44 އޭގެތެރެއިން ބައެއް މީހުން އެކަލޭގެފާނު ހައްޔަރު ކުރުމަށް އުޅުނެވެ. ނަމަވެސް އޭގެތެރެއިން އެކަކު ވެސް އެކަމެއް ނުކުރިއެވެ.
މި ފަރީސީން އެތަނުން ގޮސް އީސާގެފާނު އަވަހާރަކޮށްލާނޭ ގޮތާމެދު މަޝްވަރާކުރިއެވެ.
އީސާގެފާނު މިހެން ވިދާޅުވުމާއި އެކު އެތާނގައި ތިބި މީސްތަކުން އެކަލޭގެފާނު ހިފައި ހައްޔަރުކުރުމަށް އުޅެގަތެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގައިކޮޅަކު އަތެއް ނުލެވުނެވެ. އެއީ އަދި އެކަމުގެ ވަގުތު ނުޖެހޭތީއެވެ.
އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަމުން ގެންދެވީ ބައިތުލް މަޤްދިސްގެ ސަދަޤާތް ނަގާ ބައިގައި ހުންނަވައިގެންނެވެ. ނަމަވެސް އެއްވެސް މީހަކު އެކަލޭގެފާނު ހައްޔަރެއް ނުކުރިއެވެ. އެއީ އަދި އެކަލޭގެފާނުގެ ވަގުތު ނުޖެހޭތީއެވެ.
ތިމަންކަލޭގެފާނު މި ވަނީ ކަލެއާއި އެކުގަ. އެއްވެސް މީހަކަށް ކަލެއަކަށް ގެއްލުމެއް ނުދެވޭނެ. އެއީ ތިމަންކަލޭގެފާނުގެ މީހުން ކަމުގައިވާނެ އެތައް ބަޔަކު ވެސް މި ރަށުގައި ވޭ.“
މީގެ އަނެއް ރޭ މާތްސާހިބާ އީސާގެފާނު ޕައުލްގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ޕައުލް ބިރުނުގަނޭ. ހިތްވަރު ކުރޭ. ކަލޭ ޖެރޫސަލަމުގައި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދީ ތިޔަ ހެދި ފަދައިން ރޯމުގައި ވެސް ކަން ކުރުމަށް ތިމަންކަލޭގެފާނު ބާރުދެއްވާނަން.“