ޔޫޙަންނާ 8:29 - ކިތާބުލް މުޤައްދަސާ29 އަހަރެން ފޮނުއްވި ފަރާތް އަބަދުވެސް ވަނީ އަހަރެންނާއި އެކުގައި. އެފަރާތް އަހަރެން ދޫކޮށެއް ނުލައްވާ. އެއީ އަހަރެން އަބަދުވެސް ހުރިހާ ކަމެއް ވެސް ކުރަނީ އެފަރާތް އެދިވޮޑިގެންވާ ފަދައިން.“ အခန်းကိုကြည့်ပါ။ |
އަހަރެން އަމިއްލައަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އަހަރެން ކަންތައްކުރަނީ އަހަރެންނަށް އެންގެވުނު ފަދައިން. އެހެން ކަމުން އަހަރެންގެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް. އަހަރެން އެއްކަމެއް ވެސް އަހަރެންގެ އަމިއްލަ އުފަލަކަށްޓަކައެއް ނުކުރަން. އަހަރެން ކުރަނީ އަހަރެން ފޮނުއްވި ފަރާތުގެ އުފަލަށްޓަކައި ކުރާ ކަންތައް.“
ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.
އަހަރެންގެ ލޮބުވެތި ދަރިންނޭވެ. އަހަރެން މިހެން ތިޔަބައިމީހުންނަށް މިލިޔަނީ ތިޔަބައިމީހުން ނުބައިވެގެންވީ ފާފަވެރި އަމަލުތަކުގައި ބައިވެރި ނުވާނެ ގޮތް ހެދުމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ނުބައި ޢަމަލެއް ކުރެވިއްޖެނަމަ މާތްރަސްކަލާނގެ ބައްޕާފުޅުގެ ޙަޟްރަތުގައި އަހަރެމެންނާމެދު މަދަދުވެރިވާނެ ފަރާތެއް ވެއެވެ. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ހަމައެކަނި ޞާލިޙުވަންތަ ފަރާތް ކަމުގައިވާ އީސާ އަލްމަސީޙު އެވެ.
އަދި މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން އެދި ދަންނަވާ އެންމެހާ ކަންތައް އެކަލާނގެ ފުއްދަވައި ދެއްވާނެއެވެ. ސަބަބަކީ އަހަރެމެންކުރާ ކަންތަކަކީ އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ކަންތައް ކަމަށް ވާތީއެވެ. އަދި އަހަރެމެން ޙަޔާތު ވޭތުކުރަމުން ގެންދަނީ އެކަލާނގެއަށް ކިޔަމަންތެރިކަން މަތީގައި ކަމަށް ވާތީ ވެސް މެއެވެ.