ޔޫޙަންނާ 6:45 - ކިތާބުލް މުޤައްދަސާ45 ނަބީބޭކަލުންގެ ފަތްފުށްތަކުގައި މިފަދައިން ލިޔެވިގެންވޭ. ’އެމީހުންނަށް ދަސްކޮށް ދެއްވާނީ މާތްރަސްކަލާނގެ.‘ ބައްޕާފުޅުގެ ބަސްފުޅު އަޑުއަހައި ދަސްކޮށްފި ކޮންމެ މީހަކު އަހަރެންގެ ގާތަށް އަންނާނެ. အခန်းကိုကြည့်ပါ။ |
މި ހެޔޮޚަބަރުފުޅު ފެށިގެން އައީ ނަބީ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ ބާވައިލެއްވި ވަޙީފުޅާ އެއްގޮތްވާ ފަދައިންނެވެ. އެކަލޭގެފާނުގެ ފޮތްކޮޅުގައި ލިޔެވިގެން ވަނީ: ”ކަލޭގެފާނު ވަޑައިގަތުމުގެ ކުރިން ކަލޭގެފާނަށްޓަކާ މަގެއް ތައްޔާރުކުރުމަށް ތިމަން ކަލާނގެ އެބައިމީހުންގެ ގާތަށް ނަބީ ބޭކަލަކު ފޮނުއްވާނަމު.
އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއިގެން މީސްތަކުންނާއި ދުރަށް އެއްފަރާތަކަށް ވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ. ”އަހަރެމެން މި ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފަ. އަދި އެރަށުގައި އިންސާނާގެ ދަރިކަލުންނާއި މެދު އިހު ޒަމާނުގެ ނަބީބޭކަލުން ލިޔުއްވި ކަންތައްތައް އެބޭކަލުން ލިޔުއްވި ފަދައިން ހިނގާ ނިމިދާނެ.
އެކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ދޫކޮށް ލައްވާ އެމީހުންނަށް ފުރަގަސް ދެއްވި. ދެން އެމީހުން އުޑުގައިވާ ތަރިތަކަށް އަޅުކަން ކުރި. މި ކަންތައް އެ ހިނގައިދިޔައީ ނަބީބޭކަލުންގެ ފޮތްކޮޅުގައި ލިޔެވިގެން ވީ ފަދައިން. ’އޭ ބަނީއިސްރާއީލު މީހުންނޭ. ކަލޭމެން ހަނަފަސް ސަހަރާގެ ބިމުގައި ހޭދަކުރި ސާޅީސް އަހަރު ޤުރުބާންތައް ކޮށް ވެދުންތަކައިގެން އައީކީ ތިމަންކަލާނގެ އަރިހަކަށް ނޫނޭ.
ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.