30 އީސާގެފާނުގެ މި ބަސްފުޅުތައް އެހި އެތައް ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް އެކަލޭގެފާނަށް އީމާންވިއެވެ.
އެތަނުން ވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ.
މަރިޔަމްއާއި އެކު އެތަނަށް އައި މީސްތަކުންގެ ތެރެއިން އެތައް ބަޔަކަށް މި ކަންތައްތައް ފެނި އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ.
ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރު އީސާގެފާނު ޖެރޫސަލަމުގައި ދެއްކެވި އެތައްއެތައް މުޢުޖިޒާތްތަކާއި އަޖައިބު ކުރުވަނިވި ކަންތައްތަކުގެ ސަބަބުން އެތައް ބަޔަކު އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު ކަން ގަބޫލު ކުރިއެވެ.
އެތާނގައި ތިބި މީސްތަކުންނަށް އީސާގެފާނު މި ދެއްކެވި މުޢުޖިޒާތް ފެނުމުން އެމީހުން ބުންޏެވެ. ”ހަމަ ކަށަވަރުން ވެސް މިއީ ދުނިޔެއަށް ފޮނުއްވާނެ ރަސޫލާ ކަން ޔަޤީން.“
މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ. އެމީހުން ބުންޏެވެ. ”އަލްމަސީޙު ވަޑައިގަތަސް މިކަލޭގެފާނު މިދެއްކެވި ވަރަށް ވުރެން ވަކިން ބޮޑު މުޢުޖިޒާތްތަކެއް ދެއްކި ދާނެބާ؟!“