Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:17 - ކިތާބުލް މުޤައްދަސާ

17 ކަލޭމެންގެ އަމިއްލަ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ވެސް ދެމީހަކު އެއްގޮތަކަށް ހެކި ދީފިނަމަ އެބެލެވޭނީ މުޅިން ތެދުކަމުގައި.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:17
13 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އޭނާ ތިބާގެ ބަސް އަޑު އެހުމަށް އިންކާރު ކޮށްފިނަމަ، ތިބާ އެހެން ދެ މީހުން ނުވަތަ ތިން މީހުންނާއި އެކުގައި އޭނާގެ ކައިރިއަށް ދޭ. ’⁠ކޮންމެ މައްސަލައެއްގައި ވެސް ދެ މީހުން ނޫނީ ތިން މީހުންގެ ހެކިވުން ހޯދާ.⁠‘


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ފޮތްތަކުގައި ވެސް ލިޔެވިގެންވޭ. މާތްރަސްކަލާނގެ ކަލޭމެންގެ ވެރިން ކަމުގައި ވީ ބައެއް މީހުންނަށް ވެސް މިފަދައިން ވަޙީކުރެއްވި. ’⁠ކަލޭމެން ވެސް ތިޔައީ ކަލުންނޭ.⁠‘


މިހެން ކަންތައް ވުމުގެ ސަބަބުން ބާވައިލެއްވުނު ފޮތްތަކުގައި ލިޔެވިގެންވީ މިބަސްފުޅު ވެސް ތެދަކަށް ވެއްޖެ. އެއީ ލިޔެވިގެންވޭ. ’⁠އެމީހުން އަހަރެންދެކެ ރުޅިއައިސް ނަފްރަތުކުރީ އެއްވެސް ސަބަބަކާއި ނުލައޭ.⁠‘


އެހެންގޮތަކަށް ބުނާނަމަ އެ އަމުރުފުޅުތަކަކީ އަލްމަސީޙު ދުނިޔެއަށް ވަޑައިގަންނަވަންދެން އަހަރެމެންގެ ބަލަދުވެރިއެއްގެ ގޮތުގައި ވީ ފަރާތެވެ. އެއީ އީސާގެފާނަށް އީމާންވުމުގެ ސަބަބުން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުން ލިބި މިނިވަން ވާނެ ގޮތް ފަހި ކުރެއްވުމަށެވެ.


ކަލޭމެންގެ ތެރެއިން ބަޔަކު އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި ވުމަށް އަދިވެސް އެދެއެވެ. ބުނެބަލާށެވެ. އެ އަމުރުފުޅުތަކުގައި ވަނީ ކީކޭކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟


މީހަކު މޫސާގެފާނުގެ އަމުރުފުޅަކާ ޚިލާފުވެއްޖެކަމަށް ދެތިންމީހަކު ހެކިދީފިނަމަ އެއްވެސް ރަޙުމެއްނެތި އެމީހަކު މަރާލަން ޖެހެއެވެ.


އަހަރެމެން އިންސާނުންގެ ހެކިބަސް ވެސް ގަބޫލު ކުރަމެވެ. މާތްކަލާނގެ ހެކިވެ ވޮޑިގަތުން އިންސާނެއްގެ ހެކިބަހަށް ވުރެން މާ މަތިވެރި ކަމެކެވެ. އެކަލާނގެ ވަނީ އެ ދަރިކަލުންނާ މެދު މި ގޮތަށް ހެކިވެ ވޮޑިގެންފައެވެ.


އަދި އެ ދެ ހެކިވެރިން ހިތާމައިގެ ސުތުލިފޮތީގެ ހެދުމުގައި އަހަރެން ފޮނުވާނަން. އެބައިމީހުން އެއްހާސް ދުއިސައްތަ ފަސްދޮޅަސް ދުވަހު މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާނު ކުރައްވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ