ޔޫޙަންނާ 6:61 - ކިތާބުލް މުޤައްދަސާ61 އީސާގެފާނަށް އެކަލޭގެފާނުގެ އަސްޙާބީން ޝަކުވާ ކުރާކަން އެނގިވަޑައިގެންވިއެވެ. އެހެންކަމުން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މި ބަސްތަކުގެ ސަބަބުން ކަލޭމެން ހިތްހަމަ ނުޖެހުނީތަ؟ အခန်းကိုကြည့်ပါ။ |
އީސާގެފާނަށް އެމީހުން އެކަލޭގެފާނާއި މިހުރިހާ ސުވާލެއް ކުރައްވަން ބޭނުންކަން އެނގިވަޑައިގެން ވިދާޅުވިއެވެ. ”ކަލޭމެން އެކަކުއަނެކަކު ކުރެން ތިޔަ އަހަނީ އިރުކޮޅެއްގެ ތެރޭގައި އަހަރެންނެއް ދެން ކަލޭމެންނަކަށް ނުފެންނާނޭ، އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ކަލޭމެންނަށް އަހަރެން ފެންނާނެއޭ މިބުނި ބަސްތަކުގެ މާނައަކީ ކޮބައިހޭތަ؟
އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!“
އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.