަށް މާތްރަސްކަލާނގެ ޤާނޫނުގެ ކުޑަ މިންވަރެއް ވެސް ނެތިގެން ނުދާނެ. އެ ޤާނޫނުތަކާއި ގަވާއިދުގައިވާ އެންމެ އަކުރެއް އަދި ނުކުތާއެއް ވެސް، މިބިމާއި އުޑު އޮތްހާ އިރަކު އޭގެ މަގުސަދު ފުރިހަމަ ނުވަނީސް އުވިގެންނެއް ނުދާނެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، އަލުން އުފަންނުވާ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހާސިލެއް ނުކުރެވޭނެ.⁠“


ކަލޭގެ ހިތް ތިޔަ ވަނީ ހަސަދައިން ފުރިފަ. އަދި ކަލޭ ތިޔަ ވަނީ ފާފައިގެ ބާރުގެ ދަށުގައި ބަނދެވިފަ.⁠“


އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުން ދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ ހުރިހާ އެންމެންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ.


އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.


މިނިވަންކަން ދޭނެކަމުގެ ވަޢުދުތައް އެބައިމީހުން ކުރާނެއެވެ. ނަމަވެސް އެބައިމީހުންގެ އަމިއްލަ ނަފްސުތައް ވަނީ ފާފަވެރިކަމުގައި މަގުފުރެދި އަޅުވެތިކަމުގައެވެ. ސަބަބަކީ މިފަދައިން ކަންތައްތަކުގެ ބާރުގެ ދަށުގައި ތިޔަބައިމީހުން ވާނަމަ ތިޔަބައިމީހުން ވެސް ވަނީ ހަމަ އެފަދައިން އަޅުވެތިކަމުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ