Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 7:11 - ކިތާބުލް މުޤައްދަސާ

11 ޢީދު ފާހަގަ ކުރެވެމުން ދިޔަ އިރު ބަނީއިސްރާއީލުގެ ވެރިން އީސާގެފާނު ފެނޭތޯ ބަލައި ހޯދިއެވެ. އަދި އެމީހުން އެކަކު އަނެކަކު ކުރެން އެކަލޭގެފާނު ކޮބައިތޯ އަހާ ސުވާލުކުރަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 7:11
6 ပူးပေါင်းရင်းမြစ်များ  

ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ.


އެމީހުން އީސާގެފާނު ފެނޭތޯ ހޯދައި ބައިތުލް މަޤްދިސްގެ ތެރޭގައި މިވާހަކަ ދައްކަމުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠ކަލޭމެންނަށް ހީވަނީ ކިހިނެއް؟ އޭނާ ފަހަނަޅައި ދިއުމުގެ ޢީދަށް ޖެރޫސަލަމަށް އަންނާނެތަ؟⁠“


މިއަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށަށް ހިންގަވާފައި ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ. ބަނީ އިސްރާއީލުންގެ ވެރިން އޭރު ބޭނުންވެފައި ތިބީ އެކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ބޭނުންފުޅުވީ މި ވަގުތު ޖުދެއާ ތެރޭން ދަތުރު ނުކުރެއްވުމަށެވެ.


ނަމަވެސް އެއްވެސް މީހަކަށް ފާޅުގައި އީސާގެފާނާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރެއެވެ. އެއީ މީސްތަކުން ބަނީއިސްރާއީލުގެ ވެރިން ދެކެ ގަންނަ ބިރުގެ ސަބަބުންނެވެ.


ބަނީއިސްރާއީލުގެ ވެރިންނަށް އެކަލޭގެފާނުގެ ބަސްފުޅުތައް އިވުމުން ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެމީހުން ބުންޏެވެ. ”⁠މީނާއަށް މިހުރިހާ ކަމެއް އެނގެނީ ކިހިނެއް؟! މީނާއަކީ އަހަރެމެން ކިޔެވި ފަދައިން ދީން ކިޔަވާފައި ހުރި މީހެއް ވެސް ނޫން.⁠“


ދެން އެމީހުން ބުންޏެވެ. ”⁠ތިޔަ ބުނާ މީހާ ކޮބައިތަ؟⁠“ އޭގެ ޖަވާބުގައި އޭނާ ބުންޏެވެ. ”⁠އޭނާ ވީތަނެއް މަށަކަށް ނޭނގެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ