20 އެތާނގައި ތިބި މީސްތަކުން ބުންޏެވެ. ”ކަލޭ ތިހިރީ ޖިންނި މޮޔަވެފައިތަ؟ ކަލޭ މަރާލަން އުޅެނީ ކާކުތަ؟“
އެހެން ވީމާ ދަރިވަރު އޭނާގެ އެދުރުމީހާއާ އެއްގޮތަށް އުޅެމުން ދިޔައިމާ ފުދޭނެ. އަދި އަޅުމީހާވެސް އޭނާގެ ވެރިމީހާ ފަދައިން އުޅުމުން ފުދޭނެ. މީސްތަކުން ގޭގެ ވެރިޔާއަށް ބަޢަލްޒެބޫލޭ ގޮވާނަމަ އޭނާގެ ގޭގެ ދެން ތިބި މީހުންނަށް އެއަށް ވުރެން ހުތުރު ނަންތަކުން ގޮވައި މުޚާތަބު ކުރާނެ.“
ފަރީސީންނަށް މިޚަބަރު ލިބުމުން އެބައިމީހުން ބުންޏެވެ. ”އޭނާ ޖިންނިތައް ފައްސާލަމުން ގެންދަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.“
ނަމަވެސް ފަރީސީން ބުންޏެވެ. ”އޭނާއަށް ޖިންނިތަކުގެ މައްޗަށް ބާރު ހިންގުން ޖިންނިތަކުގެ ވެރިޔާ ވަނީ ދީފަ.“
އީސާގެފާނު މިފަދައިން ވިދާޅުވި ސަބަބަކީ މީސްތަކުންގެ ތެރެއިން ބަޔަކު އެކަލޭގެފާނާއި މުޚާތަބުކުރައްވާ އެކަލޭގެފާނަށް ނުބައި ރޫޙެއްގެ ބާރު ލިބިވަޑައިގެންފައިވާ ކަމުގައި ބުނުމުންނެވެ.
އޭގެތެރެއިން އެއްބަޔަކު ބުންޏެވެ. ”އޭނާ އެހެރީ ޖިންނި މޮޔަވެފަ. އެކަހަލަ މީހަކު ދައްކާ ވާހަކަ އަހަރެމެން އަޑުއަހަންވީ ކީއްކުރަން؟“
އެވަގުތު އެމީހުން ހަޅޭއްލަވަން ފެށިއެވެ. ”ކަލޭތީ ސަމީރިއްޔާގެ ޖިންނި މޮޔަވެފައި ހުރި މީހެކޭ އަހަރެމެން ބުނި ބަސް އެއީ ތެދެއް ނޫންތަ؟“
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އަހަރެން މިހިރީ އަކީ ނުބައި ރޫޙެއްގެ ބާރުގެ ދަށަކުއެއް ނޫން. އަހަރެން އަހަރެންގެ ބައްޕާފުޅަށް އިޙުތިރާމުކުރަން. ނަމަވެސް ކަލޭމެން އަހަރެންނަކަށް އިޙުތިރާމެއް ނުކުރޭ.
ދެން ބަނީއިސްރާއީލު މީހުން ބުންޏެވެ. ”ކަލޭ ތިހިރީ ޖިންނިމޮޔަވެފައި ކަން މިހާރު އަހަރެމެންނަށް ޔަޤީން. އިބްރާހީމްގެފާނާއި އެހެން ހުރިހާ ރަސޫލުބޭކަލުން ވެސް އަވަހާރަވެދިޔަ. އެކަމަކު ކަލޭ ތިޔަ ބުނަނީ ކަލޭގެ ބަސްތައް ގަބޫލު ކޮށް އެބަސްތަކަށް ކިޔަމަންވާ މީހަކު ދުވަހަކު ވެސް މަރު ނުވާނެ ކަމުގައި.
ދެން އެވަގުތު ގަވަރުނަރު ފެސްތުސް ޕައުލް ގެ ވާހަކަ މެދު ކަނޑާލާ ހަޅޭލަވައިގަތެވެ. އޭނާ ބުންޏެވެ. ”ޕައުލް ކަލޭ ތިހިރީ ބުއްދިގޯސްވެފަ. ކަލޭ ކިޔަވާ ކިޔަވާ ގޮސް ތިހިރީ ސިކުނޑި ހަލާކުވެފަ.“