Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 6:51 - ކިތާބުލް މުޤައްދަސާ

51 އަހަރެން މީ ސުވަރުގޭން ފޮނުވުނު ދިރިހުރުންދޭ ކާނާ. މިކާނާ ކައިފި މީހަކަށް ދާއިމީ ދިރިހުރުން ލިބޭނެ. އަހަރެން މިދޭ ކާނާއަކީ އަހަރެންގެ ހަށިގަނޑު. އަހަރެން މި ހަށިގަނޑު ހުށަހަޅަނީ ދުނިޔޭގެ މީހުންނަށް ދިރިހުރުން ދިނުމަށްޓަކައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 6:51
30 ပူးပေါင်းရင်းမြစ်များ  

އެހެނީ އިންސާނާގެ ދަރިކަލުން ވެސް އައީ މީސްތަކުންގެ ޚިދުމަތް ލިބިގަތުމަކަށް ނޫން. އޭނާ އައީ މީސްތަކުންނަށް ޚިދުމަތް ކޮށް އަދި އޭނާގެ ފުރާނަވެސް މީސްތަކުން ދިންނަވާނެ ކައްފާރާ އެއްގެ ގޮތުގައި ދިނުމަށް.⁠“


ދެން އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރައްވައި އެބޯރޮށި ބައި ކޮށްލައްވައި އެމީހުންގެ މެދުގައި ބަހާ ލައްވަމުން ވިދާޅުވިއެވެ. ”⁠ތި ރޮށިކޮޅު ކާލާ. ތިޔައީ ކަލޭމެންނަށްޓަކައި ދެވިފައިވާ އަހަރެންގެ ހަށިގަނޑު. އަހަރެންގެ ހަނދާނުގައި މިގޮތުގެ މަތިން ކަން ކުރޭ.⁠“


މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.


ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”⁠ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.


އަހަރެން ގަބޫލުކޮށް އަހަރެންނަށް އީމާންވުންމަތީ ދިރިއުޅެމުން ދާ އެކަކު ވެސް މަރުވެ ނެތިގެންނެއް ނުދާނެ. މަރުތާ އެކަން ގަބޫލު ކުރަންތަ؟⁠“


އިންސާނާގެ ދަރިކަލުން ނޫން އެއްވެސް މީހަކު ސުވަރުގެއިން ދުނިޔެއަށް އައިސް އެނބުރި ސުވަރުގެ ގޮސްފައެއް ނުވޭ.


މޫސާގެފާނު ހަނަފަސް ސަހަރާގެ ތެރޭގައި ކަފުލޮއިން ވާ ހަރުފައެއް މުޑިއަކަށް ނެންގެވި ފަދައިން އިންސާނާގެ ދަރިކަލުން ވެސް މުޑިއަކަށް އުފުލާލެވޭނެ.


މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.


އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.⁠“


ހަމަ ތެދެއް، އަހަރެންގެ ބަސްތައް ގަބޫލުކޮށް އަދި އަހަރެން ފޮނުއްވި ފަރާތް ގަބޫލު ކުރާ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފާ. އެމީހުން ކުށްވެރިކޮށް އެމީހުންނާ ދޭތެރޭ ހިސާބެއް ނުބެލެވޭނެ. އެއީ އެމީހުން މިހާރު ވެސް ވަނީ މަރުވުމުން ބޭރުވެ ދާއިމީ ޙަޔާތަކަށް ވާސިލުވެފައި.


އެހެނީ ބައްޕާފުޅު ދެއްވާ ކާނާއަކީ ސުވަރުގެއިން މި ދުނިޔެއަށް ވަޑައިގަންނަވައި، މި ދުނިޔޭގެ މީސްތަކުންނަށް ދިރިހުރުން ދެއްވާނެ، ޚާއްސަ ފަރާތް.⁠“


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ދިރުންދޭ ކާނާއަކީ އަހަރެން. އަހަރެންގެ ގާތަށް އަތުވެއްޖެ އެއްވެސް މީހަކު ބަނޑުހައެއް ނުވާނެ. އަދި އަހަރެން ގަބޫލުކޮށް އީމާންވި މީހަކު ދުވަހަކު ވެސް ފެންބޮވައެއް ނުގަންނާނެ.


ބަނީއިސްރާއީލު މީހުން އީސާގެފާނާއި މެދު ޝަކުވާ ކުރަން ފެށިއެވެ. އެއީ ”⁠ތިމަންކަލޭގެފާނަކީ ސުވަރުގޭން ފޮނުއްވި ކާނާ⁠“ އޭ އެކަލޭގެފާނު ވިދާޅުވީތީއެވެ.


އަހަރެން ޔަޤީން ކަމާއި އެކު ކަލޭމެންނަށް ބުނަން. އަހަރެން ގަބޫލުކޮށް އީމާންވެއްޖެ ކޮންމެ މީހަކީ މިހާރު ވެސް ނިމުންނުވާ ޙަޔާތް ލިބިފައިވާ މީހެއް.


ދިރިހުރުމުގެ ކާނާ އަކީ އަހަރެން.


ނަމަވެސް ސުވަރުގެއިން މި ފޮނުއްވޭ ކާނާ ކައިފި ނަމަ އެ މީހަކު މަރުވެ ނެތިގެން ނުދާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.


އަހަރެންނަށް އީމާންވާ ކޮންމެ މީހެއްގެ ހިތުގައި ވެސް، މާތްރަސްކަލާނގެ ވަޙީ ބަސްފުޅުގައި ލިޔެވިގެންވާ ފަދައިން، ދިރުން ލިބޭ ފެން އާރުތައް ވެސް އުތުރި އަރާނެ.⁠“


އަލްމަސީޙަކީ މިސާލެއް ކަމުގައި ބަލައި އަނެކުންނާއި މެދުގައި ލޮބުވެތި ކަމުގައިވެ ޙަޔާތް ވޭތުކުރާށެވެ. އެހެނީ އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވީ އަހަރެމެންގެ ފާފަތައް ޢަފޫކޮށްދެއްވުމަށްޓަކައިމެ އެވެ. ހަމައެހެންމެ މާތްރަސްކަލާނގެ އުފާކުރެއްވުމަށެވެ. އެކަލޭގެފާނުގެ ޤުރުބާން ވަޑައިގެންނެވުމަކީ އެކަލާނގެއަށް މީރުވަސްދުވާ ހުވަނދެއް ކަމުގައިވުމެވެ.


ފިރިންނޭވެ. ތިޔަބައިމީހުންގެ އަނބިންނާއިމެދު ތިޔަބައިމީހުން ލޮބުވެތި ކަމާއެކު ގުޅުން ބަހައްޓާށެވެ. އެހެނީ މަސީޙީ ޖަމާޢަތާމެދު އަލްމަސީޙު ވެސް ލޯބިވެ ވަޑައިގަންނަވަނީ އެކަލޭގެފާނުގެ އަނބިކަލެއް ފަދައިންނެވެ. އެކަލޭގެފާނުގެ ނަފްސުކޮޅު ދޫކޮށްލެއްވީވެސް އެޖަމާޢަތަށް އޮތް ލޯތްބަށްޓަކައެވެ.


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ހަށިކޮޅުގެ، ފަރުދާގެ ތެރެއިން ލައިގެން އާ ޙަޔާތަކާ ދިމާޔަށް ދެވޭނެ ރާސްތާ ހުޅުވިގެން ދިޔައެވެ. އެގޮތުން އެންމެ މުޤައްދަސް މަގާމުފުޅަށް އަހަރެމެންނަށް ދެވޭނެ މަގު ތަނަވަސްވިއެވެ.


މާތްސާހިބާ އީސާ އަލްމަސީޙުގެ އަރިހަށް އަންނާށެވެ. އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ ގެކޮޅުގައި ވީ ދިރިހުރި ބިންގަލެއް ފަދައިންނެވެ. މީސްތަކުން އެކަލޭގެފާނާއިމެދު އިންކާރު ކުރެއްވިއެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރައްވައި މަތިވެރި ކުރެއްވިއެވެ.


އެހެނީ އަހަރެމެންގެ ފާފަތައް ޢަފޫ ވާނެ ގޮތް މެދުވެރިވަނީ އަލްމަސީޙުގެ ޤުރުބާނީގެ ސަބަބުންނެވެ. އެކަލޭގެފާނު ޤުރުބާންވެ ވަޑައިގެންނެވީ އަހަރެމެންނާއި މުޅި ދުނިޔޭގެ ހުރިހާ އެންމެންނަށްޓަކައެވެ.


ޙަޤީޤީ ލޯތްބަކީ މިއީއެވެ. ފަހަރެއްގައި ވެސް އަހަރެމެން މާތްކަލާނގެ އާއިމެދުގައި ލޮބުވެތިކަމާއެކުގައި ވާތީއެއް ނޫނެވެ. އެއީ އެކަލާނގެ އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އަދި މާތްކަލާނގެ އެކަލާނގެ ދަރިކަލުން މިދުނިޔެއަށް ފޮނުއްވައި އެ ކަލޭގެފާނު ޤުރުބާންވެ ވަޑައިގެންނެވުމުގެ ސަބަބުން އަހަރެމެންގެ ފާފަތައް ވަނީ އަފޫކޮށްދެއްވާފައި އެވެ.


އިތުރަށް ބުނެދޭނަމަ، މަތިވެރި ބައްޕާފުޅު އެކަލާނގެ ހަމައެކަނި ދަރިކަލުން މި ދުނިޔެއަށް ފޮނުއްވީ މުޅި މި ދުނިޔޭގެ އެންމެން ނަޖާ ކުރެއްވުމަށެވެ. އަހަރެމެންގެ ލޯތަކަށް މިކަންތައްތައް ފެނިފައިވާތީ އަހަރެމެން މިކަމަށް ހެކިވަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ