Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 7:48 - ކިތާބުލް މުޤައްދަސާ

48 އެއްވެސް ފަރީސީޔަކު ނުވަތަ ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން މީހަކު އޭނާ ގަބޫލު ކޮށް އީމާންވެއްޖެތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 7:48
12 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


ޕިލާތުސް އެތާ އެއްވެ ތިބި ބޮޑު އިމާމުންނަށާއި ބަނީއިސްރާއީލުގެ ވެރިންނަށާއި އާންމުންނަށް ގޮވާ އެމީހުންނަށް ބުންޏެވެ. ”⁠މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަލޭމެން އަހަރެންގެ ގާތަށް ގެނައި މިމީހާއާއި މެދު އަހަރެން ވަރަށް ރަނގަޅަށް ހޯދާ ބަލައިފިން. ނަމަވެސް އަހަރެންނަށް ފެންނަ ގޮތުގައި ކަލޭމެން ތިޔަ ކުރާ ހުރިހާ ތުހުމަތުތަކުން އެންމެ ތުހުމަތެއް ވެސް ތެދު އެއްޗަކަށް ނުވޭ.


އީސާގެފާނުގެ ބަސްފުޅުތަކާއި އެތައް ބަޔަކު ދެކޮޅުވެ އީމާން ނުވިނަމަވެސް އެކަލޭގެފާނަށް އީމާންވި އެތައް ބަޔަކު ވެސް ތިއްބެވެ. ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން ބަޔަކު ވެސް އީސާގެފާނަށް އީމާންވިއެވެ. އެކަމަކު އެއްވެސް މީހަކު އެކަން ފާޅެއް ނުކުރެއެވެ. އެއީ އެމީހުން ފަރީސީން ދެކެ ގަންނަ ބިރަށެވެ. ފަރީސީން އަންގާފައި ވަނީ އީސާގެފާނަށް އެކަކު ވެސް އީމާންވެއްޖެނަމަ އެމީހަކު ބަނީއިސްރާއީލުގެ ދީނީ މަރުކަޒުތަކުން ބޭރު ކުރާނެ ކަމަށެވެ.


ނިކޮދޭމު އޭ ކިޔުނު ފަރީސީ މަޒުހަބުގެ މީހަކު އުޅުނެވެ. އޭނާ އަކީ ބަނީއިސްރާއީލުގެ މަތީ ވެރިއެއް ވެސް މެއެވެ.


އެކަމަކު ނިކަން ބަލާލަ. އޭނާ އެ ކިޔަވައިދެނީ އެންމެންނަށް ފެންނަ ފަދައިން ހާމަކަން މަތީގަ. ނަމަވެސް އެއްވެސް މީހަކު އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރޭ. ފަހަރެއްގައި އަހަރެމެންގެ ވެރިން އޭނާއަކީ ޙަޤީޤަތުގައި ވެސް އަލްމަސީޙު ކަމުގައި ގަބޫލު ކުރީ ކަމަށް ވެސް ވެދާނެ އެއްނު.


ނުވެއެއްނު! ތިޔަ މީހުންތަކަކީ މާތްރަސްކަލާނގެ ބާވައިލެއްވި ޤާނޫނުތައް ނޭނގޭ ޖާހިލުން. އެމީހުންނަށް ވަނީ ލަޢުނަތް ލެއްވިގެން.⁠“


އެކަމަކު ނިކޮދޭމު އަކީ އެމީހުންގެ ޖަމާޢަތުގެ ތެރޭގައި ހިމެނޭ މީހެކެވެ. މިމީހާ އަކީ މީގެ ކުރީގައި ވެސް އީސާގެފާނާ ބައްދަލު ކޮށްފައިވާ މީހެކެވެ. އޭނާ ބުންޏެވެ.


މާތްރަސްކަލާނގެ ބަސްފުޅު ފެތުރެމުން ދިޔައެވެ. އެތައް އެތައް ބަޔަކު މާތްރަސްކަލާނގެ ބަސްފުޅުތައް އަހާ އެމަގުން އުޅެމުން ގެންދިޔައެވެ. ޖެރޫސަލަމުގައި ވެސް އެބަސްފުޅުތައް ފެތުރެމުން ދިޔައެވެ. އަދި އިމާމުންގެ ތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާތްސާހިބާ އީސާގެފާނުގެ ބަސްފުޅުތައް ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެން ފެށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ