Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔޫޙަންނާ 6:44 - ކިތާބުލް މުޤައްދަސާ

44 އަހަރެން ފޮނުއްވެވީ ބައްޕާފުޅު. އަހަރެންގެ ގާތަށް އާދެވޭނީ ބައްޕާފުޅު އަހަރެންގެ ގާތަށް ގެނެސްދެއްވި މީހަކަށް. އަދި އެންމެ ފަހުދުވަހު އަހަރެން އެމީހަކު އަލުން ދިރުއްވާނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ޔޫޙަންނާ 6:44
22 ပူးပေါင်းရင်းမြစ်များ  

ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ ޔޫނުސްގެ ދަރި ޝަމްއޫނު. ތިބާއަށް ބަރަކާތްހުރި. އެހެނީ އެއްވެސް މީހަކު އެކަން ތިބާއަށް ހާމަކޮށްދީފައި ނުވޭ. އަހަރެންނަކީ ކާކުކަން ތިބާއަށް އަންގައިދިނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު.


އަދި އަހަރެން މައްޗަށް އުފުއްލެވުމުން އެންމެންނަށް ވެސް އަހަރެންގެ ގާތަށް އާދެވޭނެ ގޮތް އަހަރެން ހަދާނަން.⁠“


ކަލޭމެން އެކަކު އަނެކެއްގެ ތަޢުރީފުގެ ބަސްތައް ލިބުމަށް އެދޭ. ނަމަވެސް އެއްކައުވަންތަ މާތްކަލާނގެ ކިބަފުޅުން ރުހިވޮޑިގަތުން ލިބިގަތުމަކަށް ކަލޭމެން މަސައްކަތެއް ނުކުރޭ. ވީއިރު ކަލޭމެންނަށް އީމާން ވެވޭނީ ކިހިނެއް؟


ނަމަވެސް އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އެކަކު އަނެކަކަށް ޝަކުވާ ކުރުން ހުއްޓާލާ!


ނަބީބޭކަލުންގެ ފަތްފުށްތަކުގައި މިފަދައިން ލިޔެވިގެންވޭ. ’⁠އެމީހުންނަށް ދަސްކޮށް ދެއްވާނީ މާތްރަސްކަލާނގެ.⁠‘ ބައްޕާފުޅުގެ ބަސްފުޅު އަޑުއަހައި ދަސްކޮށްފި ކޮންމެ މީހަކު އަހަރެންގެ ގާތަށް އަންނާނެ.


އަދި އީސާގެފާނު ވިދާޅުވިއެވެ. ”⁠ކުރިން ވެސް އަހަރެން ބުނި ފަދައިން، ބައްޕާފުޅު ގެނެސްދެއްވި މީހަކު ފިޔަވާ އެހެން އެއްވެސް މީހަކަށް އަހަރެންގެ ގާތަކަށް ނާދެވޭނެ.⁠“


ކަލޭމެންނަށް އަހަރެން މިބުނާ އެއްޗެއް ނުވިސްނެނީ ކީއްވެ؟ އެއީ ކަލޭމެންނަށް އަހަރެން މި ބުނާ އެއްޗެއް އަޑުއަހަން ކެތް ނުވާތީ.


ހަމައެކަނި ތިޔަބައިމީހުންނަށް ލިބިގެންވީ އަލްމަސީޙަށްޓަކައި އީމާންވެ، ޚިދުމަތް ކުރުމުގެ ޝަރަފު އެކަންޏެއް ނޫނެވެ. އެކަލޭގެފާނަށްޓަކައި ވޭން އުފުލުމުގެ ޝަރަފު ވެސް މެއެވެ.


ތިޔަބައިމީހުން ތައުބާގެ ހިނެވުމުން ހިނެވޭހިނދު އަލްމަސީޙާއި އެކުގައި ތިޔަބައިމީހުން ވެސް ވަޅުލެވެއެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށް ފަހު ދިރުނު ފަދައިން އެކަލޭގެފާނާއި އެކުގައި ތިޔަބައިމީހުން ވެސް ދިރިގެން އައިސްފައެވެ. އެއީ އީސާގެފާނު އަވަހާރަވުމަށް ފަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅުން އެކަލޭގެފާނަށް އަލުން ދިރުން ދެއްވިކަމަށް ތިޔަބައިމީހުން އީމާންވާކަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ