ޔޫޙަންނާ 6:46 - ކިތާބުލް މުޤައްދަސާ46 މާތްރަސްކަލާނގެ ޙަޟްރަތުން އައި ޚާއްސަ މީހާއަށް ފިޔަވާ އެހެން އެއްވެސް މީހަކަށް ބައްޕާފުޅު ފެނިފައެއް ނުވޭ. ބައްޕާފުޅު ފެނިފައި ވަނީ ހަމައެކަނި އެމީހާއަށް. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.“
އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.
އެކަލޭގެފާނު މިހެން ވިދާޅުވުމުން އެމީހުން ބުންޏެވެ. ”ކަލޭގެ ބައްޕައަކީ ކޮބައިތަ؟“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ކަލޭމެންނަށް އަހަރެން މިއީ ކާކުކަން ނޭނގޭތީ ކަލޭމެންނަކަށް އަހަރެންގެ ބައްޕާފުޅަކީ ކާކުކަމެއް ވެސް ނޭނގޭނެ. އަހަރެން މިއީ ކާކުކަން ކަލޭމެންނަށް އެނގިއްޖެނަމަ އަހަރެންގެ ބައްޕާފުޅަކީ ކޮބައިކަން ވެސް ކަލޭމެންނަށް ސާފުކޮށް އެނގޭނެ.“
ނަމަވެސް ޙަޤީޤަތުގައި ކަލޭމެންނަކަށް މާތްރަސްކަލާނގެއަކީ ކޮބައިކަމެއް ނޭނގޭ. މާތްރަސްކަލާނގެ އަކީ ކޮބައިކަން އަހަރެންނަށް އެނގޭ. މާތްރަސްކަލާނގެއަކީ ކޮބައިކަން ނޭނގެއޭ އަހަރެން ބުނެފިނަމަ އަހަރެން ވެސް ވާނީ ހަމަ ކަލޭމެން ފަދަ ބޮޑު ދޮގުވެރިއަކަށް. ތެދަކީ އަހަރެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން ރަނގަޅަށް އެނގޭ. އަދި އަހަރެން އެކަލާނގެ ކިބަފުޅަށް ކިޔަމަންވަން.
އެކަލާނގެއީ އެކަކަށް ވެސް ކައިރި ނުވެވޭފަދަ ނޫރުފުޅެއްގައި އަބަދަށްޓަކައި ވޮޑިގެންވާ ފަރާތެކެވެ. އެއްވެސް އިންސާނަކަށް އެކަލާނގެ ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ. އެކަލާނގެއީ ހަމައެކަނި އަޅުކަންކުރެވޭ އަދި އަބަދަށްޓަކައި ބާރުވެރިކަން ލިބިގެންވީ ހަމައެކަނި ފަރާތެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމާއި މަތިވެރިކަން އަބަދަށްޓަކައި ދެމިގެންވާނެއެވެ! އާމީން.