38 އަހަރެންނަށް އީމާންވާ ކޮންމެ މީހެއްގެ ހިތުގައި ވެސް، މާތްރަސްކަލާނގެ ވަޙީ ބަސްފުޅުގައި ލިޔެވިގެންވާ ފަދައިން، ދިރުން ލިބޭ ފެން އާރުތައް ވެސް އުތުރި އަރާނެ.“
ހެޔޮމީހާގެ ބަހަކީ ދިރުންދޭ ފައްވާރާއެކެވެ. ނުބައިމީހާގެ ބަސްތަކުގައި ފޮރުވިފައި ވަނީ ގެއްލުމާއި ހަލާކެވެ.
ބުއްދިވެރި ބަސްތަކަކީ ފުން ކަނޑެކެވެ. ޙިކުމަތްތެރި ބަސްތަކަކީ ކޯރެއްގެ ފެންހާ ތާޒާ އެއްޗެކެވެ.
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ކަލެއަށް މާތްރަސްކަލާނގެ ދެއްވާނެ މަތިވެރި ހަދިޔާ އަކީ ކޮބައިކަން ކަލެއަށް އެނގޭނަމަ، އަދި ކަލޭގެ ކިބައިން ފެންފޮދަކަށް މިއެދެނީ ކާކުކަން ކަލެއަށް އެނގޭ ނަމަ، ކަލޭ އަހަރެންގެ ކިބައިން ފެނަށް އެދޭނެ. އޭރުން އަހަރެން ކަލެއަށް ދިރިހުރުމުގެ ފެން ދޭނަން.“
އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.“
އެހެނީ، މިފަދަ އަލިކަމެއް އުފެއްދޭނީ ތިޔަބައިމީހުންގެ ކިބައިގައި ހެޔޮކަމާއި، ސާލިޙުވަންތަކަމުގެ އިތުރުން ތެދުވެރިކަން ވެސް އެވެ.