Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 7:1 - ކިތާބުލް މުޤައްދަސާ

1 މިއަށް ފަހު އީސާގެފާނު ގަލީލީ ސަރަހައްދުގައި އެއް ރަށުން އަނެއް ރަށަށް ހިންގަވާފައި ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ. ބަނީ އިސްރާއީލުންގެ ވެރިން އޭރު ބޭނުންވެފައި ތިބީ އެކަލޭގެފާނު އަވަހާރަކޮށްލުމަށެވެ. އެހެންކަމުން އެކަލޭގެފާނު ބޭނުންފުޅުވީ މި ވަގުތު ޖުދެއާ ތެރޭން ދަތުރު ނުކުރެއްވުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 7:1
19 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންނާއި މެދުގައި އަވަށަކުން އަނިޔާވެރި ގޮތަކަށް އަމަލުކޮށްފިނަމަ، އަނެއް އަވަށަކަށް އަވަހަށް ދޭ. އަހަރެން މިބުނަނީ ތެދެއް. ބަނީއިސްރާއީލުގެ ހުރިހާ އަވަށަކަށް ތިޔަބައިމީހުން ގޮސް ނުނިމުނީސް އިންސާނާގެ ދަރިކަލުން އަންނާނެ.


ނަމަވެސް ބިމުގެ ވެރިޔާގެ ފިރިހެން ދަރިފުޅު އަންނަތަން އެ ދަނޑުވެރިންނަށް ފެނުމުން އެކަކު އަނެކަކަށް ބުނަމުން ގެންދިޔަ. ’⁠މިއީ މިދަނޑުގެ ވާރުތަވެރިޔާ. އޭނާ މަރާލަމާ ހިނގާށޭ. އޭރުން މި ބިން އަހަރެމެންނަށް މިލްކު ކުރެވޭނޭ!⁠‘


ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް މި ޚަބަރު އިވި އެބައިމީހުން އީސާގެފާނު އަވަހާރަ ކޮށްލާނެ ގޮތެއް ހޯދަމުން ގެންދިޔައެވެ. އެބައިމީހުން އެކަލޭގެފާނުދެކެ ބިރުގަނެއެވެ. ސަބަބަކީ އެކަލޭގެފާނުގެ އުނގަންވައި ދެއްވުމާއިމެދު އެއްމެހައި މީސްތަކުން އަޖައިބު ކުރުވާތީއެވެ.


ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ.


ފަރީސީންނަށް އެކަލޭގެފާނާއި ބެހޭގޮތުން މިޚަބަރު ލިބިއްޖެކަން އެނގިވަޑައިގަތުމުން ޖުދެއާކަރަ ދޫކުރައްވައި އީސާގެފާނު ގަލީލީއާ ދިމާއަށް ވަޑައިގެންނެވިއެވެ.


މިއީ އީސާގެފާނު ޖުދެއާކަރައިން ގަލީލީއަށް ވަޑައިގެން ދެއްކެވި ދެވަނަ ފުންމާނަ މުޢުޖިޒާތެވެ.


ދެން މިއަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީކަނޑު، ނުވަތަ ތިބޭރިޔަސް ކަނޑުގެ އަނެއްފަރާތަށެވެ.


ޢީދު ފާހަގަ ކުރެވެމުން ދިޔަ އިރު ބަނީއިސްރާއީލުގެ ވެރިން އީސާގެފާނު ފެނޭތޯ ބަލައި ހޯދިއެވެ. އަދި އެމީހުން އެކަކު އަނެކަކު ކުރެން އެކަލޭގެފާނު ކޮބައިތޯ އަހާ ސުވާލުކުރަމުން ދިޔައެވެ.


ނަމަވެސް އެއްވެސް މީހަކަށް ފާޅުގައި އީސާގެފާނާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރެއެވެ. އެއީ މީސްތަކުން ބަނީއިސްރާއީލުގެ ވެރިން ދެކެ ގަންނަ ބިރުގެ ސަބަބުންނެވެ.


މާތްރަސްކަލާނގެ އެންގެވި އަމުރުފުޅުތައް މޫސާގެފާނު ކަލޭމެންނަށް އެންގެވި. ނަމަވެސް ކަލޭމެންގެ ތެރޭން އެކަކު ވެސް އެ އަމުރުފުޅުތަކަކަށް ކިޔަމަނެއް ނުވޭ. އަދި ކޮބާ! ކަލޭމެން ތިޔަ އުޅެނީ އަހަރެން މަރާލަން.⁠“


އެތާނގައި ތިބި ޖެރޫސަލަމުގައި އުޅޭ މީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އެމީހުން މަރާލަން އެ އުޅެނީ މި މީހާދޯ؟


މިބަސްތަކުގެ އަޑުއަހާފައި ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠މީނާ އަހަރެމެންނަށް ނުފެންނަ ކޮންތާނކަށްތަ ދާން އެއުޅެނީ؟ ފަހަރެއްގައި އޭނާ ބޭރު ކަރައިގައި އުޅޭ އަހަރެމެންގެ މީހުންގެ ގާތަށް ވެސް ހިނގައިދާނެ. ގޮސް އެރަށްރަށުގެ މީހުންނަށް ކިޔަވައި ވެސް ދީފާނެ.


ކަލޭމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންކަން އަހަރެންނަށް ވެސް އެނގޭ. އެހެންނަމަވެސް ކަލޭމެން އަހަރެން މަރާލަން ތިއުޅެނީ އަހަރެންގެ ބަސްތައް އަހައި އެ ގޮތަށް ކަންކުރަން ނޭދޭތީ.


އަހަރެން ކަލޭމެންގެ ގާތުގައި ބުނެފައިވާނީ ތެދުބަސްތައް. އެއީ މާތްރަސްކަލާނގެ ކިބަފުޅުން އަހަރެންނަށް އިވުނު ބަސްފުޅުތައް. އެކަމަކު ކަލޭމެން ތިއުޅެނީ އަހަރެން މަރާލަން. އެއަކީ އިބްރާހީމްގެފާނު ކަން ކުރައްވާނެ ގޮތެއް ނޫން.


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ