Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 7:27 - ކިތާބުލް މުޤައްދަސާ

27 އެކަމަކު އެހެން ވާނީ ކިހިނެއް؟ މި މީހާއަކީ ކޮންތާނކުން އައި މީހެއްކަން އަހަރެމެން އެންމެންނަށް ވެސް ރަނގަޅަށް އެނގޭ. ނަމަވެސް އަލްމަސީޙު ވަޑައިގަންނަވާއިރު އެކަލޭގެފާނު ވަޑައިގަންނަވާނީ ކޮންތާނކުން ކަމެއް އެއްވެސް މީހަކަށް ނޭނގޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 7:27
14 ပူးပေါင်းရင်းမြစ်များ  

މިއީ މަރިޔަމްގެ ދަރި އެ ވަޑާންކުރާ މީހާއެއް ނޫންތަ؟ އަދި މިއީ ޔާމިޒާ، ޔޫސުފާ، ޔަހޫޛާ އާ ސިމްޢާންގެ ބޭބެއެއް ނޫންތަ؟ މީނާގެ އަންހެން ކޮއްކޮމެން ދިރިއުޅެނީ މިރަށުގައެއް ނޫންތަ؟⁠“ އަދި އެމީހުން އެކަލޭގެފާނާމެދު ހިތްހަމަ ނުޖެހި އެކަހެރި ކޮށްލެއްވިއެވެ.


އެކަލޭގެފާނު ވިދާޅުވި މަތިވެރި މިބަސްފުޅުތަކުގެ ސަބަބުން އެމީހުން ހައިރާންވިއެވެ. ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ޔޫސުފުގެ ދަރިފުޅެއް ނޫން ތަ؟ އެފަދަ މަތިވެރި ބޭކަލަކަށް ވުމުގެ ދަޢުވާ ކުރުމުގެ ޙައްޤު އޭނާއަށް ދިނީ ކާކު؟⁠“


އެމީހުން ބުންޏެވެ. ”⁠އެހެން ވާނީ ކިހިނެއް؟ މިއީ ޔޫސުފުގެ ދަރި އީސާ. އޭނާގެ މަންމައާއި ބައްޕަވެސް އަހަރެމެން ދަންނަން. ވީއިރު ’⁠ތިމަންނަ މިއީ ސުވަރުގެއިން އައި މީހެކޭ⁠‘ އޭނާއަށް ބުނެވޭނީ ކިހިނެއް؟⁠“


ބަނީއިސްރާއީލުގެ ވެރިންނަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެމީހުން ބުންޏެވެ. ”⁠މީނާއަށް މިހުރިހާ ކަމެއް އެނގެނީ ކިހިނެއް؟! މީނާއަކީ އަހަރެމެން ކިޔެވި ފަދައިން ދީން ކިޔަވާފައި ހުރި މީހެއް ވެސް ނޫން.⁠“


މޫސާގެފާނަށް މާތްރަސްކަލާނގެ ކަންތައްތައް އަންގަވައި ބަސްފުޅުތައް ވަޙީ ކުރެއްވިކަން އަހަރެމެންނަށް އެނގޭ. އެކަމަކު މި ކަލޭގެ މިއީ ކޮންތާނކުން އައި ކާކު ކަމެއް ވެސް އަހަރެމެންނަކަށް ނޭނގެ.⁠“


އެކަލޭގެފާނު ނިކަމެތިކޮށް ދެރަކޮށްލެވުނެވެ. އަދި އެކަލޭގެފާނާއި ދޭތެރޭ ކަންތައް ކުރެވުނީ ނުޙައްޤުންނެވެ. އެކަލޭގެފާނުގެ ދަރިކޮޅާއި ބެހޭ ގޮތުން ވާހަކަ ދެއްކޭނީ ކާކަށް ހެއްޔެވެ. އެކަލޭގެފާނުގެ ދުނިޔެވީ ޙަޔާތް ދިރިއުޅުން ވަނީ އެކަލޭގެފާނުގެ އަތުން އަތުލާ ގަނެވިފައެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ