ޔޫޙަންނާ 7:29 - ކިތާބުލް މުޤައްދަސާ29 އެކަމަކު އަހަރެންނަށް އެފަރާތަކީ ކޮބައިކަން އެނގޭ. އެހެނީ އަހަރެން އައީ އެފަރާތުން. އަހަރެން ފޮނުވުނީ އެފަރާތުން.“ အခန်းကိုကြည့်ပါ။ |
އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.
ނަމަވެސް ޙަޤީޤަތުގައި ކަލޭމެންނަކަށް މާތްރަސްކަލާނގެއަކީ ކޮބައިކަމެއް ނޭނގޭ. މާތްރަސްކަލާނގެ އަކީ ކޮބައިކަން އަހަރެންނަށް އެނގޭ. މާތްރަސްކަލާނގެއަކީ ކޮބައިކަން ނޭނގެއޭ އަހަރެން ބުނެފިނަމަ އަހަރެން ވެސް ވާނީ ހަމަ ކަލޭމެން ފަދަ ބޮޑު ދޮގުވެރިއަކަށް. ތެދަކީ އަހަރެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން ރަނގަޅަށް އެނގޭ. އަދި އަހަރެން އެކަލާނގެ ކިބަފުޅަށް ކިޔަމަންވަން.
ދިރުން ދެއްވާ ފަރާތް ކަމުގައިވާ އީސާގެފާނު އަހަރެމެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވިއެވެ. އަދި އަހަރެމެން އެކަލޭގެފާނު ދުށީމެވެ. އެހެންވީމާ އެކަލޭގެފާނާއި ބެހޭ ތެދު ޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން މި ބުނެދެނީ އެކަލޭގެފާނާއި މެދު ހެކިވަނިވި ބައެއްގެ ގޮތުގައި ތިބެއެވެ. އެ ދާއިމީ ޙަޔާތް ލިބެނީ ބައްޕާފުޅުގެ ކިބައިންނެވެ.