ޔޫޙަންނާ 8:24 - ކިތާބުލް މުޤައްދަސާ24 އަހަރެންނަކީ ކާކު ކަމާމެދު އަހަރެން މިބުނާ ބަސްތައް އަހާ ގަބޫލު ނުކޮށްފި ނަމަ ’ކަލޭމެން މަރުވެ ދާނީ ކަލޭމެންގެ ފާފަތައް ނުފުއްސެވިއޭ‘ އަހަރެން މިބުނަނީ އެހެންވެ.“ အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ”ފަރުވާވެ ވިސްނައިގެން ތިބޭ. މީހަކު ބުނާހާ ބަހަކަށް ނުހެއްލޭތި. އެއީ އަހަރެންގެ ނަމުގައި އެތައް ބަޔަކު ވެސްއަންނާނެ. އެމީހުން ބުނާނެ. ’ފަހު ޒަމާނުގެ ވަގުތު ކައިރިވެއްޖޭ. ތިމަން މިއީ މާތްރަސްކަލާނގެ ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ އަލްމަސީޙުއޭ.‘ ކަލޭމެން އެފަދަ މީހުން ދައްކާ މަގުން ނުދާތި.
އެހެން ކަމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން އިންސާނާގެ ދަރިކަލުން މައްޗަށް ނަގާ އުފުލާ ދުވަހު ކަލޭމެންނަށް އަހަރެން މިއީ އެކަލޭގެފާނުކަން އެނގޭނެ. އަދި އަހަރެން އެއްވެސް ކަމެއް އަހަރެން އަމިއްލަޔަށް ނުކުރާ ކަމާއި، އަދި އަހަރެން މިބުނާ ހުރިހާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން ކަމާއި، އެބަސްތަކަކީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އަހަރެންނަށް އެންގެވި ބަސްފުޅުތައް ކަން ވެސް ކަލޭމެންނަށް އެނގޭނެ.
ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟
މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.