Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 6:9 - ކިތާބުލް މުޤައްދަސާ

9 ”⁠ބާރަލީ ފުށުގެ ބޯ ފަސް ރޮއްޓާއި ކުޑަ ދެ މަސް މިތާނ ހުރި ފިރިހެން ކުއްޖެއްގެ އަތުގައި އެބައޮތް. އެކަމަކު އެއިން މި އެންމެންނަށް ކާންދޭނީ ކިހިނެއް؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 6:9
24 ပူးပေါင်းရင်းမြစ်များ  

އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ އަތުގައި އޮތީ ހަމައެކަނި ބޯރޮށީގެ ފަސް ރޮއްޓާއި ދެ މަސް.⁠“


ތިޔަބައިމީހުންނަށް އަދިވެސް އެނގިގެން ނުވޭތަ؟ ފަސް ބޯރޮށިން ފަސްހާސް މީހުންނަށް އަހަރެން ކާންދިން ގޮތް ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟ އަދި އެމީހުން ކައިނިމިގެން އެތަކެތިން އިތުރަށް ތިޔަބައިމީހުން ނެގީ ކިތައް ވަށިގަނޑު ކަން ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟


އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައި ވަނީ ކިތައް ބޯރޮށިތޯ ގޮސް ބަލާބަލަ؟⁠“ އެބޭކަލުން ބަލައި ހެދުމަށް ފަހު އެކަލޭގެފާނުގެ އަރިއަހުގައި ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ އަތުގައި އޮތީ ހަމައެކަނި ދެ މަހާއި ބޯރޮށީގެ ފަސްރޮށި.⁠“


ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން މިބައިމީހުންނަށް ކާނޭ އެއްޗެއް ދީ.⁠“ އެބައިމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެން އަތުގައި ވާހާ ވެސް އެއްޗަކީ ދެ މަހާއި ފަސް ބޯރޮށި. ވީއިރު އަޅުގަނޑުމެން މިއެންމެންނަށް ކާން ދޭން ވެއްޖިއްޔާ އެތައް ބައިވަރު ކާތަކެއްޗެއް ގަންނަން ޖެހޭނެ.⁠“


މަރުތާ ދެންނެވިއެވެ. ”⁠މާތްސާހިބާ! ކަލޭގެފާނު މިތަނުގައި އަޅުގަނޑުމެންގެ ކާރީގައި ހުރިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.


މަރިޔަމް ދިޔަ ގޮތަށް ދިޔައީ އީސާގެފާނު ހުންނެވި ތަނަށެވެ. އޭނާއަށް އެކަލޭގެފާނު ފެނުމާއި އެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި ރޮއިގެންފައި ދެންނެވިއެވެ. ”⁠މާތް ސާހިބާ! ކަލޭގެފާނު މިތާ އަޅުގަނޑުމެންގެ ކާރީގައި ހުންނެވިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.⁠“


ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހިފި ތަނުން މަސް ކޮޅެއް ވެސް ގެނޭ.⁠“


އެހެންވެ އީސާގެފާނު ވަޑައިގެން ބޯ ރޮށި ނަންގަވައި އެމީހުންނަށް ދެއްވިއެވެ. އެ ގޮތަށް މަސް ނަންގަވައި ވެސް ކަންތައް ކުރެއްވިއެވެ.


އެމީހުން ގޮނޑުދޮށަށް ފޭބިތަނުން ދެލި އަންދައިގެން އަލިފާން ރޯކުރެވި މަސް ފިހެވެމުން ދިޔަތަން އެމީހުންނަށް ފެނުނެވެ. އަދި އެތަނުގައި ބޯ ރޮށިތައް ވެސް ހުއްޓެވެ.


ދެން އީސާގެފާނު އެފަސް ރޮށި ނަންގަވައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ދުޢާ ކުރައްވައި އެ އެތާނގައި ތިބި އެންމެންނަށް އެ ބައްސަވާ ލެއްވިއެވެ. އަދި މަސްތައް ނަންގަވައި ހަމަ އެފަދައިން ކަންތައް ކުރެއްވިއެވެ. ދެން އެ އެންމެން ކާނެވަރަކަށް ކައިފި އެވެ.


ފިލިޕު ދެންނެވިއެވެ. ”⁠މި އެންމެންގެ ތެރެއިން ކޮންމެ މީހަކަށް އެންމެ ސުވާއެއް ވާ ވަރަށް ކާއެއްޗެހި ގަންނަހާ ލާރި ހޯދަން ވެސް މީހަކު އަށްމަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެ.⁠“


އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުންގެ މެދުން ކަހަލަ ގޮތަކަށް މިފަދައިން ބުނިއަޑު ވެސް އަހަރެން އެހީމެވެ. ”⁠މުޅި ދުވާލުގެ އުޖޫރައިން ގަނެވެނީ އެއް ލާހި ގޮދަން. އަދި ދުވާލެއްގެ އުޖޫރައިން ގަނެވެނީ ތިން ލާހި ހިމަގޮދަން ވެސްމެ. ނަމަވެސް ޒައިތޫނި ގަސްތަކާއި މޭބިސްކަދުރު ވެޔޮތައް ވީރާނާ ކޮށްގެން ނުވާނެ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ