41 ބަނީއިސްރާއީލު މީހުން އީސާގެފާނާއި މެދު ޝަކުވާ ކުރަން ފެށިއެވެ. އެއީ ”ތިމަންކަލޭގެފާނަކީ ސުވަރުގޭން ފޮނުއްވި ކާނާ“ އޭ އެކަލޭގެފާނު ވިދާޅުވީތީއެވެ.
އެތާނގައި ދީނީ ބޮޑުން ކަމުގައިވާ ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވެސްވިއެވެ. މިބައިމީހުން މިކަމާ މެދު ޝަކުވާކޮށް ފާޑުކިއުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”މިމީހާއަކީ ފާފަވެރިންނާއި އެކު ކައި ބޮއި އެމީހުންނާއި ވާހަކަ ދައްކާ ހެދުމަށް ވަރަށް އެދޭ މީހެއް.“
އެއްވެފައިވާ މީސްތަކުން މިކަންތައް ދެކެ މިކަމާއި ނުރުހި ފާޑުކިޔުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”އޭނާ އެދިޔައީ ފާފަވެރިޔެއްގެ މެހުމާނަކު ކަމުގައި ވުމަށް!“
މިތަން ދެކެ ފަރީސީންނާއި އެމީހުންގެ ބައިގައި ހިމެނޭ ދީނުގެ ދަންނަބޭކަލުން ހިތްހަމަ ނުޖެހިގެން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”ކަލޭމެން ޓެކްސް ނަގާ މީހުންނާ ފާފަވެރިންނާއިއެކު އެއްސުފުރާ މަތީ ކައިބޮއި ތިޔަހަދަނީ ކީއްވެ؟“
ޖެރޫސަލަމުން، ބަނީއިސްރާއީލުގެ ވެރިން ޔަޙުޔާގެފާނުގެ ގާތުން އެކަލޭގެފާނަކީ ކާކުތޯ އަހައި ސުވާލު ކުރުމަށް އިމާމުންނާއި އަދި ބައިތުލް މަޤްދިސް ބަލަހައްޓާ އެހީތެރީން ފޮނުވުމުން ޔަޙުޔާގެފާނު އެމީހުންނަށް މިފަދައިން ވިދާޅުވެ އެންގެވިއެވެ.
އެހެނީ ބައްޕާފުޅު ދެއްވާ ކާނާއަކީ ސުވަރުގެއިން މި ދުނިޔެއަށް ވަޑައިގަންނަވައި، މި ދުނިޔޭގެ މީސްތަކުންނަށް ދިރިހުރުން ދެއްވާނެ، ޚާއްސަ ފަރާތް.“
ނަމަވެސް އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އެކަކު އަނެކަކަށް ޝަކުވާ ކުރުން ހުއްޓާލާ!
ދިރިހުރުމުގެ ކާނާ އަކީ އަހަރެން.
ސުވަރުގެއިން ފޮނުއްވާ އަސްލު ކާނާއަކީ އަހަރެން. މި ކާނާއަކީ ކަލޭމެންގެ ކާބަފައިން ކޭ މަންނާ ފަދަ ކާނާއެއް ނޫން. އެކާނާ ކޭ މީހުން ފަހުން މަރުވެ ދިޔައީ. އެކަމަކު އަހަރެން މިދޭ ކާނާ ކައިފި މީހަކު ދާއިމަށް ދިރިދެމި ހުންނާނެ.“
އީސާގެފާނުގެ ގިނަ އަސްޙާބީން މިބަސްތަކުގެ އަޑުއަހާފައި ބުންޏެވެ. ”މިއަކީ ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ނޫން. ކާކަށް މިވާހަކަ ބަލައިގަނެވޭނީ؟“
އެހެންވެ އެކަލޭގެފާނުގެ އެތައް އަސްޙާބީންނެއް އެކަލޭގެފާނާއި ވަކިވެ އެކަލޭގެފާނު ދޫކޮށްލާފައި ދިޔައެވެ.
އެތަނަށް އެއްވެފައިތިބި މީސްތަކުންގެ މެދުގައި އީސާގެފާނާއި ބޭހޭގޮތުން ތަފާތު ވާހަކަތައް ސިއްރު ސިއްރުން ދެކެވެމުން ދިޔައެވެ. އެއްބަޔަކު ބުންޏެވެ. ”އެކަލޭގެފާނަކީ ވަރަށް ރަނގަޅު މާތް ބޭކަލެއް.“ އަދި އަނެއްބަޔަކު ބުންޏެވެ. ”ކޮންތާނކު، އޭނާއަކީ މީހުން މަގުފުރައްދަން އުޅޭ މީހެއް.“
މި ދޮގުއެދުރުންނަކީ އަނެކުންގެ ކުށް ހޯދައި ޝަކުވާކޮށް ހަދާ މީހުންނެވެ. އެމީހުން ދާނީ އެމީހުން ހިތުގައި އޮންނަ ހުތުރު އެދުންތަކުގެ ފަހަތުންނެވެ. އަދި މިފަދަ މީހުން ސަޅިބައިސާ ކަނޑައި އަނެކުން އެމީހުންނާ ދިމާއަށް ލެންބުމަށް ޚުޝާމަދުކޮށް ހަދައެވެ.