ޔޫޙަންނާ 7:39 - ކިތާބުލް މުޤައްދަސާ39 އީސާގެފާނު އުތުރި އަރަމުން ދާ ދިރުން ލިބޭ ފެން އާރެކޭ ވިދާޅުވެ އެ އިޝާރާތް ކުރެއްވީ މާތްރަސްކަލާނގެ މާތްރޫޙުފުޅަށެވެ. ނަމަވެސް އޭރު އެއްވެސް މީހަކަށް އަދި މާތްރޫޙުފުޅެއް ނުދެއްވެއެވެ. އޭރު އަދި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުގެ މަޤާމު ފުޅަށް އިސްވެ ވަޑައެއް ނުގަންނަވައެވެ. အခန်းကိုကြည့်ပါ။ |
އެފަދައިން ހީކުރި މީހުންނަށް ޔަޙުޔާގެފާނު މިޖަވާބު ދެއްވިއެވެ. ”އަހަރެން މީ ކަލޭމެން ތިޔަ އިންތިޒާރު ކޮށްގެން ތިބި ކަލޭގެފާނެއް ނޫން. އަހަރެން ކަލޭމެން ހިނައިގަތުމަށް މިބުނަނީ ފެނުން. ނަމަވެސް އަހަންނަށް ވުރެ މާ މަތިވެރި ވެގެންވާ ބޭކަލަކު އެބަ ވަޑައިގަންނަވާ. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅުގެ ދަށުގައި ވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެންގެ ތެރެއިން ތައުބާވީ މީހުންގެ ހިތްތައް ސާފުކޮށް ހިނަވާނީ މާތްރޫޙުފުޅުން. އަދި އެކަލޭގެފާނު ތައުބާ ނުވާ މީހުންގެ ހިތްތައް ނިވުމެއް ނުވާ އަލިފާނަށް އެއްލާ ލައްވާނެ.
މިތަން ދެކެފައި އެތާނގައި ތިބި ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ. ”ކައުއިތުރު ނަބީ ބޭކަލަކު އަހަރެމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި! މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކައި މި ދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާ ރަޙުމަތްލައްވަވަން ފައްޓަވައިފި!“
އަހަރެންނަށް ވެސް އެކަލޭގެފާނު ކުރިއަކު ނޭނގޭ. ނަމަވެސް އަހަރެން މީސްތަކުން ފެނުން ތައުބާގެ ހިނެވުން ހިނަވަން ފޮނުއްވި ހިނދު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި. ’މާތްރޫޙުފުޅު މީހެއްގެ ކައިރިއަށް ވަޑައިގެން އެމީހެއްގެ މަތީގައި ވާތަން ކަލެއަށް ފެންނަ ހިނދު އެމީހަކީ ތިމަންކަލާނގެ ފޮނުއްވި ޚާއްސަ ބޭކަލަކު ކަމާއި އަދި އެބޭކަލަކީ މީސްތަކުން މާތްރޫޙުފުޅުން ހިނެވޭ، ތައުބާގެ ހިނެވުމުން، ހިނަވާނެ ކަލޭގެފާނު ކަން ދެނެގަންނާތި.‘
އޭނާ އެމީހުން ކުރެން ސުވާލު ކުރިއެވެ. ”ތިޔަބައިމީހުން އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނަށް އީމާންވީ ވަގުތު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވުނު ތަ؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”ނޫނޭ. ތިޔަ ދައްކަނީ ކޮން ވާހަކައެއް ކަމެއް ވެސް އަހަރެމެންނަކަށް ނޭނގެއޭ. މާތްރަސްކަލާނގެ މާތްރޫޙުފުޅާ ބެހޭ ގޮތުން އަހަރެމެންނަކަށް އެއްވެސް އެއްޗެއް ނޭނގެއޭ.“
އެކަލާނގެ ނަބީ ޔޮއެލްއަށް ވަޙީ ކުރެއްވި: ’ތިމަންކަލާނގެ އިންސާނުންނަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފޮނުއްވާނީ ފަހު ޒަމާނުގެ ދުވަސްވަރު އޭ. އޭރުން ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިން ތިމަންކަލާނގެ އެމީހުންނަށް އަންގަވާ ވަޙީ ބަސްފުޅުތައް ހާމަކޮށްދޭނޭ. ކަލޭމެންގެ ތެރެއިން ޒުވާން ފިރިހެނުން ތިމަންކަލާނގެ ދައްކަވާ އަލާމާތްތައް ދެކޭނޭ. އަދި ކަލޭމެންގެ ތެރެއިން ދުވަސްވީ ފިރިހެނުންނަށް ތިމަންކަލާނގެ ދައްކަވާ ހުވަފެންތައް ފެންނާނޭ.
މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.
އަހަރެމެންގެ ކާބަފައިން އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު އަޅުކަން ކުރާ މަތިވެރިކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އެކަލާނގެ އެންގެވި ފަދައިން ކަންކޮށް ޚިދުމަތް ކުރެއްވި އީސާގެފާނުގެ ނަންފުޅު މަތިވެރި ކުރައްވައިފި. މި އީސާގެފާނަކީ ކަލޭމެން އެކަލޭގެފާނާއި ދެކޮޅުވެ ޕިލާތުސްގެ ކައިރިއަށް ގެންދިޔަ އީސާގެފާނު. ޕިލާތުސްއަށް އެކަލޭގެފާނުގެ ކިބައިން އެއްވެސް ކުށެއް ނުފެނުމުން އެކަލޭގެފާނު ދޫކޮށްލުމަށް ނިންމި. ނަމަވެސް ކަލޭމެން އެދުނީ މި މާތް ރަނގަޅު ޞާލިޙު ކަލޭގެފާނުގެ ބަދަލުގައި އެތައް ބަޔަކު މަރާފައިވާ ނުބައި ކުށްވެރިއަކު ދޫކޮށްލުމަށް.