Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 7:30 - ކިތާބުލް މުޤައްދަސާ

30 އީސާގެފާނު މިހެން ވިދާޅުވުމާއި އެކު އެތާނގައި ތިބި މީސްތަކުން އެކަލޭގެފާނު ހިފައި ހައްޔަރުކުރުމަށް އުޅެގަތެވެ. ނަމަވެސް އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގައިކޮޅަކު އަތެއް ނުލެވުނެވެ. އެއީ އަދި އެކަމުގެ ވަގުތު ނުޖެހޭތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 7:30
22 ပူးပေါင်းရင်းမြစ်များ  

މި ފަރީސީން އެތަނުން ގޮސް އީސާގެފާނު އަވަހާރަކޮށްލާނޭ ގޮތާމެދު މަޝްވަރާކުރިއެވެ.


އެހެންވެ އެކަލޭގެފާނު ހައްޔަރު ކުރެވޭނޭ ގޮތަކާއިމެދު އެބައިމީހުން ބަލަމުން ދިޔައެވެ. އެކަމަކު އާންމުން ދެކެ އެމީހުން ވަނީ ބިރުގެންފައެވެ. އެއީ އާންމުން އީސާގެފާނަކީ ނަބިއްޔެއް ކަމަށް ދެކޭތީއެވެ.


ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް މި ޚަބަރު އިވި އެބައިމީހުން އީސާގެފާނު އަވަހާރަ ކޮށްލާނެ ގޮތެއް ހޯދަމުން ގެންދިޔައެވެ. އެބައިމީހުން އެކަލޭގެފާނުދެކެ ބިރުގަނެއެވެ. ސަބަބަކީ އެކަލޭގެފާނުގެ އުނގަންވައި ދެއްވުމާއިމެދު އެއްމެހައި މީސްތަކުން އަޖައިބު ކުރުވާތީއެވެ.


ދެން ދީނުގެ ދަންނަބޭކަލުންނާއި ބޮޑު އިމާމުން އެކަލޭގެފާނު ވަގުތުން ހައްޔަރު ކުރެވޭނެ ގޮތެއް ވޭތޯ ބެލިއެވެ. އެއީ އެކަލޭގެފާނު އެ ވިދާޅުވި މާނަފުން ވާހަކައަކީ އެމީހުންނާއި ބެހޭގޮތުން ވިދާޅުވި ވާހަކައެއް ކަން އެމީހުންނަށް އެނގުމުންނެވެ. ނަމަވެސް މީހުންނަށް ބިރުން އެމީހުންނަކަށް އެކަލޭގެފާނު ހައްޔަރު ކުރާކަށް ނުކެރުނެވެ.


މިއޮތް ހުރިހާ ދުވަހު ކަލޭމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އަހަރެން ވީމު. އޭރު ކަލޭމެން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ މިއީ ކަލޭމެންގެ ގަޑި. މިއީ އަނދިރިކަން ވެރިކަން ކުރާ ވަގުތު.⁠“


އަނެއްކާވެސް ބަނީއިސްރާއީލު މީހުން އީސާގެފާނުގެ އަވަހާރަކޮށްލުމުގެ ގަސްތުގައި ހިލަބުރިތައް ނެގިއެވެ.


ދެން އަނެއްކާވެސް އެމީހުން ގަސްތުކުރީ އީސާގެފާނު ހައްޔަރު ކުރުމަށެވެ. ނަމަވެސް އެކަލޭގެފާނު އެމީހުންގެ އަތްދަށުން ދެމިވަޑައިގެން އެތަނުން ވަޑައިގެންފިއެވެ.


ބޮޑުއިމާމުންނާއި ފަރީސީން އެންމެންނަށް ވެސް އަންގާފައި ވަނީ އީސާގެފާނު ފެނުނު ކޮންމެ މީހަކުމެ އަވަހަށް އެކަން އެމީހުންނަށް އެންގުމަށެވެ. އެއީ އެމީހުން ގަސްތުކުރީ އެކަލޭގެފާނު ފެނުމާއި އެކު ހައްޔަރުކުރުމަށެވެ.


މާތްރަސްކަލާނގެ އެންގެވި އަމުރުފުޅުތައް މޫސާގެފާނު ކަލޭމެންނަށް އެންގެވި. ނަމަވެސް ކަލޭމެންގެ ތެރޭން އެކަކު ވެސް އެ އަމުރުފުޅުތަކަކަށް ކިޔަމަނެއް ނުވޭ. އަދި ކޮބާ! ކަލޭމެން ތިޔަ އުޅެނީ އަހަރެން މަރާލަން.⁠“


ދެން މީސްތަކުންގެ މެދުގައި ސިއްރިއްޔާތުގައި މިފަދަ ވާހަކަތައް ދެކެވޭކަން ފަރީސީންނަށް އެނގުމުން އެމީހުން ބޮޑު އިމާމުންނާއި އެއްބައިވެ ބައިތުލް މަޤްދިސްގެ ސިފައިން އީސާގެފާނު ހައްޔަރު ކުރުމަށް ފޮނުވިއެވެ.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން ދާންވީ ވަގުތު އަދިއެއް ނުޖެހޭ. ކަލޭމެން ބޭނުން އިރަކު ކަލޭމެންނަށް ކަންތައް ކުރެވިދާނެ.


އެހެންވީމާ ކަލޭމެން ތިޔަ ޢީދު ފާހަގަ ކުރަން ދޭ. އަހަރެން ތިޔަ ޢީދު ފާހަގަ ކުރަން ދާންވީ ވަގުތެއް އަދި ނުޖެހޭ.⁠“


އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ މީސްތަކުންނަށް ކިޔަވައި ދެއްވަމުން ގެންދެވީ ބައިތުލް މަޤްދިސްގެ ސަދަޤާތް ނަގާ ބައިގައި ހުންނަވައިގެންނެވެ. ނަމަވެސް އެއްވެސް މީހަކު އެކަލޭގެފާނު ހައްޔަރެއް ނުކުރިއެވެ. އެއީ އަދި އެކަލޭގެފާނުގެ ވަގުތު ނުޖެހޭތީއެވެ.


ކަލޭމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންކަން އަހަރެންނަށް ވެސް އެނގޭ. އެހެންނަމަވެސް ކަލޭމެން އަހަރެން މަރާލަން ތިއުޅެނީ އަހަރެންގެ ބަސްތައް އަހައި އެ ގޮތަށް ކަންކުރަން ނޭދޭތީ.


އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.


ދުވާލު ވަގުތު އެކަމެއް ކުރަން އެފަރާތަކުން އަހަރެން ފޮނުއްވި ކަންތައް އަހަރެމެން ކޮށް ނިންމަން ޖެހޭނެ. ރޭގަނޑުއެބަ އާދޭ. އޭރަކުން އެކަކަށް ވެސް އެކަންތަކެއް ނުކުރެވޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ