ޔޫޙަންނާ 8:21 - ކިތާބުލް މުޤައްދަސާ21 ދެން އަނެއްކާވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަހަރެން ކަލޭމެން ދޫކޮށްލާފަ ދާނަން. އޭރުން ކަލޭމެން އަހަރެން ހޯދާނެ. ނަމަވެސް ކަލޭމެން މަރުވެދާނީ ކަލޭމެންގެ ފާފަތައް ނުފުއްސެވި. އަހަރެން މިދާތާނކަށް ކަލޭމެންނަކަށް ނުދެވޭނެ.“ အခန်းကိုကြည့်ပါ။ |
އީސާގެފާނު ވިދާޅުވިއެވެ. ”އަލިކަން ކަލޭމެންގެ ގާތުގައި ވާނީ ވަރަށް ކުޑަ ހިނދުކޮޅަކު. އެއަލިކަން ވާހައި ހިނދަކު އެ އަލިކަމުގެ ތެރޭގައި ހިނގަމުން ގެންދޭ. އެހެން ނޫނީ އަނދިރިކަން ކަލޭމެންގެ ތެރެއަށް ވެރިވެދާނެ. އަނދިރީގެ ތެރޭގައި ހިނގަމުން ދާ މީހަކަށް އެދެވެނީ ކޮންތާނކަށް ކޮން ދިމާއަކަށް ކަމެއް ނޭނގޭނެ.