Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 7:13 - ކިތާބުލް މުޤައްދަސާ

13 ނަމަވެސް އެއްވެސް މީހަކަށް ފާޅުގައި އީސާގެފާނާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރެއެވެ. އެއީ މީސްތަކުން ބަނީއިސްރާއީލުގެ ވެރިން ދެކެ ގަންނަ ބިރުގެ ސަބަބުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 7:13
13 ပူးပေါင်းရင်းမြစ်များ  

މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.


އަރިމާތެއާއިން އައިސް ހުރި ޔޫސުފަކީ ސިއްރިއްޔާތުގައި އީސާގެފާނުގެ އަސްޙާބީއެއްގެ ގޮތުގައި އުޅުނު މީހެކެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. މީނާ ޕިލާތުސްގެ ކިބައިން އީސާގެފާނުގެ ހަށިކޮޅު ނަގައިގެން ގެންދިއުމުގެ ހުއްދައަށް އެދުނެވެ. ޕިލާތުސް އެ ހުއްދަ ދިނުމުން އޭނާ އައިސް އެކަލޭގެފާނުގެ ހަށިކޮޅު ގެންގޮސްފިއެވެ.


އެއީ އެ އާދީއްތަ ދުވަހުގެ ހަވީރު އީސާގެފާނުގެ އަސްޙާބީން އެއްތަންވެ ދޮރުލައްޕައިގެން ތިއްބެވެ. އެއީ ބަނީއިސްރާއީލުންގެ ވެރިން ދެކެ ބިރުންނެވެ. ދެން އީސާގެފާނު ވަޑައިގެން އެމީހުންގެ މެދަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. ”⁠އައްސަލާމް އަލައިކުމް!⁠“


އެއްރެއަކު ނިކޮދޭމު އީސާގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނަކީ އަޅުގަނޑުމެންނަށް މަގު ދެއްކެވުމަށް މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއީ ކަލޭގެފާނާއި އެކު މާތްރަސްކަލާނގެ ވޮޑިގެންވާކަން ތިޔަ ދައްކަވާ މުޢުޖިޒާތްތަކުން ވެސް ހާމަވެ އެނގޭ. އެއީ އެހެން ނޫން ނަމަ އެއްވެސް މީހަކަށް ތިޔަ ފަދަ މުޢުޖިޒާތްތަކެއް ނުދެއްކޭނެ.⁠“


މިއަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށަށް ހިންގަވާފައި ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ. ބަނީ އިސްރާއީލުންގެ ވެރިން އޭރު ބޭނުންވެފައި ތިބީ އެކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ބޭނުންފުޅުވީ މި ވަގުތު ޖުދެއާ ތެރޭން ދަތުރު ނުކުރެއްވުމަށެވެ.


ޢީދު ފާހަގަ ކުރެވެމުން ދިޔަ އިރު ބަނީއިސްރާއީލުގެ ވެރިން އީސާގެފާނު ފެނޭތޯ ބަލައި ހޯދިއެވެ. އަދި އެމީހުން އެކަކު އަނެކަކު ކުރެން އެކަލޭގެފާނު ކޮބައިތޯ އަހާ ސުވާލުކުރަމުން ދިޔައެވެ.


ބަނީއިސްރާއީލުގެ ވެރިންނަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެމީހުން ބުންޏެވެ. ”⁠މީނާއަށް މިހުރިހާ ކަމެއް އެނގެނީ ކިހިނެއް؟! މީނާއަކީ އަހަރެމެން ކިޔެވި ފަދައިން ދީން ކިޔަވާފައި ހުރި މީހެއް ވެސް ނޫން.⁠“


އެމީހުން މިހެން ބުނީ ބަނީއިސްރާއީލުގެ ވެރިން ދެކެ ބިރުންނެވެ. އެއީ އީސާގެފާނަކީ އަލްމަސީޙު ކަމުގައި ބުނާ ކޮންމެ މީހަކުމެ ދީނީ މަރުކަޒުތަކުން ވަކިކޮށް ބޭރުކޮށްލާނެ ކަމުގައި އެމީހުން ވަނީ އަންގާފައެވެ.


ފަރީސީން އެމީހާއަށް ބުންޏެވެ. ”⁠ކަލެއަކީ އުފަންވީ އިރު ވެސް ފާފައިން ފުރިފައި ހުރި މީހެއް. ކަލޭ ތިޔަ އުޅެނީ އަހަރެމެންނަށް ވެސް ކިޔަވައިދޭންތަ؟⁠“ މިހެން ބުނެ އެމީހާ އެ މަރުކަޒުން ނެރެ ބޭރުކޮށްލައިފިއެވެ.


ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދަނީ ކޮން ތަނެއްގައިކަން އަހަރެންނަށް އެނގޭ. އަދި އެއީ އެތަނެއްގައި ޝައިތާނާގެ ތަޚުތު ބެހެއްޓިފައި ހުރި ތަން ވެސްމެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނަށް ތެދުވެރިވީމު. އަދި އަހަރެންގެ ވަފާތެރި ހެކިވެރިޔާ ކަމުގައިވާ އަންތިޕާސް ތިޔަބައިމީހުންގެ ތެރޭގައި އުޅުނު ހިނދު އެތަނެއްގައި ޝައިތާނާ ދިރިއުޅެމުން ގެންދާ ތިޔަބައިމީހުންގެ ސަހަރުގައި އަންތިޕާސް ޝަހީދުކުރެވުނު. އެހެނަސް އަހަރެންނާއިމެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން ދޫކޮށްނުލަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ