Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:20 - ކިތާބުލް މުޤައްދަސާ

20 އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަމުން ގެންދެވީ ބައިތުލް މަޤްދިސްގެ ސަދަޤާތް ނަގާ ބައިގައި ހުންނަވައިގެންނެވެ. ނަމަވެސް އެއްވެސް މީހަކު އެކަލޭގެފާނު ހައްޔަރެއް ނުކުރިއެވެ. އެއީ އަދި އެކަލޭގެފާނުގެ ވަގުތު ނުޖެހޭތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:20
17 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު.


ބޮޑުއިމާމުން އެ ފައިސާ ފޮތިތައް ނެގުމަށް ފަހު ބުންޏެވެ. ”⁠އަހަރެމެންގެ ޤާނޫނު ބުނާ ގޮތުން މި ފައިސާ ބައިތުލް މަޤްދިސްގެ ޚަޒާނާގެ ތެރޭގައި ހިމަނައިގެން ނުވާނެ. ސަބަބަކީ މި ފައިސާއަކީ މީހެއްގެ މަރު ގަތުމަށް ދެވިފައިވާ ފައިސާއެއް.⁠“


އީސާގެފާނު ބައިތުލް މަޤްދިސްގެ ތެރޭގައި ބެހެއްޓިފައިވާ އެތަނުގެ ބައިތުލްމާލު ފޮއްޓާއި ކައިރީގައި މީސްތަކުން އެ ޚަޒާނާ ފޮއްޓަށް ފައިސާ އަޅަމުން ގެންދާ ތަން ބައްލަވަން ހުންނެވިއެވެ. މީސްތަކުން އެ ފޮއްޓަށް ފައިސާ އަޅަމުން ދިޔަ ހިނދު މުއްސަނދި ފައިސާވެރިން އެ ފޮއްޓަށް ގިނަ ޢަދަދެއްގެ ފައިސާ އެޅިއެވެ.


އެ ހިނދު އަސްޙާބީންނަށް އެކަލޭގެފާނުގެ އަރިހަށް އައުމަށް އެދިވަޑައިގަތެވެ. އަދި އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް އައުމުން ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަބައިމީހުންނަށް ބުނަން. އެ ނިކަމެތި ކަނބުލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ހޭދަކުރާ ފައިސާ އަޅާ ފޮއްޓަށްލީ ފައިސާ އެހުރިހާ މުއްސަނދިން އެޅި ފައިސާޔަށް ވުރެން މާ ގިނަ.


ދެން ދީނުގެ ދަންނަބޭކަލުންނާއި ބޮޑު އިމާމުން އެކަލޭގެފާނު ވަގުތުން ހައްޔަރު ކުރެވޭނެ ގޮތެއް ވޭތޯ ބެލިއެވެ. އެއީ އެކަލޭގެފާނު އެ ވިދާޅުވި މާނަފުން ވާހަކައަކީ އެމީހުންނާއި ބެހޭގޮތުން ވިދާޅުވި ވާހަކައެއް ކަން އެމީހުންނަށް އެނގުމުންނެވެ. ނަމަވެސް މީހުންނަށް ބިރުން އެމީހުންނަކަށް އެކަލޭގެފާނު ހައްޔަރު ކުރާކަށް ނުކެރުނެވެ.


އީސާގެފާނު ބައިތުލް މަޤްދިސްގެ ހަރަމްފުޅު ތެރޭގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހޭދަކުރާ ފައިސާ އަޅާ ފޮށީގެ ކައިރީގައި މީސްތަކުން އެޔަށް ފައިސާ އަޅާތަން ބައްލަވަން ހުންނެވިއެވެ. މުއްސަނދި ފައިސާވެރިން އެފޮއްޓަށް ވަރަށް ބައިވަރު ފައިސާއެޅިއެވެ.


ދެން އަނެއްކާވެސް އެމީހުން ގަސްތުކުރީ އީސާގެފާނު ހައްޔަރު ކުރުމަށެވެ. ނަމަވެސް އެކަލޭގެފާނު އެމީހުންގެ އަތްދަށުން ދެމިވަޑައިގެން އެތަނުން ވަޑައިގެންފިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކުރަންވީ ކީއްކަން އަހަރެން ގާތު ވިދާޅު ނުވޭ. އަހަރެންގެ ވަގުތެއް އަދި ނުޖެހޭ.⁠“


ދެން ޢީދު ފާހަގަ ކުރުމުގެ ކަންތައްތައް މެދަކާ ހަމަޔަށް ގޮސްފައި ވަނިކޮށް އީސާގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެން އެތާނގައި މީސްތަކުންނަށް ކިޔަވާދެއްވަން ފެއްޓެވިއެވެ.


އީސާގެފާނު މިހެން ވިދާޅުވުމާއި އެކު އެތާނގައި ތިބި މީސްތަކުން އެކަލޭގެފާނު ހިފައި ހައްޔަރުކުރުމަށް އުޅެގަތެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގައިކޮޅަކު އަތެއް ނުލެވުނެވެ. އެއީ އަދި އެކަމުގެ ވަގުތު ނުޖެހޭތީއެވެ.


އޭގެތެރެއިން ބައެއް މީހުން އެކަލޭގެފާނު ހައްޔަރު ކުރުމަށް އުޅުނެވެ. ނަމަވެސް އޭގެތެރެއިން އެކަކު ވެސް އެކަމެއް ނުކުރިއެވެ.


އެހެންވީމާ ކަލޭމެން ތިޔަ ޢީދު ފާހަގަ ކުރަން ދޭ. އަހަރެން ތިޔަ ޢީދު ފާހަގަ ކުރަން ދާންވީ ވަގުތެއް އަދި ނުޖެހޭ.⁠“


އަނެއްދުވަހުގެ ފަތިހު އެކަލޭގެފާނު އަނެއްކާވެސް ބައިތުލް މަޤްދިސްއަށް ވަޑައިގެންފިއެވެ. އެވަގުތު އެތައް ބައިވަރު ބަޔަކު އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ދެން އީސާގެފާނު އެތާނ އިށީނދެވަޑައިގެން އެމީސްތަކުންނަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ.


އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ