Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 7:28 - ކިތާބުލް މުޤައްދަސާ

28 އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ފާޅުގައި އެންމެންނަށް އިވޭނެ ފަދައިން ވިދާޅުވިއެވެ. ”⁠އާނ! ކަލޭމެންނަށް އަހަރެންނަކީ ކާކުކަން އެނގޭ. އަދި އަހަރެން އައީ ކޮންތާނކުންކަން ވެސް އެނގޭ. އެކަމަކު އަހަރެން އައީ އަހަރެން އަމިއްލައަށް އިސްނަގައިގެނެއް ނޫން. އަހަރެން ފޮނުވުނީ ތެދުވެރި ފަރާތަކުން. ކަލޭމެންނަކަށް އެފަރާތެއް ނޭނގޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 7:28
46 ပူးပေါင်းရင်းမြစ်များ  

”⁠އަޅުގަނޑުގެ ބައްޕާފުޅު ވަނީ ހުރިހާ ކަމެއް އަޅުގަނޑާ ހަވާލު ކުރައްވާފައި. ބައްޕާފުޅު ފިޔަވާ އެހެން ފަރާތަކަށް ދަރިކަލުން ނޭނގޭނެ. އަދި ދަރިކަލުން ފިޔަވާ އެހެން މީހަކަށް ބައްޕާފުޅެއް ނޭނގޭނެ. ބައްޕާފުޅަކީ ކޮބައި ކަން އެނގޭނީ ހަމައެކަނި ދަރިކަލުން އެކަން ހާމަކޮށްދިނުމަށް ކަނޑައަޅާ ބަޔަކަށް.


އެމީހުން ގޮސް ތިބީ ނާޒަރަތު ކިޔާ ސަހަރުގައެވެ. އެހެންކަމުން ނަބީބޭކަލުންނަށް މާތްރަސްކަލާނގެ އެންގެވި މިއެންގެވުން އެފަދައިން ހިނގަދިޔައެވެ. ”⁠އެކަލޭގެފާނަށް ނިސްބަތް ކުރެވޭނީ ނާޒަރަތުގެ މީހާ މިނަމުން.⁠“


އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު.


ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”⁠އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.⁠“


ދާއޫދުގެފާނު އުފަންވި ރަށުގައި މިއަދު ތިޔައެންމެހައި މީސްތަކުން ދިންނަވާނޭ ބޭކަލަކު އުފަންވެއްޖެ. އެކަލޭގެފާނީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙު ކަމުގައިވާ މާތްސާހިބާ.


މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވައިފައިވާ ފަދައިން މަރިޔަމްގެފާނާއި ޔޫސުފު ބައިތުލް މަޤްދިސްގައި ކުރަންޖެހޭ ހުރިހާ ކަމަކުން ނިމިގެން އެމީހުންގެ އަމިއްލަ ރަށް ކަމުގައިވާ ގަލީލީ ގެ ނާޒަރަތަށް އެނބުރި ދިޔައެވެ.


އެހެންކަމުން ޔޫސުފު ވެސް ގަލީލީގައި ވާ ނާޒަރަތު އޭ ކިޔުނު ރަށުން ދަތުރުކޮށް ޖުދެއާގެ ރަށެއް ކަމުގައިވާ ބައިތުލަޙަމަށް ދިޔައެވެ. ޔޫސުފުއަށް އެރަށަށް ދާން ޖެހުނު ސަބަބަކީ އޭނާއަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކަށް ވާތީއެވެ. މިރަށަކީ ދާއޫދުގެފާނު ވެސް އުފަންވި ރަށެވެ.


ދެން އީސާގެފާނު އެބައިމީހުންނާއިއެކު އެނބުރި ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.


ނަތާނިއެލް ބުންޏެވެ. ”⁠ނާޒަރަތޭ. ނާޒަރަތުގައި އެއްވެސް ރަނގަޅުކަމެއް ވެދާނެހެން ކަލެއަށް ހީވޭތަ؟⁠“ ފިލިޕު ބުންޏެވެ. ”⁠އަޅެ އަހަންނާއި އެކު އައިސް ކަލޭ ވެސް ބަލާބަލަ.⁠“


އަހަރެން މީ ބައްޕާފުޅު ހޮއްވަވާފައި ދުނިޔެއަށް ފޮނުއްވި މީހެއް. އަހަރެން މީ އެކަލާނގެ ދަރިކަލެކޭ ބުނީމާ އަހަރެން ކުފުރުވާންވީ ކީއްވެ؟


އަހަރެން އަންގާދެނީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫން. އަހަރެން އަންގާދެނީ އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު އެންގެވި ބަސްފުޅުތައް.


ފިލިޕު، ކަލޭ ގަބޫލެއް ނުކުރަންތަ އަހަރެން ވަނީ ބައްޕާފުޅުގެ ކިބައިގައި ކަން، އަދި ބައްޕާފުޅު ވަނީ އަހަރެންގެ ކިބައިގައިކަން؟ އަހަރެން މިކުރާ ކަންތައްތަކާއި ބުނާ ބަސްތަކަކީ އަހަރެންގެ އަމިއްލަ ބަސްތަކާއި ކަންތަކެއް ނޫން. މިއީ އަހަރެންގެ ކިބައިގައިވާ ބައްޕާފުޅު އަހަރެން މެދުވެރިކުރައްވައި ދައްކަވާ ކަންތައްތަކާ އަންގަވާ އެކަލާނގެ ބަސްފުޅުތައް.


އެހެންނޫނަސް އަހަރެން ކަންތައް ކުރާނީ ބައްޕާފުޅުގެ އަންގަވާ ގޮތަކަށް. އޭރުން މި ދުނިޔޭގެ މީސްތަކުންނަށް ވެސް އަހަރެން ބައްޕާފުޅު ދެކެ ލޯބިވާކަން ހާމަވެ އެނގޭނެ. ހިނގާ! މިތަނުން ދާން ހިނގާ!⁠“


އެއީ އެމީހުންނަށް ބައްޕާފުޅެއް ވެސް އަދި އަހަންނެއް ވެސް ނޭނގޭތީ.


މާތް ޞާލިޙުވަންތަ ބައްޕާފުޅު! މި ދުނިޔޭގެ މީސްތަކުންނަކަށް ބައްޕާފުޅެއް ނޭނގޭ. އެކަމަކު އަޅުގަނޑު ބައްޕާފުޅު ދަންނަން. އަދި އަޅުގަނޑަށް އީމާންވެގެންތިބި މީހުންނަށް އަޅުގަނޑު ފޮނުއްވެވީ ބައްޕާފުޅުކަން އެނގޭ.


ނިމުންނުވާ ދިރިހުރުން ލިބުމުގެ މާނައަކީ ހަމައެކަނި މުޠުލަގުވަންތަ ކަލަކީ ކޮބައިކަން އެނގުމާއި އަދި އިނބަރަސްކަލާނގެ ފޮނުއްވި އީސާ އަލްމަސީޙު އަކީ ކޮބައިކަން އެނގި ކަށަވަރު ވުން.


އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“


ނަމަވެސް އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތައް ގަބޫލު ކުރާ މީހަކު އެ ހެކިވަނީ މާތްރަސްކަލާނގެއަކީ ތެދުވެރިވަންތަ ކަލެއް ކަމަށް.


ނަމަވެސް އަހަރެންނާއި މެދު ހެކިދޭނެ ފަރާތެއް އެބަވޭ. އަދި އަހަރެންނާއި މެދު އެކަލާނގެ އެންގެވި ބަސްތަކަކީ ތެދުކަން އަހަރެންނަށް އެނގޭ.


އަހަރެން އައިސް މިހިރީ ސީދާ ބައްޕާފުޅު ފޮނުއްވައިގެން. ވިޔަސް ކަލޭމެން އަހަރެން ބަލައެއް ނުގަތް. އެކަމަކު އެހެން މީހަކު އޭނާގެ އަމިއްލަ ނަމުގައި އައުމުން އެމީހަކަށް އެބަ މަރުހަބާ ކިޔާ.


އެމީހުން ބުންޏެވެ. ”⁠އެހެން ވާނީ ކިހިނެއް؟ މިއީ ޔޫސުފުގެ ދަރި އީސާ. އޭނާގެ މަންމައާއި ބައްޕަވެސް އަހަރެމެން ދަންނަން. ވީއިރު ’⁠ތިމަންނަ މިއީ ސުވަރުގެއިން އައި މީހެކޭ⁠‘ އޭނާއަށް ބުނެވޭނީ ކިހިނެއް؟⁠“


ދެން ޢީދު ފާހަގަ ކުރުމުގެ ކަންތައްތައް މެދަކާ ހަމަޔަށް ގޮސްފައި ވަނިކޮށް އީސާގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެން އެތާނގައި މީސްތަކުންނަށް ކިޔަވާދެއްވަން ފެއްޓެވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާ މެދު މި ބަސްތައް ބުނެ އަހަރެން ހެކިދިން ނަމަވެސް މިއީ ތެދު ބަސްތަކެއް. އެއީ އަހަރެން މިއައީ ކޮންތަނަކުން ކަމާއި އަދި އަހަރެން ދާނީ ކޮންތަނަކަށް ކަން އަހަންނަށް އެނގޭތީ. އެކަމަކު އަހަރެން މިއައި ތަނެއް ވެސް އަދި ދާނެ ތަނެއް ވެސް ކަލޭމެންނަކަށް ނޭނގޭނެ.


އެކަމަކު އަހަރެން މީހުންނާއި މެދު ހިސާބުބަލައި ގޮތެއް ނިންމައިފިނަމަ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެނިންމި ގޮތެއް ވާނީ ރަނގަޅު ގޮތް ކަމުގައި. އެއީ އެފަދައިން ކަމެއް ނިންމާނީ އަހަރެން އެކަންޏަކު ނޫން. އެގޮތަކީ އަހަރެންނާއި އެކު އަހަރެން ފޮނުއްވި ފަރާތް ކަމުގައިވާ ބައްޕާފުޅު ވެސް ހިމެނޭތީ.


އެކަލޭގެފާނު މިހެން ވިދާޅުވުމުން އެމީހުން ބުންޏެވެ. ”⁠ކަލޭގެ ބައްޕައަކީ ކޮބައިތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް އަހަރެން މިއީ ކާކުކަން ނޭނގޭތީ ކަލޭމެންނަކަށް އަހަރެންގެ ބައްޕާފުޅަކީ ކާކުކަމެއް ވެސް ނޭނގޭނެ. އަހަރެން މިއީ ކާކުކަން ކަލޭމެންނަށް އެނގިއްޖެނަމަ އަހަރެންގެ ބައްޕާފުޅަކީ ކޮބައިކަން ވެސް ކަލޭމެންނަށް ސާފުކޮށް އެނގޭނެ.⁠“


ކަލޭމެން ކުށްވެރި ކުރުމަށް ބުނާނެ އެތައް ބަސްތަކެއް އަހަރެންނަށް އެނގޭ. ނަމަވެސް އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅުތަކަކީ ތެދު. އެހެންކަމުން އަހަރެން މިދުނިޔޭގެ މީސްތަކުންނަށް މިބުނެދެނީ ހަމައެކަނި އަހަރެން ފޮނުއްވި ފަރާތުން އަހަރެން އަހާފައިވާ ބަސްފުޅުތައް.⁠“


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އަކީ ޙަޤީޤަގަތުގައި ވެސް ކަލޭމެންގެ ބައްޕަ ނަމަ ކަލޭމެން އަހަރެން ދެކެ ލޯބި ވީސް. އެހެނީ އަހަރެން އައިސް މިހިރީ މާތްރަސްކަލާނގެ ފޮނުއްވީމާ. އަހަރެން މިތަނުގައި މިހިރީއަކީ އަހަރެންގެ އަމިއްލަ ޙައިސިއްޔަތަކުންނެއް ނޫން. އަހަރެން ފޮނުއްވާފައި މިވަނީ މާތްރަސްކަލާނގެ ޙަޟްރަތުން.


މޫސާގެފާނަށް މާތްރަސްކަލާނގެ ކަންތައްތައް އަންގަވައި ބަސްފުޅުތައް ވަޙީ ކުރެއްވިކަން އަހަރެމެންނަށް އެނގޭ. އެކަމަކު މި ކަލޭގެ މިއީ ކޮންތާނކުން އައި ކާކު ކަމެއް ވެސް އަހަރެމެންނަކަށް ނޭނގެ.⁠“


އެއީ އަހަރެން މި ރަށުތެރެ ބަލާލަން ދިޔަ ދިއުމުގައި ތިޔަބައިމީހުން އަޅުކަން ކުރާ ކަލާނގެތަކަށް ޚާއްސަކުރެވިފައިވާ އެތައް މަޤާމުފުޅުތަކެއް އަހަރެން ދެކުނީމޭ. އަދި އޭގެން އެއް މަޤާމުފުޅެއްގައި ’⁠އެކަލާނގެއަކާއި މެދު އަހަރެމެންނަށް ނޭނގޭ ކަލާނގެ⁠‘ މި ފަދައިން ލިޔެވިގެންވާ މަޤާމުފުޅެއް ވެސް އަހަރެން ދެކުނީމޭ. މި ކަލާނގެއަށް ކަލޭމެން މި ހުރިހާ ދުވަހު އަޅުކަން ތި ކުރަނީ އެކަލާނގެއަކީ ކޮބާ ކަން ނޭނގި ތިބެއޭ އަހަރެން މީސްތަކުންނަށް އަންގައިދެމުން މި ދަނީ މި ކަލާނގެއާއި ބެހޭ ގޮތުންނޭ.


މި ގޮތަށް ތެދުވެރިކަމުގައި ދެމިހުރުމުން ނިމުންނުވާ ޙަޔާތް ލިބުމުގެ އިތުބާރު ލިބިދޭނެއެވެ. އެއީ ޒަމާން ފެށުމުގެ ކުރިން އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިންނެވެ. އަދި އެކަލާނގެ ދޮގެއް ނަހައްދަވައެވެ.


އެހެންވީއިރު އެކަލާނގެ ކުރެއްވި ވަޢުދާއި ހުވަޔަކީ ބަދަލުވުމެއް ނުވާ ދެ ކަންތަކެވެ. އެ އިތުބާރާއެކު އަހަރެމެން މިތިބީ މާތްކަލާނގެ ކިބަފުޅުން ސަލާމަތް ކަމަށް އެދި ދުވެފައި އައިއެވެ. މިހިނދު އެކަލާނގެ ކުރެއްވި ވަޢުދުފުޅު ކުރެއްވީ އެ އުންމީދުގައި އަހަރެމެން ބާރަށް ހިފަހައްޓައިގެން ތިބުމަށް ހިތްވަރު ދެއްވުމަށެވެ. އެކަންތައް މިވަނީ އަހަރެމެންގެ ދިމާ ކުރިމަތީގަ ފެންނާށެވެ.


އެހެންކަމުން އެ ހެކިބަސް ވަނީ މާތްކަލާނގެ ދަރިކަލުން ގަބޫލު ކުރާ މީހުންގެ ހިތުގައި ބިންވަޅު ނެގިފައެވެ. އެކަމަކު މާތްކަލާނގެ ގަބޫލު ނުކުރާ މީހުން އެކަލާނގެ ބަސްފުޅު ދޮގު ކުރެއެވެ. އެހެނީ އެމީހުން އެކަލާނގެ ދަރިކަލުންނާ މެދު ވަޙީކުރެއްވި ބަސްފުޅު ގަބޫލެއް ނުކުރެއެވެ.


ޢާލީގެ ދަރިންނަކީ މާތްރަސްކަލާނގެ އަށް ޙުރުމަތެއް ނުބަހައްޓާ ވިޔާނުދާ ބައެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ