24 ބޭރުފުށަށް ބާލާފަ ކަންތަކަށް ފާޑު ނުކިޔާ! ކަމުގެ ދޮގުތެދު ބަލާފަ ފާޑުކިޔާ.“
ކުށްވެރިޔާ ކުށުން ބަރީއަ ކުރުމާއި ކުށެއް ނެތްމީހާ ކުށްވެރި ކުރުމަކީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކެވެ.
މިއީވެސް ބުއްދިވެރި ބަސްތަކެވެ. އަދުލު އިންސާފުގައި ގާތް މީހަކަށް ފަހިވާގޮތަށް ނިޔާކަނޑަނާޅާށެވެ.
އެތާނގައި ތިބި ޖެރޫސަލަމުގައި އުޅޭ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”އެމީހުން މަރާލަން އެ އުޅެނީ މި މީހާދޯ؟
ކަލޭމެން އަހަންނާމެދު ފާޑުކިޔަނީ އިންސާނީ ވިސްނުމަށް ބިނާކޮށް. އެކަމަކު އަހަރެން އެކަކާ މެދަކު ވެސް އެގޮތަކަށް ކަންތަކެއް ނުކުރާނަން.
އަޚުންނާއި އުޚުތުންނޭވެ! ކަލޭމެންނީ ޖަލާލަތުކަން ލިބިވަޑައިގެންވާ މާތްސާހިބާ އީސާ އަލްމަސީޙަށް އީމާންތެރިކަމުގައިވާ ބަޔަކު ކަމުގައިވާ ހިނދު އެއްވެސް މީހަކީ އަނެކާއަށް ވުރެން މުހިންމު މީހެއް ކަމުގައި ނުދެކޭށެވެ.
މިފަދައިން ކަލޭމެން އަމަލު ކޮށް މީސްތަކުންގެ މެދުގައި ތަފާތުކުރާ ކަމުގައިވާނަމަ ކަލޭމެން އެކަންތައް ކުރަނީ ނުބައި މަގުސަދެއްގައި ނޫންހެއްޔެވެ؟
ނަމަވެސް އެކަކަށް ވުރެން ބޮޑަށް އަނެކަކަށް މުހިންމު ކަމެއް ދީގެން ކަލޭމެން ހިތާހިތުމަކީ ކަލޭމެން ފާފަވެރި ވާނެ ކަމެކެވެ. އަދި މާތްރަސްކަލާނގެ ޤާނޫނު މުގުރާލުމުގެ ސަބަބުން ކަލޭމެން ވަނީ ކުށްވެރިވެފައި ވެސްމެއެވެ.