Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 8:14 - ކިތާބުލް މުޤައްދަސާ

14 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާ މެދު މި ބަސްތައް ބުނެ އަހަރެން ހެކިދިން ނަމަވެސް މިއީ ތެދު ބަސްތަކެއް. އެއީ އަހަރެން މިއައީ ކޮންތަނަކުން ކަމާއި އަދި އަހަރެން ދާނީ ކޮންތަނަކަށް ކަން އަހަންނަށް އެނގޭތީ. އެކަމަކު އަހަރެން މިއައި ތަނެއް ވެސް އަދި ދާނެ ތަނެއް ވެސް ކަލޭމެންނަކަށް ނޭނގޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 8:14
19 ပူးပေါင်းရင်းမြစ်များ  

އަހަރެންގެ އަނގަ އަބަދުވެސް ބުނަނީ ތެދުބަސްތަކެވެ. ދޮގުބަސްތައް މަގޭ ތުންފަތަކަށް ކެތެއް ނުވެއެވެ.


ބައްޕާފުޅު އަހަރެން ދެނެވޮޑިގެންވޭ، އަހަރެން ބައްޕާފުޅު ވެސް ދަންނަން. ހަމަ އެފަދައިން އަހަރެންނާއި އަހަރެންގެ ކަންބަޅިތައް ވެސް އެކަކު އަނެކަކު ދަނޭ. އަދި އެ އެއްޗެއްސަށްޓަކައި އަހަރެން އަހަރެންގެ ފުރާނަވެސް ދޭނަން.


އަހަރެން މީ ބައްޕާފުޅު ހޮއްވަވާފައި ދުނިޔެއަށް ފޮނުއްވި މީހެއް. އަހަރެން މީ އެކަލާނގެ ދަރިކަލެކޭ ބުނީމާ އަހަރެން ކުފުރުވާންވީ ކީއްވެ؟


އީސާގެފާނަށް އެކަލޭގެފާނު ވަޑައިގަތީ ވެސް އަދި އެނބުރި ވަޑައިގަންނަވާނީ ވެސް މާތްރަސްކަލާނގެ ޙަޟްރަތަށް ކަން އެނގިވަޑައިގެން ވެއެވެ. އަދި ބައްޕާފުޅު ވަނީ ހުރިހާ ކަމެއްގެ ބާރާއި ހުއްދަ އެކަލޭގެފާނަށް ދެއްވާފައިކަން ވެސް އެކަލޭގެފާނަށް އެނގިވަޑައިގެން ވެއެވެ.


ފިލިޕު، ކަލޭ ގަބޫލެއް ނުކުރަންތަ އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން، އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައިކަން؟ އަހަރެން މިކުރާ ކަންތައްތަކާއި ބުނާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކާއި ކަންތަކެއް ނޫން. މިއީ އަހަރެންގެ ކިބައިގައިވާ ބައްޕާފުޅު އަހަރެން މެދުވެރިކުރައްވައި ދައްކަވާ ކަންތައްތަކާ އަންގަވާ އެކަލާނގެ ބަސްފުޅުތައް.


އަހަރެން ދުނިޔެއަށް އައީ ބައްޕާފުޅުގެ ފަރާތުން. އަދި އަހަރެން ދުނިޔެއިން އެނބުރި މި ދަނީ ވެސް ބައްޕާފުޅުގެ އަރިހަށް.⁠“


އަޅުގަނޑު އިނބަރަސްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް އެމީހުންނަށް އަންގާ ދިނިން. އަދި އެމީހުން އެބަސްފުޅުތައް ގަބޫލުކުރި. އަދި އަޅުގަނޑު އައީ އިނބަރަސްކަލާނގެ ފަރާތްޕުޅުންކަން އެމީހުންނަށް އެނގި ޔަޤީންވި. އަޅުގަނޑު ފޮނުއްވީ އިނބަރަސްކަލާނގެ ކަން ގަބޫލުކޮށް އެމީހުން އީމާންވި.


އީސާގެފާނު މިހެން ވިދާޅުވި އަޑު އިވި ޕިލާތުސް ބުންޏެވެ. ”⁠އެހެން ވިއްޔާ ކަލޭ ތިޔައީ ހަމަ ރަސްކަލަކީމު ތަ؟⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވީ ނޫންތޯ އަޅުގަނޑަކީ ރަސްކަލެކޭ؟ އަޅުގަނޑު އުފަންވެ ދުނިޔެއަށް އައީ ހަމަ އެކަނި މި ސަބަބަށްޓަކައި. އެއީ ތެދުބަސްތައް އަންގައި ދިނުމަށް. ތެދު ހަޤީޤަތުގެ ތެރޭގައި ހުރި މީހަކު ނަމަ އެމީހަކު އަޅުގަނޑުގެ ބަސްތައް އަޑުއަހައި ދެނެގަންނާނެ.⁠“


”⁠އަހަރެންނާއި ދޭތެރޭ އަހަރެން މިބުނާ ބަސްތަކަކީ އަހަރެން އެކަނި ބުނާ ބަސްތަކެއް ނަމަ އެބަސްތަކުގެ ތެދުކަން ޔަޤީންކޮށް ދެވޭނެ ގޮތެއް ނޯންނާނެ.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަކީ ޙަޤީޤަގަތުގައި ވެސް ކަލޭމެންގެ ބައްޕަ ނަމަ ކަލޭމެން އަހަރެން ދެކެ ލޯބި ވީސް. އެހެނީ އަހަރެން އައިސް މިހިރީ މާތްރަސްކަލާނގެ ފޮނުއްވީމާ. އަހަރެން މިތަނުގައި މިހިރީއަކީ އަހަރެންގެ އަމިއްލަ ޙައިސިއްޔަތަކުންނެއް ނޫން. އަހަރެން ފޮނުއްވާފައި މިވަނީ މާތްރަސްކަލާނގެ ޙަޟްރަތުން.


”⁠ލަވުދީކިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ އާމީންގެ ފަރާތުން ދިން ޚަބަރެއް. އަހަރެންނީ ވަފާތެރި އަދި ތެދުވެރި ހެކިވެރިޔާ. އަދި މާތްރަސްކަލާނގެ ޚަލްޤުތަކުގެ ވެރިޔާ ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ