ޔޫޙަންނާ 7:22 - ކިތާބުލް މުޤައްދަސާ22 އެކަމަކު ކަލޭމެން ވެސް ސަބަތުގެ ދުވަހަކު ކުއްޖަކު ޚިތާނު ކުރަން ވެއްޖިއްޔާ އެބަ ކުރޭ. އަދި ޚިތާނު ކުރުމަކީ މޫސާގެފާނުގެ ވެސް ކުރިން އަހަރެމެންގެ ކާބަފައިންގެ ކިބައިން އަހަރެމެންގެ ތެރެއަށް އައިސްފައިވާ ކަމެއް. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީ ދުވަހު އެދަރިކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން.