7 ފިލިޕު ދެންނެވިއެވެ. ”މި އެންމެންގެ ތެރެއިން ކޮންމެ މީހަކަށް އެންމެ ސުވާއެއް ވާ ވަރަށް ކާއެއްޗެހި ގަންނަހާ ލާރި ހޯދަން ވެސް މީހަކު އަށްމަސް ދުވަހު މަސައްކަތް ކުރަން ޖެހޭނެ.“
އެއަށް ފަހުން، އެ ޚާދިމަށް ސަތޭކަ ރިހި ލާރި ދޭންއޮތް އެހެން ޚާދިމަކާއި ދިމާވި. އަދި އެ ޚާދިމުގެ ކަރުގައި ހިފާފައި އޭނާ ބުނި. ’ކަލޭ އަހަރެންނަށް ދަރާފައިވާ ދަރަނި ހަމަ މިހާރު އަދާކުރޭ!‘
އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުން، އެމީހުންނަށް ކާނޭ ކޮންމެވެސް އެއްޗެއް ދީ!“ އެބޭކަލުން ދެންނެވިއެވެ. ”ކަލޭގެފާނު ތިޔަ އެދިލައްވަނީ އެބައިމީހުންގެ ކެއުމަށް ރޮއްޓާއި އެހެނިހެން ތަކެތި ގަތުމަށް އަޅުގަނޑުމެން ގޮސް ދުއިސައްތަ ރިހި ލާރި ޚަރަދު ކުރެއްވުމަށްތޯ؟“
އަނެއްދުވަހު އީސާގެފާނު ގަލީލީ ސަރަހައްދަށް ވަޑައިގަތުމަށް ގަސްތުކުރައްވައި ވަޑައިގެންނެވިއެވެ. އެތާނގައި އީސާގެފާނު ފިލިޕުއާއި ބައްދަލު ކުރެއްވިއެވެ. އެވަގުތު އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނާއި އެކު އާދޭ.“
ފިލިޕު އަކީ ބެތުސައިދާގެ މީހެކެވެ. އަންދުރާއި އާއި ޕަތަރަސް ވެސް އެއީ އެރަށު ބަޔެކެވެ.
ފިލިޕު ގޮސް އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނަތާނިއެލް ހޯދާފައި އޭނާ ގާތު ބުންޏެވެ. ”މޫސާގެފާނާއި އެހެނިހެން ވެސް ރަސޫލުންނާ ނަބީބޭކަލުން އެކަލޭގެފާނަކާއި މެދު ލިޔުއްވި ކަލޭގެފާނު އަހަރެމެންނަށް ފެނިއްޖެ. އެކަލޭގެފާނަކީ ޔޫސުފުގެ ދަރިފުޅު ނާޒަރަތު އަވަށުން ވަޑައިގެންނެވި އީސާގެފާނު.“
ނަތާނިއެލް ބުންޏެވެ. ”ނާޒަރަތޭ. ނާޒަރަތުގައި އެއްވެސް ރަނގަޅުކަމެއް ވެދާނެހެން ކަލެއަށް ހީވޭތަ؟“ ފިލިޕު ބުންޏެވެ. ”އަޅެ އަހަންނާއި އެކު އައިސް ކަލޭ ވެސް ބަލާބަލަ.“
ނަތާނިއެލް އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު މިއީ ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ ކިހިނަކުން؟“ އީސާގެފާނު ވިދާޅުވިއެވެ. ”ފިލިޕު ކަލޭ ހޯދަން ދިއުމުގެ ކުރިން ވައްތީނި ގަހެއްގެ ދަށުގައި ކަލޭ އިންދާ އަހަރެން ދުށިން.“
”ތިޔަ އަގުބޮޑު އަތަރުފުޅި ތިން ސަތޭކަ ދީނާރަށް ވިއްކާފައި އެލާރި ފަގީރުންނަށް ނުދިނީ ކީއްވެ؟“