ޔޫޙަންނާ 6:69 - ކިތާބުލް މުޤައްދަސާ69 އަޅުގަނޑުމެން މިތިބީ ތިޔަ ބަސްފުޅުތައް ގަބޫލުކޮށްގެން. އަދި ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ފޮނުއްވި މާތް އަލްމަސީޙު ކަން ވެސް މިހާރު އަޅުގަނޑުމެންނަށް އެނގިއްޖެ.“ အခန်းကိုကြည့်ပါ။ |
ނަމަވެސް މިފޮތުގައި ލިޔެވިގެން މިވާ ކަންތައްތައް ލިޔެވިފައި އެވަނީ އެކަމުގެ ސަބަބުން ކަލޭމެން ވެސް އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތްކަން ގަބޫލު ކުރާނެ ގޮތް ވުމަށެވެ. އަދި އަލްމަސީޙު އަކީ މާތްރަސްކަލާނގެ ދަރިކަލުންކަން ގަބޫލު ކުރުމަށް ވެސް އެހީވުމަށްޓަކައެވެ. އެއީ އެކަލޭގެފާނު ގަބޫލު ކޮށް އީމާންވުމުގެ ސަބަބުން ކަލޭމެންނަށް ވެސް އާ ދިރިހުރުމެއް ލިބޭނެތީއެވެ.
އަހަރެމެން އެންމެން އީމާންތެރިކަމުގެ ތެރޭގައި އެއްބައިވަންތަވެ، މާތްރަސްކަލާނގެ ދަރިކަލުންނާއި މެދު އަހަރެމެންނަށް ދޭހަވުމަށް ދާންދެން މިކަންތައްތައް ކުރިއަށް ދާނެއެވެ. އޭރުން އަހަރެމެން ތަސައްރަފު ފުދިގެންވާނީ އަލްމަސީޙާއި އެއްފަދައިންނެވެ. އޭރުން އަހަރެމެން އެކަލޭގެފާނު ފަދައިން ފުރިހަމަ ވެގެންވާނެ ވެސް މެއެވެ.
މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.