67 ދެން އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެން ވެސް އަހަރެން ދޫކޮށްލާފަ ދާން ބޭނުމީތަ؟“
އީސާގެފާނުގެ ބާރަ މަންދޫބުންގެ ނަންތަކަކީ މިއީއެވެ: ފުރަތަމަ ޝަމްއޫނު އެވެ. އޭނާއަށް ޕަތަރަސްގެ ނަމުން ވެސް މުޚާތަބު ކުރެވެއެވެ. ދެން އޭނާގެ ކޮއްކޮ އަންދުރާއި ޒަބަދީގެ ދެ ފިރިހެން ދަރިން ކަމުގައިވާ ޔާމިޒު އާއި އޭނާގެ ކޮއްކޮ ޔޫޙަންނާ އާއި
އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އެޖާފަތަށް ދައުވަތު ދެވިފައި ވާތީ އެބޭކަލުން ވެސް އެތާނ ތިއްބެވިއެވެ.
އަސްޙާބީންގެ ތެރެއިން ވަނަމަކަށް ”ދީދިމޫހު“ އޭ ކިޔޭ ތޯމާސް އީސާގެފާނު ވަޑައިގެންނެވިއިރު އެތާނކު ނެތެވެ.
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.“