5 އޭރަކު ޚުދު އީސާގެފާނުގެ އެއްބަނޑު ކޮއްކޮމެން ވެސް އެކަލޭގެފާނަކަށް އީމާނެއް ނުވެއެވެ.
އީސާގެފާނު މީސްތަކުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނާއި ވާހަކަފުޅު ދެއްކެވުމަށް ޓަކައި އެކަލޭގެފާނުގެ މައިކަމަނާ އާއި އެކަލޭގެފާނުގެ ފިރިހެން ކޮއްކޮމެން އައިސް އެތަނުގެ ބޭރުގައި ތިއްބެވެ.
އަދި މީސްތަކުން އެކަލޭގެފާނާއި ދިމާލަށް ”އޭނާ ވަނީ ބުއްދި ފިލައިގެންގޮސްފަ!“ ކަމުގައި ބުނަމުން ގެންދާ ޚަބަރު އެކަލޭގެފާނުގެ އާއިލާއަށް ލިބުމުގެ ސަބަބުން އެމީހުންގެ ބެލުމުގެދަށަށް އެކަލޭގެފާނު ގެންދިއުމަށް މަސައްކަތް ކުރެއްވިއެވެ.
އީސާގެފާނު އެހެން ވިދާޅުވި ނަމަވެސް އެކަލޭގެފާނުގެ ކޮއްކޮމެން ޢީދު ފާހަގަ ކުރުމަށްޓަކައި ދިޔަ ފަހުން އެކަލޭގެފާނު ވެސް ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. ނަމަވެސް އީސާގެފާނު ވަޑައިގެންނެވީ އެންމެންނަށް ނޭނގޭނެ ފަދަ އެކަހެރި ގޮތަކަށެވެ.
އެހެންވެ އީސާގެފާނުގެ ކޮއްކޮއިން އެކަލޭގެފާނާ ދިމާއަށް މިހެން ބުންޏެވެ. ”ކަލޭ ދާންވީނު ޖުދެއާކަރަޔަށް؟ އޭރުން ކަލޭ ގަބޫލުކޮށް އީމާންވާ ބަޔަކަށް ކަލޭ ތިޔަ ދައްކާ މުޢުޖިޒާތްތައް ފެންނާނެއެއްނު.
ކަލޭ ތިހާ މަޝްހޫރު ވާން ބޭނުމިއްޔާ ތިޔަ ގޮތަށް ފޮރުވިގެން ހުރެގެން މަޝްހޫރު ވާނީ ކިހިނެއް؟ ތިޔަހާ މޮޅެތި ކަންތައްތައް ކުރެވޭ ކަމަށްވަންޏާ ނިކަން އެކަންތައް ދުނިޔެއަށް ދައްކާލަބަލަ!“