Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 7:36 - ކިތާބުލް މުޤައްދަސާ

36 އޭނާ އެބުނަނީ ’⁠ކަލޭމެން ކިތަންމެ ވަރަކަށް ހޯދިޔަސް ތިމަން ނުފެންނާނެޔޭ⁠‘ އަދި ’⁠ތިމަން މި ދާން އުޅޭތަނަކަށް ކަލޭމެންނަކަށް ނުދެވޭނެޔޭ⁠‘ އެއީ ކީކޭތަ އޭނާ އެބުނަނީ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 7:36
11 ပူးပေါင်းရင်းမြစ်များ  

އެއްވެފައި ތިބި މީސްތަކުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްތަކުގައި އެކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާ ފަރާތް ކަމުގައިވާ އަލްމަސީޙު އަބަދުގެ އަބަދަށް ދިރިހުންނަވާނެ ކަމުގައި ލިޔެވިގެންވޭ. ވީއިރު ތިޔަ ބުނަނީ ކޮން އިންސާނާގެ ދަރިކަލުންނެއް މަރުވާނެ ވާހަކަތަ؟ ތިޔަ ބުނާ އިންސާނާގެ ދަރިކަލުންނަކީ ކާކުތަ؟⁠“


ހަމަ އަހަރެން ބަނީއިސްރާއީލުގެ ވެރިންނަށް ބުނާ ފަދައިން ކަލޭމެންނަށް ވެސް ބުނަން، މަގޭ ދަރިންނޭ! އަހަރެން ދެން މާކަ ގިނަވަގުތަކު ކަލޭމެންނާއި އެއްކަކު ނުވާނެ. ކަލޭމެން އަހަރެން ހޯދާނެ ވެސްމެ. އެކަމަކު އަހަންނެއް ނުފެންނާނެ އަދި އަހަރެން މި ދާތަނަކަށް ކަލޭމެންނަކަށް ނުވެސް އާދެވޭނެ.


ތިޔަ ވިދާޅުވީ ކީކޭތޯ ނިކޮދޭމު ހައިރާންވެފައި ދެންނެވިއެވެ. ”⁠ކިހިނެއްތަ ވިހާބޮޑުވެފައި ހުރި މީހަކު އަލުން އުފަން ވުމަށް އޭނާގެ މަންމަގެ ބަނޑުތެރެއަށް ވަދެވޭނީ؟⁠“


”⁠ތިޔަ ކަންތައްތައް ތިހެން ވާނީ ކިހިނެއް؟⁠“ ނިކޮދޭމު އީސާގެފާނަށް ދެންނެވިއެވެ.


ބަނީއިސްރާއީލު މީހުން އީސާގެފާނާއި މެދު ޝަކުވާ ކުރަން ފެށިއެވެ. އެއީ ”⁠ތިމަންކަލޭގެފާނަކީ ސުވަރުގޭން ފޮނުއްވި ކާނާ⁠“ އޭ އެކަލޭގެފާނު ވިދާޅުވީތީއެވެ.


މިބަސްތަކުގެ ސަބަބުން އެއްވެ ތިބި މީހުންގެ ރުޅި ގަދަވެގެން ޒުވާބު ކުރަން ފެށިއެވެ. އެމީހުން ބުންޏެވެ. ”⁠މި މީހާއަށް އޭނާގެ ހަށިގަނޑު އަހަރެމެންނަށް ކާންދެވޭނީ ކިހިނެއް؟⁠“


އީސާގެފާނުގެ ގިނަ އަސްޙާބީން މިބަސްތަކުގެ އަޑުއަހާފައި ބުންޏެވެ. ”⁠މިއަކީ ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ނޫން. ކާކަށް މިވާހަކަ ބަލައިގަނެވޭނީ؟⁠“


ކަލޭމެން އަހަރެން ހޯދާނެ. ވިޔަސް ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެ. އަދި އަހަރެން މިދާތާނކަށް ކަލޭމެންނަކަށް ނުވެސް ދެވޭނެ.⁠“


ދެން އަނެއްކާވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭމެން ދޫކޮށްލާފަ ދާނަން. އޭރުން ކަލޭމެން އަހަރެން ހޯދާނެ. ނަމަވެސް ކަލޭމެން މަރުވެދާނީ ކަލޭމެންގެ ފާފަތައް ނުފުއްސެވި. އަހަރެން މިދާތާނކަށް ކަލޭމެންނަކަށް ނުދެވޭނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ