40 އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނުގެ މި ބަސްފުޅުތައް އިވުމުން ބުންޏެވެ. ”ހަމަކަށަވަރުން ވެސް ޚާއްސަކުރައްވައި ފޮނުއްވޭނެ ރަސޫލާ ދުނިޔެއަށް ވަޑައިގެންފި.“
އެއްވެފައިވާ މީސްތަކުން ޖަވާބު ދިނެވެ. ”މިއީ ގަލީލީގެ ނާޒަރަތުން ވަޑައިގެންނެވި ނަބިއްޔާ އީސާގެފާނު.“
ދެން އެމީހުން ބުންޏެވެ. ”އެހެންވީއިރު ކަލޭގެފާނު ތީ ކޮންބޭކަލެއްތޯ؟ ތިޔައީ ނަބީ އިލްޔާސްގެފާނު ތޯ؟“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ނޫން އަހަރެން މިއީ އިލްޔާސްގެފާނެއް ވެސް ނޫން.“ ”ވީއިރު ތިޔައީ ފޮނުއްވޭނެ ޚާއްސަ ރަސޫލާތޯ؟“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”ނޫން އެހެންނެއް ވެސް ނޫން.“
އެއަންހެންމީހާ ބުންޏެވެ. ”ސާހިބާ ތިޔައީ ރަސޫލުބޭކަލެއް ކަން އަޅުގަނޑަށް އެނގިއްޖެ.
އެތާނގައި ތިބި މީސްތަކުންނަށް އީސާގެފާނު މި ދެއްކެވި މުޢުޖިޒާތް ފެނުމުން އެމީހުން ބުންޏެވެ. ”ހަމަ ކަށަވަރުން ވެސް މިއީ ދުނިޔެއަށް ފޮނުއްވާނެ ރަސޫލާ ކަން ޔަޤީން.“
އެތަނަށް އެއްވެފައިތިބި މީސްތަކުންގެ މެދުގައި އީސާގެފާނާއި ބޭހޭގޮތުން ތަފާތު ވާހަކަތައް ސިއްރު ސިއްރުން ދެކެވެމުން ދިޔައެވެ. އެއްބަޔަކު ބުންޏެވެ. ”އެކަލޭގެފާނަކީ ވަރަށް ރަނގަޅު މާތް ބޭކަލެއް.“ އަދި އަނެއްބަޔަކު ބުންޏެވެ. ”ކޮންތާނކު، އޭނާއަކީ މީހުން މަގުފުރައްދަން އުޅޭ މީހެއް.“