Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 6:63 - ކިތާބުލް މުޤައްދަސާ

63 ހަށިގަނޑަކަށް އެއްކަމެއް ވެސް ހާސިލެއް ނުކުރެވޭނެ. އިންސާނާއަށް ދިރުން ގެނެސްދެނީ ރޫޙުފުޅު. އަހަރެން މިބުނެދީ އިންސާނާއަށް ދިރުން ލިބިދެވޭ ރޫޙުފުޅުގެ ވާހަކަ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 6:63
31 ပူးပေါင်းရင်းမြစ်များ  

މަތިވެރިރަސްކަލާނގެ ބިމުގެ ހިރަފުހުން އިންސާނާ އުފެއްދެވިއެވެ. އަދި އެ އިންސާނާގެ ނޭފަތުގެ ތެރެއަށް ދިރުމުގެ ނޭވާފުޅެއް ލެއްވިއެވެ. އެވަގުތު އިންސާނާއަށް ދިރުން ލިބުނެވެ.


އަހަރެން މިދޭ ފިލާވަޅުތަކުގައި ރަނގަޅަށް ހިފަހައްޓާށެވެ. އެއީ ކަލޯގެ ދިރިއުޅުމެވެ.


ބައްޕާފުޅު މީސްތަކުން މަރުވުމަށް ފަހު އަލުން ދިރުއްވާހެން ހަމަ ދަރިކަލުން ވެސް އެދަރިކަލުން ބޭނުންފުޅު މީހަކަށް ދިރުން ދެއްވާނެ.


މީގެ ޖަވާބުގައި ޝަމްއޫނު ޕަތަރަސް ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑުމެން ދާންވީ ކާކުގެ ގާތަށް؟ ނިމުންނުވާ ޙަޔާތުގެ ބަސްފުޅު ވަނީ ކަލޭގެފާނު އަތްޕުޅުމަތީގައި.


”⁠ބައިތުލް މަޤްދިސްއަށް ގޮސް މީސްތަކުންނަށް މި އާ ޙަޔާތާ ބޭހޭ ޚަބަރު ދީ.⁠“


މާތްރަސްކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަށް އާ ދިރުމެއް ދެއްވައިފިއެވެ. ވީމާ އެރޫޙުފުޅުގެ އެންގުމާ އެއްގޮތަށް އަހަރެމެން ކަންތައް ކުރަމާ ހިނގާށެވެ.


އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.


ޚިތާނު ކުރުމާއި ނުކުރުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫނެވެ. މުހިންމު ކަމަކީ އަހަރެމެންނަކީ ބަދަލުވެފައިވާ އާ ބަޔަކަށް ވުމެވެ.


އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.


ޖިސްމާނީ ތަމްރީނުތަކުގައި މިންވަރެއްގެ އަގެއް ހިމެނިގެން ވިޔަސް ރޫޙާނީ ތަމްރީނުތައް އެއަށް ވުރެން މާ މުހިންމެވެ. އެއީ ވަޢުދުވެ ވަޑައިގެންވީ ފަދައިން މިކަމުގެ ޖަޒާ ލިބިދެނީ މި ޙަޔާތުގެ އިތުރުން އަބަދަށެވެ.


ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.


މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ.


އަދި އެކަލާނގެ މަތިވެރި އިރާދަފުޅުން އަހަރެމެންނަށް ޙައްޤު ބަސްފުޅު ދެއްވީ އެބަސްފުޅު މެދުވެރިކޮށް އަހަރެމެން އެކަލާނގެ ދަރިންގެ ގޮތުގައި އުފަން ކުރެއްވީ އެކަލާނގެ އުފެއްދެވި އެހެނިހެން މަޚުލޫގުންގެ އިސްސަފަށް ގެންދެވުމަށެވެ.


އެއީ ތިޔަބައިމީހުން އަލުން އުފަންވެފައި ވުމެވެ. މި އާ އުފަންކުރެއްވުން ތިޔަބައިމީހުންނަށް ގެނެސްދިނީ ތިޔަބައިމީހުންގެ ދުނިޔަވީ މައިންބަފައިންނެއް ނޫނެވެ. ސަބަބަކީ ތިޔަބައިމީހުންގެ މައިންބަފައިން ދޭ ޙަޔާތަކީ ފަނާވެދާ ޙަޔާތެއް ކަމުގައިވުމެވެ. ނަމަވެސް މި އާ ޙަޔާތް އަބަދަށް ދެމިގެންވެއެވެ. ސަބަބަކީ ތިޔަބައިމީހުންނަށް އެ ޙަޔާތް ލިބިދިނީ ދާއިމަށް ދެމިގެންދާނެ މާތްކަލާނގެ ބަސްފުޅުން ކަމުގައިވުމެވެ.


އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.


އެ ފެނުގެ ތޫފާނުގައި ވީ ފެނަކީ މިއަދު ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިދީފައިވާ ތައުބާގެ ހިނެވުމާއި މެދުގައި ވީ ސިފަކުރުމެކެވެ. ނަމަވެސް ތައުބާގެ ހިނެވުމަކީ ތިޔަބައިމީހުންގެ ހަށިގަނޑު ދޮވެލުމަށް ވުރެން މާ މަތިވެރިކަމެކެވެ. މީގެ މާނައަކީ ޟަމީރުގެ ސާފުކަމާއިއެކު މާތްރަސްކަލާނގެ ކިބަފުޅަށް ރުޖޫޢަވުމެވެ. ސަބަބަކީ އީސާ އަލްމަސީޙު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގަތުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ