22 ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”އޭނާ އެއުޅެނީ އަމިއްލައަށް މަރުވާންތަ؟ އެހެންވެތަ އޭނާ އެ ބުނަނީ ’އަހަރެން މިދާތާނކަށް ކަލޭމެންނަކަށް ނުދެވޭނެއޭ.‘“
ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ.
އޭގެތެރެއިން އެއްބަޔަކު ބުންޏެވެ. ”އޭނާ އެހެރީ ޖިންނި މޮޔަވެފަ. އެކަހަލަ މީހަކު ދައްކާ ވާހަކަ އަހަރެމެން އަޑުއަހަންވީ ކީއްކުރަން؟“
އެތާނގައި ތިބި މީސްތަކުން ބުންޏެވެ. ”ކަލޭ ތިހިރީ ޖިންނި މޮޔަވެފައިތަ؟ ކަލޭ މަރާލަން އުޅެނީ ކާކުތަ؟“
މިބަސްތަކުގެ އަޑުއަހާފައި ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”މީނާ އަހަރެމެންނަށް ނުފެންނަ ކޮންތާނކަށްތަ ދާން އެއުޅެނީ؟ ފަހަރެއްގައި އޭނާ ބޭރު ކަރައިގައި އުޅޭ އަހަރެމެންގެ މީހުންގެ ގާތަށް ވެސް ހިނގައިދާނެ. ގޮސް އެރަށްރަށުގެ މީހުންނަށް ކިޔަވައި ވެސް ދީފާނެ.
އެވަގުތު އެމީހުން ހަޅޭއްލަވަން ފެށިއެވެ. ”ކަލޭތީ ސަމީރިއްޔާގެ ޖިންނި މޮޔަވެފައި ހުރި މީހެކޭ އަހަރެމެން ބުނި ބަސް އެއީ ތެދެއް ނޫންތަ؟“
ދެން ބަނީއިސްރާއީލު މީހުން ބުންޏެވެ. ”ކަލޭ ތިހިރީ ޖިންނިމޮޔަވެފައި ކަން މިހާރު އަހަރެމެންނަށް ޔަޤީން. އިބްރާހީމްގެފާނާއި އެހެން ހުރިހާ ރަސޫލުބޭކަލުން ވެސް އަވަހާރަވެދިޔަ. އެކަމަކު ކަލޭ ތިޔަ ބުނަނީ ކަލޭގެ ބަސްތައް ގަބޫލު ކޮށް އެބަސްތަކަށް ކިޔަމަންވާ މީހަކު ދުވަހަކު ވެސް މަރު ނުވާނެ ކަމުގައި.
ކަލޭމެންގެ ފިކުރުގައި އީސާގެފާނު ކުރެއްވި ކަންތައް ހަރުލައްވާށެވެ. ފާފަވެރިންގެ ކިބައިން އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގެންނެވި ދުއްތުރާތަކަށް ކެތްތެރިވެ ވަޑައިގަތެވެ. މިކަންތައް ހިތުގައިވާނަމަ ކަލޭމެން ވެސް ނާއުންމީދުވެ ފަހަތަކަށް ނުޖެހޭނެއެވެ.
ވީއިރު އަހަރެމެން ވެސް އެކަލޭގެފާނު ގާތަށް ރަށްބޭރަށް ގޮސް އެކަލޭގެފާނު އުފުއްލެވި ލަދުވެތިކަން ޙިއްސާ ކުރަމާ ހެއްޔެވެ؟