Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 7:4 - ކިތާބުލް މުޤައްދަސާ

4 ކަލޭ ތިހާ މަޝްހޫރު ވާން ބޭނުމިއްޔާ ތިޔަ ގޮތަށް ފޮރުވިގެން ހުރެގެން މަޝްހޫރު ވާނީ ކިހިނެއް؟ ތިޔަހާ މޮޅެތި ކަންތައްތައް ކުރެވޭ ކަމަށްވަންޏާ ނިކަން އެކަންތައް ދުނިޔެއަށް ދައްކާލަބަލަ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 7:4
12 ပူးပေါင်းရင်းမြစ်များ  

އެމީހުން ހެޔޮ އަމަލުތައް ކުރާނީ މީހުންނަށް ދެއްކުމުގެ ގޮތުން. އެމީހުން ނިތްކުރީގައި އަޅައިގެން އުޅޭ ބާވައިލެއްވި ފަތްފުށްތަކުގެ އާޔަތްތައް އަޅާ ފޮށިތައް ބޮޑުކުރޭ. އަދި އެމީހުންގެ ހެދުންތަކުގެ އަތްދުއްލީ ވާނީ ވީހާވެސް ބޮޑަށް ދިގުކޮށްފައެވެ. އެއީ މީހުންނަށް ދެއްކުމުގެ ނިޔަތުގައެވެ.


އިބިލީސް އެކަލޭގެފާނަށް ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މިތަނުން ފުންމާލައްވާ. އެއީ މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠އެކަލާނގެ މަލާއިކަތުންނަށް ކަލޭގެފާނާ މެދު އަންގަވާނެޔޭ⁠‘ އަދި ’⁠އެމަލާއިކަތުން ކަލޭގެފާނު ހިލަތަކުގެ މައްޗަށް ވެއްޓުނަ ނުދެއްވާ އެބޭކަލުންގެ އަތްޕުޅުތަކުގެ މައްޗަށް އުފުއްލައްވާނެއޭ.⁠‘⁠“


”⁠ތިޔަބައިމީހުން ރޯދަޔަށް ތިބޭ ހިނދު މުނާފިޤުން ފަދައިން މޫނުމަތިން މަޑުމޮޅިގޮތް ދައްކައި ނުހަދާ. އެފަދަ މުނާފިޤުން ތިބީ ރޯދައަށްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން އެބައިމީހުންގެ މޫނުތަކުން ހިތާމަވެރިގޮތް ދައްކުވާ. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.


”⁠ތިޔަބައިމީހުން ދުޢާ ދަންނަވާ ހިނދު މުނާފިޤުން ފަދައިން ނުވޭ. އެބައިމީހުން ލޯބިކުރާނީ ދީނީ މަރުކަޒުތަކުގައްޔާއި އަދި މަގުމަތީގައި ވާ ހަތަރު އަނގޮޅިތަކުގެ ކަން މަތީގައި ކޮއްޅަށް ތިބެ ދުޢާ ކުރަން. އެބައިމީހުން މިފަދައިން އަމަލު ކުރަނީ ބޭރުފުށުން އެބައިމީހުންގެ އަމަލުތަކަކީ ރަނގަޅު އަމަލުތަކެއް ކަމުގައި ދެއްކުމަށް. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.


ރަނގަޅު މީހުންގެ ހިތްތައް ރަނގަޅު ޚިޔާލުތަކުން ފުރިފައި ވާތީ އެމީހުން ރަނގަޅު އަމަލުތައް ކުރޭ. ނުބައިމީހުންގެ ހިތްތައް ނުބައި ޚިޔާލުތަކުން ފުރިފައި ވާތީ އެބައިމީހުން ނުބައި އަމަލުތައް ކުރޭ. ދުލުން ފާޅު ކުރެވެނީ ހިތުގެ އަޑީގައި އުފެދިގެން ނުކުންނަ ބަސްތައް.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކިޔަވައިދިން ހުރިހާ އެއްޗެއް އަހަރެން ކިޔަވައިދިނީ ހާމަ ކަން މަތީ އެންމެންނަށް ވެސް ފެންނަގޮތަށް ދީނީ މަރުކަޒުތަކުގައި އާއި އަދި ބައިތުލް މަޤްދިސްގައި. އަހަރެން އެއްވެސް ކަމެއް ސިއްރަކުން ނުކުރަން.


އެހެންވެ އީސާގެފާނުގެ ކޮއްކޮއިން އެކަލޭގެފާނާ ދިމާއަށް މިހެން ބުންޏެވެ. ”⁠ކަލޭ ދާންވީނު ޖުދެއާކަރަޔަށް؟ އޭރުން ކަލޭ ގަބޫލުކޮށް އީމާންވާ ބަޔަކަށް ކަލޭ ތިޔަ ދައްކާ މުޢުޖިޒާތްތައް ފެންނާނެއެއްނު.


އޭރަކު ޚުދު އީސާގެފާނުގެ އެއްބަނޑު ކޮއްކޮމެން ވެސް އެކަލޭގެފާނަކަށް އީމާނެއް ނުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ