5 އެކަލޭގެފާނު އިންނެވި ތަނަށް މީސްތަކުންގެ ބޮޑު ބައިގަނޑެއް އަންނަތަން ފެނުމުން އީސާގެފާނު ފިލިޕުއަށް ވިދާޅުވިއެވެ. ”މިއެންމެންނަށް ކާންދޭ ވަރަށް ކާތަކެތި ގަންނަށް ލިބޭނީ ކޮންތާނކުން؟“
އަސްޙާބީން އެކަލޭގެފާނުގެ އަރިހުން އެއްސެވިއެވެ. ”މިއެންމެންނަށް ކާންދޭނޭ ބޯރޮށި އަޅުގަނޑުމެން ހޯދާނީ ކޮންތާނކުންތޯ؟ އަޅުގަނޑުމެން މިތިބީ މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑެއްގައި.“
އެއާއެކު މީސްތަކުންނާއި އެކަހެރިވެ ވަޑައިގަތުމަށްޓަކައި އެބޭކަލުން ދޯންޏެއްގައި ފުރާވަޑައިގަތެވެ.
މި ބާރަ އަސްޙާބީން އެކަންތައްތަކުން ނިމިގެން އެނބުރި އައިސް އީސާގެފާނަށް އެމީހުން ކުރި ހުރިހާ ކަމެއްގެ ޚަބަރުތައް ފުރިހަމައަށް ކިޔާ ދެއްވިއެވެ. ދެން އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކު އެހެން މީހުންނާއި ދުރަށް ވަޑައިގަތުމަށްޓަކައި ބެތުސައިދާ އޭކިޔުނު ރަށަށް ދަތުރު ފެއްޓެވިއެވެ.
އަނެއްދުވަހު އީސާގެފާނު ގަލީލީ ސަރަހައްދަށް ވަޑައިގަތުމަށް ގަސްތުކުރައްވައި ވަޑައިގެންނެވިއެވެ. އެތާނގައި އީސާގެފާނު ފިލިޕުއާއި ބައްދަލު ކުރެއްވިއެވެ. އެވަގުތު އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެންނާއި އެކު އާދޭ.“
ފިލިޕު އަކީ ބެތުސައިދާގެ މީހެކެވެ. އަންދުރާއި އާއި ޕަތަރަސް ވެސް އެއީ އެރަށު ބަޔެކެވެ.
ފިލިޕު ގޮސް އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނަތާނިއެލް ހޯދާފައި އޭނާ ގާތު ބުންޏެވެ. ”މޫސާގެފާނާއި އެހެނިހެން ވެސް ރަސޫލުންނާ ނަބީބޭކަލުން އެކަލޭގެފާނަކާއި މެދު ލިޔުއްވި ކަލޭގެފާނު އަހަރެމެންނަށް ފެނިއްޖެ. އެކަލޭގެފާނަކީ ޔޫސުފުގެ ދަރިފުޅު ނާޒަރަތު އަވަށުން ވަޑައިގެންނެވި އީސާގެފާނު.“
ނަތާނިއެލް ބުންޏެވެ. ”ނާޒަރަތޭ. ނާޒަރަތުގައި އެއްވެސް ރަނގަޅުކަމެއް ވެދާނެހެން ކަލެއަށް ހީވޭތަ؟“ ފިލިޕު ބުންޏެވެ. ”އަޅެ އަހަންނާއި އެކު އައިސް ކަލޭ ވެސް ބަލާބަލަ.“
ނަތާނިއެލް އީސާގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު މިއީ ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވަނީ ކިހިނަކުން؟“ އީސާގެފާނު ވިދާޅުވިއެވެ. ”ފިލިޕު ކަލޭ ހޯދަން ދިއުމުގެ ކުރިން ވައްތީނި ގަހެއްގެ ދަށުގައި ކަލޭ އިންދާ އަހަރެން ދުށިން.“
ކަލޭމެންގެ ތެރޭގައި ބުނެ އުޅޭ މިފަދަ ބަހެއް އޮވޭ. ’ގޮވާން ކަނޑާނީ ހަތަރުމަސް ފަހުންނޭ.‘ އެކަމަކު އަހަރެން ބުނަންތަ؟ ލޯ ހުޅުވާފަ ބަލާބަލަ. މިހާރު ވެސް ދަނޑުތައް އެވަނީ ގޮވާންކެނޑުމަށް ތައްޔާރުވެފަ.